Roadha Mihaaru
އައިއޭއެސް އިން ސިފައިންގެ ޕައިލެޓުން ތަމްރީންކުރަނީ

އައިއޭއެސްއާ ގުޅިގެން ސިފައިންގެ ޕައިލެޓުންނާއި އިންޖިނިއަރުން ތަމްރީންކުރަނީ

30 ޖުލައި 2019

ސިފައިންގެ ޕައިލެޓުންނާއި އިންޖީނިއަރުން ތަމްރީންކުރުމަށް އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސިފައިންގެ ޕައިލެޓުންނާއި އިންޖީނިއަރުން ތަމްރީންކުރުމަށް އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގައި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ. އައިއޭއެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.

އައިއޭއެސް އާއި އެމްއެންޑީއެފުން ވަނީ ސިފައިންގެ ވައިގެ ހިދުމަތް ފުޅާކޮށް، ކުރިމަގުގައި ސިފައިންގެ ބޭނުމަށް ގެންނަ ގެންނަ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރެވޭ ފެންވަރުގެ ތަޖުރިބާހުރި ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން އުފެއްދުމަށް އެއްބަސްވެފަ އެވެ.

ސިފައިންގެ ޕައިލެޓުންނާއި އިންޖިނިއަރުންނަކީ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރުމުގެ ގާބިލުކަން ލިބިފައިވާ ސިފައިންނަށް ހެދުމުގެ މަގުސަދުގައި ހެދި މި އެއްބަސްވުމުގެ މުއްދަތަކީ ފަސް އަހަރެވެ.

ސިފައިންގެ ދެ ހެލިކޮޕްޓަރު މިހާރު އޮތް ނަމަވެސް އެ ދެ އުޅަނދު ވެސް އޮޕަރޭޓްކުރަނީ، އެ އުޅަނދުތައް ހަދިޔާކުރި އިންޑިއާ ސިފައިންނެވެ. އިންޑިއާ އިން ދިވެހި ސިފައިންނަށް ޕައިލެޓްކަން ކިޔަވައިދޭން އެއްބަސްވެފައި ވިޔަސް މިހާތަނަށް އަދި އެކަން ކުރިއަކަށް ނުދެ އެވެ. ސިފައިންގެ ބޭނުމަށް ޑޯނިއާ މަތިންދާބޯޓެއް ހޯދުމާ ބެހޭ ގޮތުން ވެސް ކުރިން މަޝްވަރާތައް ކޮށްފައިވެ އެވެ.