Roadha Mihaaru
އެމްއައިބީގެ ހިއްސާ ފޯމު ދޫކުރާ ވަގުތު ބަދަލުކޮށްފި

އެމްއައިބީގެ ހިއްސާ ފޯމު ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

20 އޯގަސްޓް 2019

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފީހުން ހިއްސާ ވިއްކަން ދޫކުރަމުން އައި އައިޕީއޯ ފޯމު ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފީހުން ހިއްސާ ވިއްކަން ދޫކުރަމުން އައި އައިޕީއޯ ފޯމު ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އާންމުންނަށް އެމްއައިބީގެ ހިއްސާ ވިއްކަން ފަށާފައިވާއިރު ފޯމު ދޫކުރަމުން އައީ ހެނދުނު 8:30 އިން މެންދުރު 2:30 އަށެވެ. ނަމަވެސް މި ގެނައި ބަދަލާއެކު މިއަދުން ފެށިގެން ސެޕްޓެމްބަރު 18 ގެ ނިޔަލަށް ފޯމު ދޫކުރާނީ މެންދުރު 3:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު ހެނދުނު 9:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ވެސް އެ ބޭންކުގެ ހެޑް އޮފީހުން އައިޕީއޯ ފޯމް ދޫކުރާނެ އެވެ.

އެމްއައިބީގެ ހެޑް އޮފީހުން ފޯމު ދޫކުރާ ގަޑިތަކަށް ބަދަލު ގެނައި ނަމަވެސް އެ ބޭންކުގެ ކަލެކްޝަން ސެންޓަރުން ފޯމު ދޫކުރާ ގަޑިތަކަށް ބަދަލެއް ނުގެނެ އެވެ. މި ކަލެކްޝަން ސެންޓަރު ހުންނަނީ މ. ފާމުދޭރި ގޭގެ ގްރައުންޑް ފްލޯގަ އެވެ.

އެމްއައިބީގެ ހިއްސާ އަށް އޮންލައިންކޮށް އަދި ކާޑުން ވެސް ފައިސާ ދެއްކޭނެ އެވެ. ނަގުދު ފައިސާ ދައްކައިގެން ހިއްސާ ގަނެވޭނީ ހަމައެކަނި އެމްއައިބީގެ ހެޑް އޮފީހުންނެވެ.

އެމްއައިބީން ހިއްސާ ވިއްކުމަށް ހުޅުވާލުމުން ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.