Roadha Mihaaru
އާ ސަރުކާރު ބަޖެޓު އަންނަ ހަފުތާގައި ހުށަހަޅަނީ

އާ ސަރުކާރުގެ 29 ބިލިއަން ރުފިޔާގެ ބަޖެޓު އަންނަ ހަފުތާގައި މަޖިލީހަށް ހުށަހަޅަނީ

07 ނޮވެމްބަރ 2018

އަންނަ އަހަރަށް ލަފާކޮށް، އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެ ގެ ފަރާތްޕުޅުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވި 29.6 ބިލިއަން ރުފިޔާގެ ބަޖެޓް އަންނަ ހަފުތާގައި މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ. މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މިރޭ ވިދާޅުވީ އަންނަ ހަފުތާގައި މަޖިލީހުގެ ޖަލްސާތައް ފަށައި ބަޖެޓު ހުށަހެޅުން ވެސް އޮންނާނެ ކަމަށެވެ. ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު މަޖިލީހުގެ ޖަލްސާތައް ފަށާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅެވެ. ޖަލްސާތައް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކާ ކުރިމަތިވީ، މަޖިލީހުގެ ރައީސްކަމުގައި ހުންނެވި އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު ދިމާވި ކަންތައްތަކުގެ ސަބަބުންނެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ ރައީސްގެ މަގާމުން މަސީހު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ އިންތިޚާބު ކޮށްފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ކުރިން ވިދާޅުވީ 29 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅާފައިވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައިގެން ކަމަށެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅަންވާނެ އެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެ އެވެ. އާ ސަރުކާރުގެ ބަޖެޓު ފިނޭންސަށް ފޮނުވީ މިިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހެވެ.