03 ޖެނުއަރީ 2020
މިއީ ހާދަހާ ފަސޭހަ ވަޒީފާ އެކޭ ބައެއް މީހުން ހިތަށް އަރައިފާނެ އެވެ. އެކަމަކު މީހުން ހެއްވައި ލުމަކީ ކޮމީޑިއަނުން ބުނާގޮތުގައި އެންމެ އުނދަގޫ އެއް ކަންތަކެވެ. ޔަގީނުން ވެސް އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ، މީހުން ހެއްވާލައިގެން ހޯދިވަރުގެ ކާމިޔާބީއެއް މި ފަހުން އިންޑިއާގެ އެއްވެސް ފަންނާނަކަށް ހޯދިފައެއް ނެތެވެ.
މިއީ ހާދަހާ ފަސޭހަ ވަޒީފާ އެކޭ ބައެއް މީހުން ހިތަށް އަރައިފާނެ އެވެ. އެކަމަކު މީހުން ހެއްވައި ލުމަކީ ކޮމީޑިއަނުން ބުނާގޮތުގައި އެންމެ އުނދަގޫ އެއް ކަންތަކެވެ. ޔަގީނުން ވެސް އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ، މީހުން ހެއްވާލައިގެން ހޯދިވަރުގެ ކާމިޔާބީއެއް މި ފަހުން އިންޑިއާގެ އެއްވެސް ފަންނާނަކަށް ހޯދިފައެއް ނެތެވެ.
ނަމަވެސް، މި ފަހަރު ދައްކާނީ ކަޕިލްގެ ވާހަކައެއް ނޫނެވެ. ސޮނީން ގެނެސްދޭ އޭނާގެ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އެންމެ މުހިއްމު އެހެން ބައިވެރިއެއްގެ ވާހަކަ އެވެ. އެއީ މިދިޔަ އަހަރު އެ ޝޯއާ ގުޅުނު ބަތަލާ އަރްޗަނާ ޕުރާން ސިންގް 57، އެވެ.
މި ޝޯގައި ހިނިގަނޑު ޖަހަން ބޮޑު ސޯފާއެއްގައި ސްޓޭޖްގެ ކުރިމަތީގައި އިށީނދެގެން އިންނަން އޭނާ އަށް ފުރުސަތު ލިބުނީ ކުރިން ޝޯގެ ރަހަ ހެޔޮވަރުކޮށް ދެމުން ގެންދިޔަ ޕަންޖާބްގެ ކުރީގެ މިނިސްޓަރު ނަވްޖޯދު ސިންގް ސިދޫ މިދިޔަ އަހަރުގެ ކުރީކޮޅު ސިޔާސީ ހޫނުގަނޑަކާ ގުޅިގެން ބޭރުކޮށްލަން މަޖުބޫރުވުމާ ގުޅިގެންނެވެ.
އެހެންވެ، އޭނާގެ ބަދަލުގައި "ކަޕިލް ޝަރުމާ ޝޯ" ގެ އެންމެ މަސައްކަތް ކުޑަ ބައިވެރިޔާގެ ގޮތުގައި އަރްޗަނާ އަންނަނީ ހިނިގަނޑު ޖަހައި ޖީބު ފުރައިލަމުންނެވެ. އޭނާ އެ ޝޯގައި ބައިވެރިވުމަކީ އަރްޗަނާގެ ހިނިގަނޑު އެކަނި ދައްކުވައިދޭ ކަމެއް ނޫނެވެ. އޭނާ އަކީ މި ޝޯ އަށް ގްލެމާ ވެސް ގެނެސްދޭ، ރީތިކޮށް ހެދުން ވެސް އަޅާ ސްޓައިލިޝް ފަންނާނެކެވެ. ކަޕިލް ޝަރުމާ ޝޯ ބަލާ މީހުންނަށް އެކަން އެނގޭނެ އެވެ.
ޝޯގައި އަރްޗަނާ ކުރަން ޖެހޭހާ ވެސް ކަމަކީ ސޯފާގައި އިށީނދެގެން އިނދެ، ގައިގެ ހުރިހާ ހަކަތައެއް ހިނިގަނޑުތަކަށް ދޫކޮށްލުމެވެ.
އަރްޗަނާ، ކަޕިލްއާ އެކު.
ރިޕޯޓްތައް ބުނާގޮތުން، އެ މަސައްކަތުން އޭނާ އަށް ޝޯގެ ކޮންމެ އެޕިސޯޑަކުން ގާތްގަނޑަކަށް 8 ލައްކަ ރުޕީސް (11,220 ޑޮލަރު) ގެ އާމްދަނީއެއް ލިބެ އެވެ.
"ދަ ކަޕިލް ޝަރުމާ ޝޯ" އާ ގުޅުމުގެ ކުރިން ވެސް އަރްޗަނާ ބައެއް ކޮމެޑީ ޝޯތަކުގައި ޖަޖްކަން ކޮށްފައިވެ އެވެ. އެގޮތުން، ކަޕިލް ވެސް ބެލުންތެރިންގެ ތެރޭގައި މަގުބޫލު ފަންނާނަކަށް ވުމުގައި ބޮޑު ހިއްސާއެއް އަދާކުރި ސޮނީގެ "ކޮމެޑީ ސާކަސް" ފާހަގަކޮށްލެވެ އެވެ. އެއީ، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އަރްޗަނާ ހިއްސާވި ޝޯ އެކެވެ.
އަރްޗަނާ "ކޮމެޑީ ސާކަސް" ގައި.
ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ ބެލުންތެރިން ހެއްވައިލާ ކަހަލަ ހިނިގަނޑު ޖަހާ އަރްޗަނާގެ ފެށުން އައީ ޓީވީ ސިލްސިލާތަކާއި ބޮލީވުޑްގެ ފިލްމުތަކުން ކަމެވެ. އެކަމަކު އޭނާ އަކީ މާ ކާމިޔާބު ބަތަލާއެއް ނޫނެވެ. ކެރިއަރުގެ ވަރަށް ކުރީކޮޅު ފިލްމުތަކެއްގައި ލީޑް ރޯލް ކުޅެން ލިބުނަސް، ފަހުން އޭނާ މުޅިން ވެސް ފެންނަމުން ދިޔައީ ސަޕޯޓިން ރޯލްތަކުންނެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވޭނެ އެއް ފިލްމަކީ ކަރަން ޖޯހަރު 1998 ގައި ގެނެސްދިން "ކުޗް ކުޗް ހޯތާ ހޭ" އެވެ. އެ ފިލްމުގައި އޭނާ ކުޅުނު ގޮތްގަނޑު ބޮޑު ޒަމާނީ އިނގިރޭސި ޓީޗަރު މިސް ބްރިގެންޒާގެ ކެރެކްޓާ އަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ރޯލެކެވެ. ކަރަން ބުނެފައިވާ ގޮތުގައި 2001 ގައި އޭނާ ގެނެސްދިން "ކަބީ ޚުޝީ ކަބީ ޣަމް" ގައި ކަރީނާ ކަޕޫރް ކުޅުނު ތުއިބޮޑު ކެރެކްޓާ ޕޫޖާ (ޕޫ) އަކީ އަޗްރަނާ ކުޅުނު ރޯލުން މިސާލު ނަގައިގެން ފައްކާ ކޮށްފައި އޮތް ކެރެކްޓާ އެކެވެ.
ބަތަލާއެއްގެ ގޮތުގައި މާ ބޮޑު ކުރިއެރުމެއް ނުލިބުނަސް އަރްޗަނާ އަކީ މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންނަ ބަތަލާއެކެވެ. އޭނާގެ ފިރިމީހާ އަކީ ވެސް އެކްޓަރެއް/ޑައިރެކްޓަރެކެވެ. އެއީ ޕަރުމޭތު ސޭތީ އެވެ. އެ ދެ މީހުން ކައިވެނި ކުރީ 1992 ގަ އެވެ. ޕަރުމީތަކީ ކާކުކަން ބެލުންތެރިންނަށް އެންމެ ފަސޭހަ އިން ހަނދާނަށް ގެނެވޭނެ ފިލްމަކީ 1995 ގައި ޝާހްރުކް ޚާނާއި ކާޖޮލް ކުޅުނު ހިންދީ ސިނަމާގެ އައިކޮނިކް ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" އެވެ. އެ ފިލްމުގައި އޭނާ ކުޅުނީ ކާޖޮލް ކައިވެނި ކުރަން އާއިލާ އިން ނިންމާ މީހާގެ ރޯލެވެ.
އަރްޗަނާ އާއި ޕަރުމީތު.
އަރްޗަނާ އާއި ޕަރުމީތަށް ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ. އެއީ މިހާރު ޒުވާނުން ކަމަށްވާ އާރިޔަމަން ސޭތީ އާއި އަޔޫޝްމާން ސޭތީ އެވެ. ބައްޕަ އާއި މަންމަ މަޝްހޫރު ދެ މީހުންނަށް ވިޔަސް ދެ ދަރިން މުނިފޫހިފިލުވުމުގެ ދާއިރާއާ ވަރަށް ދުރެވެ.
ގަބޫލު ކުރަން ޖެހޭ ހަގަގީތަކީ އަރްޗަނާ އަކީ ބެލުންތެރިން ހެއްވައިލުމުގެ ހުނަރު ލިބިފައިވާ ފަންނާނެއް ކަމެވެ. އޭނާ އެ އަދާކުރާ ކަހަލަ ވަޒީފާއެއް އަދާކުރަން ކޮންމެ ކޮންމެ މީހަކަށް ނުލިބޭނެ އެވެ. ފަސޭހައޭ ހީވިޔަސް މީހުން ހެއްވައިލުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަރްޗަނާ ސާބިތުކޮށް ދެނީ އެ ކަމެވެ.
"ކަޕިލް ޝަރުމާ ޝޯ" އަށް އެކްޓަރުންނާއި ލިޔުންތެރިން ހޯދަނީ
ކަޕިލްގެ ކޮމެޑީ ޝޯއެއް ނެޓްފްލިކްސް އަށް އަންނަނީ
ކަޕިލްގެ ޝޯ ދޫކޮށްލަން ޖެހުނަސް އަރްޗަނާ އަށް ވަރިހަމަ
ރަންބީރުގެ ލޯބިވެރިންނަށް ދައްތަގެ ހެދުންތައް ދިނީ!
ކަޕިލް އިންޑިއަން އައިޑޮލްގައި ބައިވެރިވާން އުޅުނު
"ކަޕިލް ޝަރުމާ ޝޯ" 21 އަށް ކަށަވަރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ކަޕިލް ޝަރުމާ ޝޯ" ގެ ޓީޒާއެއް ދައްކާލައިފި
"ކަޕިލް ޝަރުމާ ޝޯ" އޮގަސްޓް 21 ގައި ފަށަނީ؟
ކަޕިލް ޝަރުމާ ޝޯ އަލުން ފަށާނީ ޖުލައިގައި؟