Roadha Mihaaru
ބީރުވި ދިވެއްސަކަށް ޓްރީ ޓޮޕުން އިވުން އިއާދަކޮށްދީފި

ބީރުވި ދިވެއްސަކަށް ޓްރީ ޓޮޕުން ފަރުވާދީ އިވުން އިއާދަކޮށްދީފި

22 އޯގަސްޓް 2019

ބީރުވި ދިވެއްސަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ދީ އިވުން އިއާދަކޮށްދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބީރުވި ދިވެއްސަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ދީ އިވުން އިއާދަކޮށްދީފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ޑިރެކްޓާ އޮފް ބިޒްނަސް އިބްތިޝާމް އަހުމަ "މިހާރު" އަށް މިރޭ ވިދާޅުވީ ދެ ކަންފަތުގެ އިވުމަށް ވަރަށް ބޮޑަށް ގެއްލުންވެފައި ހުރި މެދު އުމުރުގެ އަންހެނެއް މާޗް މަހު އޮޕަރޭޝަންކޮށް މިއަދު ފޮލޯއަޕް ހެދި އިރު، އޭނާގެ އިވުން އަލުން އިއާދަވެފައިވާ ކަމަށެވެ.

އިވުމުގެ މައްސަލަ ހުންނަ އެމީހާގެ އެކަމުގައި އުޅޭތާ ދިހަ ވަރަކަށް އަހަރު ވެދާނެ ކަމަށް ވެސް އިބްތިޝާމް ވިދާޅުވި އެވެ. އެމީހާގެ ކަންފަތް ރަނގަޅުކޮށްދިނީ އެ ހޮސްޕިޓަލްގެ ސްޕެޝަލިސްޓް ޑޮކްޓަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ބަލި މީހާގެ އިތުރު މައުލޫމާތުތައް ހޮސްޕިޓަލުން އާންމު ނުކުރާތީ އެމީހާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

"ދެ ކަންފަތުގައި އިވުމުގައި މައްސަލަ އުޅެނީ. އެއް ކަންފަތް ރަނގަޅުވެފައި ވަނީ. އަނެއް ކަންފަތް އޮޕަރޭޝަން ކުރާ ގޮތަށް ފަހުން ވަނީ ހަމަޖެހިފައި،" އިބްތިޝާމް ވިދާޅުވި އެވެ.

"އެމީހާގެ ވަޒީފާ ވެސް ގެއްލުނީ އެކަމާ (ބީރުވީމަ) ހެދި. ދެން ވަރަށް ބޮޑަށް ބުރަ މަސައްކަތުން ރުފިޔާ އެއްކޮށްގެން މާލެ އައިސް ޓްރީ ޓޮޕަށް ދެއްކީ،"

އެ މީހާގެ ދެ ކަންފަތް ބީރުވި ސަބަބެއް ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ދުނިޔޭގެ ފެންވަރުގެ ކާމިޔާބު އޮޕަރޭޝަންތަކެއް ކޮށްފަ އެވެ.