27 ޖޫން 2018
އުއްތަމަ ފަނޑިޔާރު ކަމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑރ. ޑީޑީ) އައްޔަން ކުރުމަށާއި އެ ކޯޓަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި މިރޭ ނެގި ވޯޓުގައި އެ ބޭފުޅުންނާ އެއްކޮޅަށް ވޯޓު ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އެދިވަޑައިގަތުމުން، އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުން އެ ހުށަހެޅުއްވުމާ ދެކޮޅު ހައްދަވައިފި އެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑރ. ޑީޑީ) އައްޔަން ކުރުމަށާއި އެ ކޯޓަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި މިރޭ ނެގި ވޯޓުގައި އެ ބޭފުޅުންނާ އެއްކޮޅަށް ވޯޓު ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އެދިވަޑައިގަތުމުން، އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުން އެ ހުށަހެޅުއްވުމާ ދެކޮޅު ހައްދަވައިފި އެވެ.
ޖަރުމަނު ހިމާޔަތް ހޯއްދަަވައިގެން، އެ ގައުމުގައި ދިރިއުޅުއްވާ ގާސިމް، އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނަށް ފޮނުއްވި އެސްއެމްއެސްއެއް ގައި ވިދާޅުވީ، މިރޭގެ ވޯޓުގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިގަންނަވަން ވަރަށް ބޮޑަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިދިކޮޅު 12 މެމްބަރުންގެ ހައްގުގައި ވެސް ކޮންމެހެން ބޭނުން ކަމެއް ކަމަށް ގާސިމްގެ މެސެޖުގައި ވެ އެވެ.
"...މީގެ އިތުރުން ބަންދުގައި ތިބި މެމްބަރުންނާއި އެހެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގައި ވެސް ފަހު ބަސް ބުނާ ތަނަކީ ސުޕްރީމް ކޯޓު ކަމަށް ވެފައި، އުއްތަމަ ފަނޑިޔާރާއި އަދި އިތުރު ދެ ފަނޑިޔާރުން ހަމަޖެއްސުން ކަމަށް ވާތީ، މި ވޯޓަކީ 43 މެމްބަރުން ހާޒިރު ނުވި ނަމަވެސް ކުރިއަށް ގެންދެވޭނެ ވޯޓަކަށް ވާތީ، ކޮންމެހެން ވެސް ބައިވެރިވާން ޖެހޭ ކަމަށް ވަރަށް ބޮޑަށް ފެންނަ ކަމަށް އަދަބުވެރިކަމާ އެކު ދަންނަވަން،" ގާސިމްގެ މެސެޖުގައި ވެ އެވެ.
ނަމަވެސް، އޭނާގެ އެދިވަޑައިގަތުމާ ގުޅިގެން، މިރޭ 8:00 ގައި ބޭއްވި ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ކުއްލި ބައްދަލުވުމުގައި މެމްބަރުން އެއްބަސްވީ، އެއީ މި ހާލަތުގައި ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ. ސަބަބަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ ރިޔާސަތު އިދިކޮޅުން މި ހުރިހާ ދުވަހު ގަބޫލު ނުކުރާއިރު، މަޖިލީހަށް މިރޭ ވަޑައިގެން ފަނޑިޔާރުންނާ އެއްކޮޅަށް ވޯޓު ދެއްވުމަކީ މަޖިލީހުގެ ރައީސް މަސީހް ގަބޫލުކުރުން ކަމަށް ބެލެވިދާނެތީ ކަމަށެވެ.
އިދިކޮޅު މެމްބަރުން މަޖިލީހުގެ މިރޭގެ ޖަލްސާ އަށް ހާޒިރު ނުވި ނަމަވެސް، އުއްތަމަ ފަނޑިޔާރު ކަމަށް ޑރ. ޑީޑީ އައްޔަން ކުރުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި އަބްދުﷲ ދީދީ އާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރުމަށް ވަނީ ސަރުކާރުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރު ކަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ވަކި ޚާއްސަ އަޣުލަބިއްޔަތެއް ގާނޫނުއަސާސީގައި ނޯވެ އެވެ. އެހެންވެ، މަދުވެގެން 21 މެމްބަރުން ބައިވެރިވާ ޖަލްސާއެއްގައި ވޯޓު ދޭ މެމްބަރުންގެ އަޣުލަބިއްޔަތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެވޭނެ އެވެ.
މިރޭގެ ޖަލްސާގައި، އުއްތަމަ ފަނޑިޔާރު ކަމަށް ޑރ. ޑީޑީ އައްޔަން ކުރުމަށް، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުﷲ ދީދީ އާއި ޣަަނީ އައްޔަން ކުރުމަށް ފާސްވީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 36 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ގާސިމްގެ އެދިވަޑައިގަތުމާ ގުޅިގެން، އެކަމަށް ގޮތެއް ނިންމުމަށް ބޭއްވި ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރަކު ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ކަމަށް ޑރ. ޑީޑީ އައްޔަން ކުރުމަށާއި ސުޕްރީމް ކޯޓަށް އައްޔަން ކުރާ އަބްދުﷲ ދީދީ އާއި ޣަނީއާ އެއްކޮޅަށް އިދިކޮޅުން ވޯޓު ދިނުމަށް ގާސިމް އެދިވަޑައިގަތީ، ޝަރުއީ ނިޒާމަށް އޮތް އިތުބާރާއި ޔަގީންކަން އޮތް ކަން ދެއްކުމަށް ކަމަށެވެ.
"އެއީ ކޮންމެހެން މަސީހު ގަބޫލު ކުރާކަން ދެއްކުމަށް ގާސިމް އެދިވަޑައިގަތް ގަތުމެއް ނޫން. ގާސިމަކީ ފެށުނީއްސުރެ ޝަރުއީ ނިޒާމަށް އިތުބާރު ކުރައްވާ ބޭފުޅެއް. ގާސިމްގެ ވިސްނުމަކީ ފަނޑިޔާރުންނަކީ މުޅި ގައުމުގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރައްވާ ބޭފުޅުންތަކެއް ކަމަށް ވާތީ، މަޖިލީހުގެ ހުރިހާ މެމްބަރުންގެ ރުހުމާ އެކު އޭ ފާސްކުރަން ވާނީ. ފަނޑިޔާރުންނަށް މަޖިލީހުން ރުހުން ދޭއިރު، އިދިކޮޅުގެ ހުރިހާ މެމްބަރުންގެ ވޯޓު ބޭނުންވާނެ ކަމަށް ގާސިމަށް ފެނިވަޑައިގަތީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މަގާމު ގެއްލުވާލައި، ފަނޑިޔާރު އަލީ ހަމީދު ސުޕްރީމް ކޯޓުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް އިިދކޮޅު ގަބޫލުކުރާއިރު، މިރޭގެ ވޯޓުގައި ބައިވެރިވުމަކީ އެކަމަށް އެއްބާރުލުން ދިނުން ކަމަށް ބެލެވިދާނެ ކަމަށް އިދިކޮޅު މެމްބަރުން ގަބޫލު ކުރެ އެވެ.
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި
މާރިޔާގެ މައްސަލަ މި ވަގުތަށް މަޑުޖައްސާލައިފި
ބަންޑާރަ ނައިބު އަނިލްއަށް، މެމްބަރުންގެ ހަމަލާ!
އުއްތަމަ ފަނޑިޔާރުގެ ވަރުގަދަ ސުވާލުތަކެއް އީސީއަށް!
އުއްތަމަ ފަނޑިޔާރަކަށް ޑީޑީ އައްޔަން ކުރުން މިރޭ
ގޮނޑި ނުގެއްލޭކަމުގެ ހުކުމެއް އެބައޮތް: ނަޝީދު،ގާސިމް
ޕާޓީން ވަކިވިޔަސް ގޮނޑި ގެއްލިގެން ނުވާނެ: ގާސިމް
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ފަނޑިޔާރު ޣަނީ ވަކިކުރަން ނިންމީ ރަނގަޅަށް: ކޮމިޓީ
ފަނޑިޔާރު ޣަނީ ވަކިކުރުމުގެ މައްސަލަ ކޮމިޓީ އަށް