Roadha Mihaaru
މަޖިލިހުގައި ކުރާ އިންޓަވިއުތައް ލައިވްކުރަން ވިސްނަނީ

މަޖިލިހުގައި ކުރާ އިންޓަވިއުތައް ލައިވްކުރަން މަޝްވަރާ ކުރަނީ

08 އޯގަސްޓް 2019

މިނިވަން މުއައްސަސާތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ އިންޓަވިއުތައް ރައްޔިތުންގެ މަޖިލިހުގައި ކުރިއަށް ގެންދާ އިރު، ޓީވީތަކުން ލައިވްކުރުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިނިވަން މުއައްސަސާތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ އިންޓަވިއުތައް ރައްޔިތުންގެ މަޖިލިހުގައި ކުރިއަށް ގެންދާ އިރު، ޓީވީތަކުން ލައިވްކުރުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ "މިހާރު" އަށް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް އައްޔަން ކުރައްވާ ބޭފުޅުންނާ މަޖިލިހުގެ ކޮމިޓީތަކުން ކުރާ އިންޓަވިއުތައް ލައިވްކުރުން މުހިންމު ކަމަށެވެ. އެގޮތުން އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ އިންޓަވިއު ލައިވް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި އެކަމާ މެދު ކޮމިޓީން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިހުގައި މީގެ ކުރިން އަމަލު ކުރަމުން އަންނަ އުސޫލަށް ބަލާ އިރު، މިނިވަން މުއައްސަސާތަކަށް ކުރިމަތިލައްވާ ބޭފުޅުންނާ އިންޓަވިއުކުރުމުގެ މަރުހަލާ ކޮމިޓީގައި ކުރިއަށް ދަނީ ސިއްރުކޮށްގެންނެވެ. ކޮމިޓީތައް ސިއްރުކޮށްގެން ކުރިއަށް ގެންދާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް ގިނަ އެވެ.

"އިންފޮމޭޝަން ކޮމިޝަނަރަކަށް ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުންނާ އިންޓަވިއުކުރުމުގެ ކުރިން އަޅުގަނޑުމެން ކޮމިޓީން ގޮތެއް ނިންމާނަން. ލައިވްކުރީމަ، އެ މުއައްސަސާތަކަށް ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުންގެ ވާހަކަތައް ފެނިގެންދާނެ،" މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި މުއައްސަސާތަކަށް ކުރިމަތިލައްވާފައިވާ ބޭފުޅުން ދައްކަވާ ވާހަކަތައް އެނގިވަޑައިގަންނަވާނީ ހަމައެކަނި ކޮމިޓީގައި ތިއްބެވި ބޭފުޅުންނަށެވެ. އަދި ކޮމިޓީގައި ތިއްބަވާ މެމްބަރުން ފިޔަވައި އެހެން މެމްބަރުންނަށް އެކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަނާއި ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ވަނީ ކުރިމަތިލައްވައިފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ދެ ބޭފުޅުންގެ ނަމާ އެކު އިތުރު ދެ މީހެއްގެ ނަން ވެސް ކޮމިޓީ އަށް ފޮނުވައިފަ އެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުގެ މަގާމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. އެ މަގާމަށް އައްޔަން ކުރަން ޖެހޭނީ އެންމެ ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަޔާޒަކީ އެވިޑް ކޮލެޖްގެ ޑެޕިއުޓީ ވައިސް ރެކްޓަ އެވެ. އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ.

ފިޔާޒް ވަނީ ރާއްޖެ ޓީވީގެ ސީއޯއޯ ކަން ތިން އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވައިފަ އެވެ. ދުވަހު ނޫސް "ހަވީރު" ގައި ވެސް މަސައްކަތް ކުރެއްވި ފިޔާޒް ވަނީ ނޫސްވެރިކަމުގައި 18 އަހަރު ހޭދަކުރައްވައިފަ އެވެ. އޭނާގެ ނޫސްވެރިކަން ފެއްޓެވީ ކުރީގެ އާފަތިސް ނޫހުންނެވެ.

ރޮޒެއިނާ ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހިއްސާ ކުރަން ބޭނުން ނަމަ، ކޮމިޓީއެއް ހިއްސާކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ މައްސަލައާ ބެހޭ ގޮތުން އެބޭފުޅުންނާ ސުވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.