މި މަހުގެ ކުރީކޮޅު ރިލީޒްކޮށް، ބެލުުންތެރިންގެ ބޮޑު ތަރުހީބެއް ހޯދަމުން އަންނަ އެކްޓަރު އަޖޭ ދޭވްގަންގެ 100 ވަނަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ)" އަށް އިންޑިއާ އިން ލިބުނު އާމްދަނީ 200 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) އަށް އަރައިފި އެވެ.
26 ޖެނުއަރީ 2020
މި މަހުގެ ކުރީކޮޅު ރިލީޒްކޮށް، ބެލުުންތެރިންގެ ބޮޑު ތަރުހީބެއް ހޯދަމުން އަންނަ އެކްޓަރު އަޖޭ ދޭވްގަންގެ 100 ވަނަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ)" އަށް އިންޑިއާ އިން ލިބުނު އާމްދަނީ 200 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) އަށް އަރައިފި އެވެ.
މި މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރި ތާރީހީ މި ހަނގުރާމަ ފިލްމަށް އިންޑިއާ އިން އެކަނި ލިބުނު އާމްދަނީ 200 ކްރޯޑަށް އެރީ ހުކުރު ދުވަހު އެވެ. އެގޮތުން ހުކުރު ދުވާ ހަމައަށް ފިލްމަށް ޖުމްލަ 202.83 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.
#Tanhaji benchmarks...
— taran adarsh (@taran_adarsh) January 25, 2020
Crossed ₹ 50 cr: Day 3
₹ 100 cr: Day 6
₹ 125 cr: Day 8
₹ 150 cr: Day 10
₹ 175 cr: Day 11
₹ 200 cr: Day 15#India biz.
ރިލީޒްކުރިތާ ތިން ދުވަހުގެ ތެރޭގައި 50 ކްރޯޑް ހޯދައި، ހަ ދުވަހުގެ ތެރޭގައި 100 ކްރޯޑް ކުލަބަށް ވަން "ތާނަޖީ" އަކީ އިންޑިއާ އިން އެކަނި 200 ކްރޯޑްގެ އާމްދަނީއެއް ހޯދި އަޖޭގެ ދެވަނަ ފިލްމެވެ. އެ ވަރުގެ އާމްދަނީއެއް ހޯދި އޭނާގެ ފުރަތަމަ ފިލްމަކީ 2018 ގައި ރިލީޒްކުރި "ގޯލްމާލް އެގެއިން" އެވެ.
Marching towards glory with all your love! Thank you for making #TanhajiTheUnsungWarrior a blockbuster hit of 2020!https://t.co/siM8ukvwTMhttps://t.co/6mtSDgkEZ5#TanhajiUnitesIndia @itsKajolD #SaifAliKhan @omraut @itsBhushanKumar @SharadK7 @ADFFilms @TSeries @TanhajiFilm pic.twitter.com/9VAOhcxEJW
— Ajay Devgn (@ajaydevgn) January 25, 2020
ޖުމްލަ 150 ކްރޯޑް ރުޕީސް (21 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ތާނަޖީ" އިންޑިއާ އާއި އެ ގައުމުން ބޭރުގެ މާކެޓްތަކުން ލިބުނު ޖުމްލަ އާމްދަނީ މިހާރު ވަނީ 265.54 ކްރޯޑް ރުޕީސް (37 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ.
އޯމް ރައުތު ޑައިރެކްޓްކުރި މި ފިލްމަކީ މި އަހަރު މިހާތަނަށް ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމެވެ.
ސަތާރަ ވަނަ ގަރުނުގައި އިންޑިއާގައި އުފެދުނު ކުޅަދާނަ ހަނގުރާމަވެރިޔާ ތާނަޖީ މަލުސާރޭގެ ވާހަކަ ކިޔައިދޭ "ތާނަޖީ" ގެ ކާސްޓުންގެ ތެރޭގައި އަޖޭގެ އަންހެނުން ކާޖޮލް އާއި ސައިފް އަލީ ޚާން ވެސް ހިމެނެ އެވެ.
އަޖޭ ވަނީ "ތާނަޖީ" އަށް ފަހު "ދި އަންސަންފް ވޮރިއާ" ގެ ނަމުގައި އިންޑިއާގެ އިތުރު ހަނގުރާމަވެރިންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމުތަކެއް ވެސް ހަދަން ނިންމައިފަ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަންނަ މަހު ކޮން ފިލްމުތަކެއް؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް