Roadha Mihaaru
ރަހީނުކުރި މައްސަލައިގެ މީހުންގެ ބަންދަށް 10 ދުވަސް

ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދަށް 10 ދުވަސް

05 އޯގަސްޓް 2019

ގެއެއްގެ ތެރޭގައި މީހަކު ރަހީނުކުރި ކަމުގެ ތުހުމަތަށް އިއްޔެ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 10 ދުވަސް ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގެއެއްގެ ތެރޭގައި މީހަކު ރަހީނުކުރި ކަމުގެ ތުހުމަތަށް އިއްޔެ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 10 ދުވަސް ދީފި އެވެ.

ފުލުހުންގެ މީޑިއާގެ އޮފިޝަލަކު ވިދާޅުވީ ރަހީނުކޮށް މީހަކަށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ދެ ފިރިހެނުންގެ މައްސަލަ، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުގީގުކުރަން މުއްދަތު ދީފައިވާ ކަމަށެވެ.

ރަހީނުކޮށް އަނިޔާކުރި ކަމުގެ ތުހުމަތަށް މާލެއިން އިއްޔެ ހެނދުނު ހައްޔަރުކުރީ 19 އަހަރާއި 22 އަހަރުގެ ދެ މީހުންނެވެ.

ރަހީނުކުރި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ. އެނގިފައިވާ ގޮތުގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނީ ބިސްބުރު ކައިރީގައި ހުންނަ ގެއެއްގަ އެވެ.