Roadha Mihaaru
އާ އުސޫލާ މެދު ނުރުހުންވެ ޓެކްސީ ޑްރައިވަރުން ކޯޓަށް!

އާ އުސޫލާ މެދު ހިތްހަމަނުޖެހި ޓެކްސީ ޑްރައިވަރުން ކޯޓަށް!

06 އޯގަސްޓް 2019

ޓެކްސީ ދަތުރުތަކަށް އަގު ނަގަން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި އާ އުސޫލާ މެދު ހިތްހަމަ ނުޖެހިގެން އެއަށް އަމަލުކުރުން ހުއްޓުވައިދޭން އެދި ޓެކްސީ ޑްރައިވަރުން ސިވިލް ކޯޓަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓެކްސީ ދަތުރުތަކަށް އަގު ނަގަން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި އާ އުސޫލާ މެދު ހިތްހަމަ ނުޖެހިގެން އެއަށް އަމަލުކުރުން ހުއްޓުވައިދޭން އެދި ޓެކްސީ ޑްރައިވަރުން ސިވިލް ކޯޓަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

ޑްރައިވަރުންގެ ޖަމިއްޔާގެ ވަގުތީ ރައީސް އަބްދުﷲ އިބްރާހީމް "މިހާރު" އަށް ވިދާޅުވީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅީ އާ އުސޫލުގެ ސަބަބުން ޓެކްސީ ޑްރައިވަރުންގެ އާމްދަނީ އަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާ މި މައްސަލައިގައި ބައްދަލުކުރަން އެދި ޑްރައިވަރުން ވަނީ ސިޓީ ފޮނުވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވެސް މަޝްވަރާކުރަން ބޭނުންވާ ކަން ޑްރައިވަރުން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ އުސޫލާ ދެކޮޅަށް ހިތްހަމަނުޖެހުންފާޅުކުރަން މާދަމާ އިހްތިޖާޖް ކުރަން ޑްރައިވަރުން ވަނީ ނިންމައިފަ އެވެ.

ޓްރާންސްޕޯޓުން އެކުލަވާލި އާ އުސޫލުގެ ދަށުން ހުރިހާ ޓެކްސީތަކުން ވެސް ޓެކްސީ އެޕްލިކޭޝަން ބޭނުން ކުރަންޖެހެ އެވެ. މި އުސޫލުގެ ދަށުން މާލެ އާއި ހުޅުމާލޭގައި ކުރާ ދަތުރުތަކަށް ނަގާނީ 25 ރުފިޔާ އެވެ. އަދި ޑިކީއަށް އެއްޗެއް އެރުވި ނަމަވެސް އެއަށް އިތުރު ފައިސާއެއް ނުނެގޭނެ އެވެ.

ބްރިޖް ދަތުރު ފެށުމާ އެކު މާލެ އާއި ހުޅުލޭގެ ދަތުރުތަކަށް ޑްރައިވަރުން އާއްމުކޮށް ނަގަމުން އަންނަނީ 100 ރުފިޔާ އެވެ. އެކަމަކު އާ އުސޫލުގެ ދަށުން އެ އަގު ވަނީ 75ރ. އަށް ދަށްކޮށްފަ އެވެ. އަދި ހުޅުމާލެ-ހުޅުލެ ނުވަތަ މާލެ-ހުޅެލަށް ދިޔުމަށް ނަގަންޖެހޭނީ 60 ރުފިޔާ އެވެ.

މާލެ ސަރަހައްދުގައި ޓެކްސީކުރުމުގެ ހުއްދަ 1،200 ޓެކްސީއަކަށް ދީފައިވެ އެވެ.