Roadha Mihaaru
ސިފައިންގެ ޗީފް އަބްދުއްރަހީމް ރިޓަޔާކުރައްވައިފި

39 އަހަރުގެ ހިދުމަތަށް ފަހު ސިފައިންގެ ޗީފް އަބްދުއްރަހީމް ރިޓަޔާ ކުރައްވައިފި

18 އެޕްރީލް 2024

ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، 39 އަހަރަށް ފަހު ސިފައިންގެ ހިދުމަތުން ރޭ ރިޓަޔާ ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، 39 އަހަރަށް ފަހު ސިފައިންގެ ހިދުމަތުން ރޭ ރިޓަޔާ ކުރައްވައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ޝަރަފުވެރިކަމާ އެކު އޭނާ ރިޓަޔާކުރެއްވީ އުމުރުން 60 އަހަރުވުމުން ކަމަށެވެ.

ސިފައިންގެ ގާނޫނު ބުނާގޮތުން، އެ ވަޒީފާގައި ހުރެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.

ސިފައިންގެ ހިދުމަތުން ރިޓަޔާކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ ހިދުމަތުން ރިޓަޔާކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއެންޑީއެފް

އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ވަކިވެވަޑައިގެންނެވިއަސް، އެ މަގާމަށް ރަސްމީކޮށް އަދި ބޭފުޅަކު އައްޔަން ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި، މިއަދުގެ ވަގުތެއްގައި ސިފައިންގެ އަށް އާ ޗީފަކު ހަމަޖައްސަވާނެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވަމުން ގެންދަވަނިކޮށް، ސިފައިންގެ ޗީފަކަށް އަބްދުއްރަހީމް އައްޔަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމާ އެކު، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހެވެ.

ސިފައިންގެ ހިދުމަތުގައި 37 އަހަރު ހޭދަ ކުރައްވާފައިވާ އަބްދުއްރަހީމް، އާ ސަރުކާރާ އެކު ރިޓަޔާކުރައްވަން މީގެ ކުރިން ވެސް ނިންމެވި އެވެ. ނަމަވެސް އުމުރުން 60 އަހަރު ވާން ކުޑަ ދުވަސްކޮޅެއް އޮތުމުން މަގާމުގައި ދެމިހުންނެވީ އެވެ.