Roadha Mihaaru

ނަފުރަތު އުފައްދާ ލީޑަރުންނާ ދެކޮޅު ހަދަން ޖެހޭ: އޮބާމާ

ވޮޝިންޓަން (އޮގަސްޓް 6) - ނަފުރަތު އުފައްދާ ލީޑަރުންނާއި ނަސްލީ ތަފާތު ކުރުންތަކުން ބަސްތައް ވިދާޅުވެ އުޅޭ ލީޑަރުންނާ ދެކޮޅު ހެދުމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ގޮވާލައްވައިފި އެވެ.

ނަފުރަތު އުފައްދާ ލީޑަރުންނާ ދެކޮޅު ހަދަންޖެހޭ: އޮބާމާ
ހަސަން އާމިރު
ހަސަން އާމިރު

06 އޯގަސްޓް 2019

ވޮޝިންޓަން (އޮގަސްޓް 6) - ނަފުރަތު އުފައްދާ ލީޑަރުންނާއި ނަސްލީ ތަފާތު ކުރުންތަކުން ބަސްތައް ވިދާޅުވެ އުޅޭ ލީޑަރުންނާ ދެކޮޅު ހެދުމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ގޮވާލައްވައިފި އެވެ.

ނަފްރަތު އުފައްދާ ގޮތަށް ބަސް ވިދާޅުވާ ބޭފުޅުންގެ ނަން އޮބާމާ ވިދާޅެއް ނުވެ އެވެ. ނަމަވެސް އެމަނިކުފާން މިހެން ވިދާޅުވެފައި ވަނީ ނަސްލީ ގޮތުން ތަފާތު ކުރުވާ ފަދަ ބަސްތަކެއް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން ފާޑުކިޔުންތައް އަމާޒުވެފައިވާ ދުވަސްވަރެއްގަ އެވެ.

ހޯމަ ދުވަހުގެ ރޭ އޮބާމާ ދެއްވި ތަގުރީރުގައި ވަނީ ނަފްރަތު އުފެއްދުމަށް ކުރާ އެންމެހާ މަސައްކަތްތައް ކުށްވެރި ކުރައްވައިފަ އެވެ. އޮބާމާ މި ތަގުރީރު ދެއްވާފައި ވަނީ ޓެކްސަސް އާއި އޮހާޔޯގައި ދިން ބަޑީގެ ހަމަލާތަކގައި 31 މީހުން މަރުވި ހާދިސާ އަށް ފަހު އެވެ.

ނަފުރަތާއި ނަސްލީ ތަފާތު ކުރުމުގެ ބަސްތައް ވިދާޅުވާ ބޭފުޅުންނާ ދެކޮޅު ހަދަން ޖެހޭ. އެންމެން މިއީ އެއްބައެއް،" އޮބާމާ ވިދާޅުވި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވަނީ އެމެރިކާގެ ކޮންގްރެސްގެ ހަތަރު އަންހެން މެންބަރުން އެ މީހުން ނިސްބަތްވާ ގައުމުތަކަށް ވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ. އެ ހަތަރު މެންބަރުންނަކީ ވެސް އެކި ގައުމުތަކުން ވަޑައިގެން އެމެރިކާގައި ވަޒަންވެރިވެފައިވާ ފަރާތްތަކެވެ. ޓްރަމްޕް އެހެން ވިދާޅުވުމާ ގުޅިގެން އެއީ ނަސްލީ ގޮތުން ތަފާތު ކުރުން ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ.