25 އޯގަސްޓް 2019
މީހެއްގެ ސިފަޔާއި އެ މީހެއްގެ ފޯރުންތެރިކަމަކީ ހުނަރުވެރިކަމާ ގުޅުން ހުރި ކަމެއް ނޫންކަން މި މީހާގެ ވާހަކައިން އެނގޭނެ އެވެ. މިއީ ރާނޫ މޮންޑާލް އެވެ. މި މީހާ ސޯޝަލް މީޑިއާގައި މަޝްހޫރުވީ އިންޑިއާގެ ކަލްކަތާގެ ރަނާގަޓް ރޭލު ސްޓޭޝަނުގައި ލަވަ ކިޔަން އިންދާ މީހަކު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމު ކުރުމުންނެވެ. ރޭލު ސްޓޭޝަނުގައި އޭނާ ލަވަ ކިޔަނީ ކާލާނެ އެއްޗެއް ހޯދަން ފައިސާ ފޮއްޗެއް ލިބޭތޯ އެވެ.
މީހެއްގެ ސިފަޔާއި އެ މީހެއްގެ ފޯރުންތެރިކަމަކީ ހުނަރުވެރިކަމާ ގުޅުން ހުރި ކަމެއް ނޫންކަން މި މީހާގެ ވާހަކައިން އެނގޭނެ އެވެ. މިއީ ރާނޫ މޮންޑާލް އެވެ. މި މީހާ ސޯޝަލް މީޑިއާގައި މަޝްހޫރުވީ އިންޑިއާގެ ކަލްކަތާގެ ރަނާގަޓް ރޭލު ސްޓޭޝަނުގައި ލަވަ ކިޔަން އިންދާ މީހަކު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމު ކުރުމުންނެވެ. ރޭލު ސްޓޭޝަނުގައި އޭނާ ލަވަ ކިޔަނީ ކާލާނެ އެއްޗެއް ހޯދަން ފައިސާ ފޮއްޗެއް ލިބޭތޯ އެވެ.
ރާނޫގެ އަޑުގެ ރީތިކަމާއި އޭގެ ޖާދޫ އެތައް ބަޔަކަށް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރުން ހުއްޓުނީ އިންޑިއާގެ ރަން އަޑުގެވެރިޔާ ލަތާ މަންގޭޝްކަރްގެ ވަރަށް ހިތްގައިމު ލަވައެއް ކަމަށްވާ "އެކް ޕިޔާރު ކަ ނަގްމާ ހޭ" އޭނާ ކިޔާތަން ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވުމުންނެވެ.
ރާނޫ "އެކް ޕިޔާރު ކެ ނަގްމާ ހޭ" ކިޔަނީ.
އެ ލަވަ އަޑުއެހި ގިނަ ބަޔަކު ވަނީ ރާނޫ އަކީ ލަތާ އަށް ދޫނުކުރާ ވަރުގެ ލަވަކިޔުންތެރިއެއް ކަމަށް ބުނެ އޭނާ އަށް ތައުރީފު އޮއްސާލައިފަ އެވެ. އަދި ވަރަށް ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި ލަވަކިޔާނެ ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދީފި ނަމަ އޭނާ އަކީ ބޮލީވުޑްގައި ލަވަކިޔުމުގެ ފަންނުން ބޮންތި އަށް ވެސް އަރައިފާނެހާ ހުނަރުވެރި ލަވަކިޔުންތެރިއެކެވެ.
ކޮންމެއަކަސް ރާނޫގެ ނަސީބު ވެސް ވަރަށް ރަނގަޅެވެ. ފުރަތަމަ އޭނާ އަށް ލިބުނީ ލަވަކިޔާނެ ފުރުސަތެއް ނޫނެވެ. އެކަމަކު އަޑުގެ ރީތިކަމާ އެއްވަރަށް މީހާގެ ސިިފަ ރީތިކޮށްލަން ލިބުނު މޭކްއޯވާއެކެވެ.
ކުރިން ހަމަ ވަރަށް އާދައިގެ ގޮތަކަށް ސާޅީ އަޅައިގެން އިސްތަށިގަނޑު ވެސް އެގޮތްމިގޮތަށް ހުރި ރާނޫގެ މޭކްއޯވާ އިން ބޮޑު ބަދަލެއް ގެނެސް، އޭނާގެ ވާހަކަ އިތުރަށް މީހުން ދައްކަން ފެށި އެވެ.
މިހާރު ރާނޫ ބޮލީވުޑްގެ ފިލްމަކަށް ލަވައެއް ވެސް ރެކޯޑްކޮށްފި އެވެ. އެއީ މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ/އެކްޓަރު ހިމޭޝް ރޭޝަމިއާގެ ކުރިއަށް އޮތް ފިލްމު "ހެޕީ ހާޑީ އެންޑް ހީރު" އަށެވެ. އަންނަ މަހު ރިލީޒްކުރާ އެ ފިލްމަށް ރާނޫ، ހިމޭޝްއާ އެކު ރިކޯޑްކުރި ލަވައަކީ "ތޭރީ މޭރީ ކަހާނީ" އެވެ. އެ ލަވައިގެ ރިކޯޑިންގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ހިމޭޝް ވަނީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ.
މުޅިން އާ ލަވައެއް ވެސް ރާނޫގެ އަޑުން އިއްވައިލީ ހަމަ އެހާ ރީތިކޮށެވެ.
ބޮލީވުޑްގެ ފިލްމަކަށް ލަވައެއް ކިޔަން ލިބުމަކީ އާދައިގެ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް އާދައިގެ މީހަކަށެވެ.
ހިމޭޝް ބުނިގޮތުގައި ރާނޫއަކީ އާދަޔާހިލާފު ރީތި އަޑެއްގެ ވެރިއެކެވެ. އެހެންވެ އެއީ ބޭނުން ނުހިފައި ދޫކޮށްލާ ވަރަށް ވުރެ އަގުހުރި އަޑެއް ކަމަށް ބުންޏެވެ. އޭނާ ރާނޫ ސިފަކުރީ ރަންގަނޑެއްގެ ގޮތުގަ އެވެ.
"އަހަރެން އަބަދުވެސް ބޭނުންވޭ ހުނަރުވެރި ފަންނާނުންނަށް ފުރުސަތު ދޭން. އެހެންވެ ރާނޫ އަށް ފުރުސަތު ދިނީ،" އޭނާ ބުންޏެވެ. "ސަލީމް ސާހަބް [ސަލްމާން ހާންގެ ބައްޕަ] އެއް ފަހަރަކު އަހަންނަށް ދިން ނަސޭހަތެއްގައި ވެސް ބުނި ހުނަރުވެރި މީހަކާ ދިމާވެއްޖެ ނަމަ އެ މީހެއްގެ ބޭނުން ހިފައްޗޭ. ދޫކޮށްނުލައްޗޭ. އެއީ އަބަދު ވެސް އަހަރެންގެ ސިކުނޑީގައި ހަރުލާފައި އިންނަ ނަސޭހަތެއް."
ހިމޭޝް ބުނިގޮތުގައި ހަމައެކަނި ފިލްމަކަށް ލަވައެއް ކިޔުއްވާފައި އޭނާ ރާނޫ ދޫކޮށެއް ނުލާނެ އެވެ. އަދި ރާނޫ އަށް ހައްގުވާ މިންވަރު ހޯދައިދީ، ހައްގު މަގާމަށް ގެންދަން ކުރެވުނުހާ ވެސް މަސައްކަތެއްކޮށް، އެކަމަށް އެހެން މީހުންނަށް ވެސް ހިތްވަރުދޭ ކަމަށް ބުންޏެވެ.
ރާނޫ ވަނީ ހިމޭޝް ޖަޖެއްގެ ގޮތުގައި ފެންނަ ސޮނީ ޓީވީގެ ކުޑަކުދިންގެ ލަަވަ ޝޯ "ސުޕަސްޓާ ޑާންސާ" ގައި ވެސް އޭނާގެ ހުނަރު ދައްކާލައިފަ އެވެ.
ރާނޫ ބުނިގޮތުގައި އޭނާގެ ހުނަރު ގިނަ ބަޔަކަށް ފާހަގަކުރެވި ފުރުސަތުތައް ލިބެން ފެށުމަކީ ކުރިން ހުވަފެނަކުން ވެސް ދުށް ކަމެއް ނޫނެވެ. އެކަމަކު މިހާރު އެތައް ބައެއްގެ ލޯތްބާއި ސަޕޯޓް ލިބޭތީ ދިރިއުޅުން ބަދަލުވެއްޖެ ކަމަށް ބުންޏެވެ.
ރާނޫ އަށް މިހާރު އަންނަނީ އިންޑިއާގެ އެކި ސްޓޭޓްތަކާއި އެހެން ގައުމުތަކުން ވެސް ދައުވަތު ލިބެމުންނެވެ.
"އަހަރެން މި ހުންނަނީ އުފަލުން ގޮސް ބުނާނެ އެއްޗެއް ވެސް ނޭނގިފައި،" އޭނާ ބުންޏެވެ.
މިސް ޔުނިވާސް އިން ތާރީހު ބަދަލުކޮށްލެވުނު: ސުޝްމިތާ
އާލިއާ ވެސް ވިޔަފާރިއަކަށް އިންވެސްޓްކުރަނީ
ޗޯޓާ ރަފީ: ރަފީގެ 800 ލަވަ ހިތުދަސް
އަރްޗަނާ: ހިނިގަނޑު ޖަހައިގެން އާމްދަނީ ހޯދާ މީހެއް
ކަންގަނާ ވަރަށް ފޯރީގައި ކެމްޕެއިން ކުރަނީ
އަންނަ މަހު ބާއްވާ އިންތިހާބުގައި ކަންގަނާ ވާދަކުރަނީ
ރިއާނާ ބޭނުންވަނީ އަނެއްކާވެސް އިންޑިއާ އަށް ދާން
އަމްބާނީގެ ހަގުދަރިފުޅުގެ ކައިވެނީގެ ހަފުލާތައް ފަށައިފި
ޝާހުގެ އަންހެނުން ރެސްޓޯރެންޓެއް ހުޅުވައިފި
ޕޫނަމް މަރުވި ކަމަށް ބުނެ އޮޅުވާލުމުން އާންމުން ރަތަށް