Roadha Mihaaru
އަޖޭގެ "ތާނަޖީ" ގެ ރޯލަކުން އައިޝްވާރިޔާ ފެންނާނެ

އަޖޭ ދޭވްގަންގެ "ތާނަޖީ" ގެ ރޯލަކުން އައިޝްވާރިޔާ ފެންނާނެ

16 އޯގަސްޓް 2019

އައިޝްވާރިޔާ ރާއީ މިހާރު ސްކްރީނުން ނުފެންނާތީ ދެރަވެފައި ތިބި ފޭނުން ބައިވަރެވެ. އޭނާ އެންމެ ފަހުން ފެނުނު ފިލްމަކީ ކުޑަ ރޯލެއް ކުޅުނު، މިދިޔަ އަަހަރުގެ ފްލޮޕް ފިލްމު "ފަނޭ ހޭން" އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ އެއްވެސް ފިލްމަކަށް ސޮއިކުރި ކަމުގެ އަޑެއް ނާރަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައިޝްވާރިޔާ ރާއީ މިހާރު ސްކްރީނުން ނުފެންނާތީ ދެރަވެފައި ތިބި ފޭނުން ބައިވަރެވެ. އޭނާ އެންމެ ފަހުން ފެނުނު ފިލްމަކީ ކުޑަ ރޯލެއް ކުޅުނު، މިދިޔަ އަަހަރުގެ ފްލޮޕް ފިލްމު "ފަނޭ ހޭން" އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ އެއްވެސް ފިލްމަކަށް ސޮއިކުރި ކަމުގެ އަޑެއް ނާރަ އެވެ.

އެކަމަކު އައިޝްވާރިޔާ އަންނަ އަހަރު ފިލްމަކުން ފެންނާނެކަން މިހާރު މި ވަނީ ކަށަވެރުވަފަ އެވެ. މި ފިލްމަކީ މިހާރު ޝޫޓިން އެއްކޮށް ނިމުމަކަށް އައިސްފައިވާ އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" އެވެ.

އަޖޭގެ އަންހެނުން ކާޖޮލް ވެސް މި ފިލްމުގައި އުޅެ އެވެ.

އޯމް ރައުތު ޑައިރެކްޓް ކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސައިފް އަލީ ހާން، ސުނިލް ޝެޓީ، ޝަރަދު ކަޕޫރްގެ އިތުރުން ސައުތުގެ މަޝްހޫރު އެކްޓަރުންތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި "ބާހްބަލީ" ކުޅުނު ޕްރަބާސް އާއި ޖަގަޕަތީ ބާބޫ އަދި ދެވައްޓާ ނަގޭ ހިމެނެ އެވެ.

އަންނަ އަހަރުގެ ޖެނުއަރީ 10 ގައި ރިލީޒް ކުރާ "ތާނަޖީ" އަކީ 17 ވަނަ ގަރުނުގެ އިންޑިއާގެ ވަރުގަދަ އަސްކަރީ ލީޑަރު ތާނަޖީ މަލަސޫރޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މީގެ ރޯލަކުން އައިޝްވާރިޔާ ފެނިގެން ދާނެކަން ކަށަވަރުވެފައިވާ އިރު، މި ފިލްމުވެގެން ދާނީ ކާޖޮލް އާއި އައިޝްވާރިޔާ އެއް ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރަށެވެ. އެހެންވެ މިއީ "ތާނަޖީ" އަށް ބެލުންތެރިންގެ ސަމާލުކަން ހުއްޓޭނެ އެއް ކަމަކަށް ވެގެން ދާނެ އެވެ.