Roadha Mihaaru
ޑީޑީ ވަކިކުރަން ވަކި ގޮތަކަށް ވޯޓު ނުދެއްވީ ގާސިމް

ޑީޑީ ވަކިކުރަން ވަކި ގޮތަކަށް ވޯޓު ނުދެއްވީ ގާސިމް އެކަނި

28 އޯގަސްޓް 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވަކިކުރަން ރައްޔިތުންގެ މަޖިލިހުގައި ނެގި ވޯޓުގައި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަކި ގޮތަކަށް މިއަދު ވޯޓެއް ނުދެއްވަ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވަކިކުރަން ރައްޔިތުންގެ މަޖިލިހުގައި ނެގި ވޯޓުގައި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަކި ގޮތަކަށް މިއަދު ވޯޓެއް ނުދެއްވަ އެވެ.

ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ކުރިން މަސައްކަތް ކުރެއްވި ޑީޑީ ވަކިކުރަން މަޖިލިހުން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ. އެކަމަކު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ މަޖިލިހުގެ ތަޅުމުގައި އިންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ކަން ވެސް ކުރައްވާ ގާސިމް އެކަންޏެވެ.

ގާސިމް އެ މައްސަލައިގައި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އިރު، މަޖިލިހުގެ ވޯޓު ގަޑީގައި ނެގި އެހެން ކަންކަމަށް އޭނާ ވޯޓު ދެއްވި އެވެ. އެގޮތުން ސަގާފީ ތަރިކައިގެ ބިލަށް ގެނައި އިސްލާހުތަކާ އެކު، ބިލް ފާސް ކުރުމާ މެދު ނެގި ވޯޓުގައި ގާސިމް ބައިވެރިވެވަޑައިގެން ބިލް ފާސް ކުރުމަށް ވޯޓު ދެއްވި އެވެ.

ޑީޑީ ވަކިކުރަން ނިންމައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފޮނުވި ރިޕޯޓަށް ގާސިމް ބަހުސެއް ވެސް ނުކުރައްވަ އެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޕޯޓަށް ބަހުސް ކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެކަންޏެވެ. އަލީ ހުސެއިން ވާހަކަ ދެއްކެވީ ފަނޑިޔާރުކަމުން ޑީޑީ ވަކިކުރުމަށް ތާއީދު ކުރައްވަ އެވެ.

ޑީޑީ ވަކިކުރަން ނެގި ވޯޓުގައި އަލީ ހުސެއިންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދާއި ދަނގެތި ދާއިރާގެ މެމްބަރު، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ވޯޓު ދެއްވީ ޑީޑީ ވަކިކުރުމަށެވެ.

މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން 2017 ގައި ކޮށްފައިވާ ހުކުމުގައިވާ ގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހުން ފާސް ކުރިޔަސް، އެކަމުގައި ފަސް ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.

މިއީ ޖޭއެސްސީ އިން ބަލަމުން އައި މައްސަލައެއް ސާބިތުވެގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް މަޖިލިހުން ވަކިކުރަން ނިންމި ފުރަތަމަ ފަހަރެވެ. މީގެކުރިން ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމުމާ ގުޅިގެން މަޖިލިހުން އޭނާ ވަނީ ވަކިކޮށްފަ އެވެ.