02 ސެޕްޓެމްބަރ 2021
މިދިޔަ އާދީއްތަ ދުވަހު ޔުނިވާސަލް މިއުޒިކް ގްރޫޕުން، އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓްގެ އާ އަލްބަމް "ޑޮންޑާ" ނެރުނީ އޭނާގެ އެއްވެސް ބަހެއް ނެތި ކަަމަށް ކަންޔޭ ބުނެފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ޔުނިވާސަލް މިއުޒިކް ގްރޫޕުން، އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓްގެ އާ އަލްބަމް "ޑޮންޑާ" ނެރުނީ އޭނާގެ އެއްވެސް ބަހެއް ނެތި ކަަމަށް ކަންޔޭ ބުނެފި އެވެ.
އަލްބަމް ނެރުމާ އެކު ކަންޔޭ އިންސްޓަގްރާމްގައި ބުނީ އޭނާގެ ހުއްދަ ނެތި އަލްބަމް ނެރުނު އިރު އޭގެ ޓްރެކްތަކުގެ ތެެރެއިން "ޖެއިލް 2" ލަވަ ވެސް އުނިކޮށްފައިވާ ކަމަށެވެ. އެކަމަކު އެކަމާ ބެހޭ އިތުރު އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެ އެވެ.
ކަންޔޭގެ މިއުޒިކް ކެރިއަރު މެނޭޖްކޮށްދޭ ޔުނިވާސަލް މިއުޒިކުން އޭނާގެ 10 ވަނަ އަލްބަމް ނެރުނު އިރު ކުރިން އޭގައި ހިމަނަން އޮތް "ޖެއިލް 2" އަކީ ކަންޔޭއާ އެކު ޑަބޭބީ އާއި މެރިލީން މެންސަން ހިއްސާވި ލަވައެކެވެ.
އެކަމަކު އަލްބަމްގައި އެ ލަވަ ނުހިމަނައި ނެރުނީ އެ ދެ ފަންނާނުންގެ ފަރާތުން މި ފަހުން ކުރިމަތިވެފައި ހުރި އަހުލާގީ މައްސަލަތަކަކާ ހެދި އާންމުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައި އޮތުމުންނެވެ. މެރިލީން އަކީ ޖިންސީ ގޯނާގެ އެތައް ތުހުމަތެއްކުރެވޭ މީހެކެވެ. އަދި ޑަބޭބީ އަކީ ޖުލައި މަހު ބޭއްވި މިއުޒިކް ފެސްޓިވަލެއްގެ ތެރޭގައި ބަޔަކަށް އިޝާރާތްކޮށް ފުރައްސާރައިގެ ވާހަކަތަކެއް ދެއްކުމުން ހޫނުފެނަށް ވެއްޓިފައިވާ ފަންނާނެކެވެ.
ހުއްދަ ނެތި "ޑޮންޑާ" ނެރުނު ކަމަށް ބުނެ ކަންޔޭ ވާހަކަ ދެއްކި ނަމަވެސް އެކަމާ ގުޅިގެން ޔުނިވާސަލް އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ޖުމްލަ 27 ލަވަ ހިމެނޭ އަލްބަމަށް "ޑޮންޑާ" އަށް ނަން ދީފައި ވަނީ ކަންޔޭގެ މަންމަ ޑޮންޑާ ވެސްޓްގެ ނަމަށް ނިސްބަތްކޮށެވެ. އޭނާ 2007 ގައި މަރުވީ ކޮސްމެޓިކް ސާޖަރީތަކަކާ އެކު ކުރިމަތިލި ކޮމްޕްލިކޭޝަންތަކަކާ ގުޅިގެންނެވެ.
ކަންޔޭގެ 10 ވަނަ އަލްބަމް ނެރުނު އިރު އަންހެނުން ކިމް ކާޑޭޝަން އޭނާގެ ގާތުން ވަރިވުމުގެ މައްސަލަ އާއި ކަންޔޭ، 44، ގެ ނަން "ޔޭ" އަށް ބަދަލުކުރުމުގެ މައްސަލަ އޮތީ ކޯޓްގަ އެވެ.
މާރާމާރީއަކާ ހެދި ކަންޔޭ އަށް ޖަލު ހުކުމެއް އަތުވެދާނެ
ކަންޔޭ އާ ގެއެއް ގަތީ ކިމްގެ ގެއާ ވަރަށް ކައިރިން
ކިމްއާ ސުލްހަވާން ކަންޔޭ އެދުނީ ރެޕް ކަޑިއަކުން
ކިމްގެ އާ ބައިވެރިޔަކީ ކޮމީޑިއަން ޕީޓް
ކަންޔޭގެ ރަސްމީ ނަމަކީ މިހާރު "ޔޭ"
ކަންޔޭ ގެވެހި ސާމާނުގެ ވިޔަފާރިއެއް ފަށަނީ
ކަންޔޭގެ އާ ބައިވެރިޔަކީ އައިރީނާ؟
ކަންޔޭގެ ޔީޒީގެ ލޯގޯ ވޮލްމާޓަށް މައްސަލައަކަށް
ކަންޔޭގެ ބޫޓު 1.8 މިލިއަން ޑޮލަރަށް ވިކިއްޖެ
ކަންޔޭގެ ބޫޓެއް މިލިއަން ޑޮލަރަށް ވިއްކާލަނީ