ޕެރިސް (އޮގަސްޓް 30) - ކަކުލަށް ލިބިފައިވާ އަނިޔާ އަކަށް އެންގޯލޯ ކާންޓޭ ފަރުވާ ހޯދަމުން އަންނާތީ ޔޫރޯ ކޮލިފައިންގެ ކުރިއަށް އޮތް ދެ މެޗަށް ނެގި ފްރާންސް ސްކޮޑުން އޭނާ ބާކީކޮށްފި އެވެ.
30 އޯގަސްޓް 2019
ޕެރިސް (އޮގަސްޓް 30) - ކަކުލަށް ލިބިފައިވާ އަނިޔާ އަކަށް އެންގޯލޯ ކާންޓޭ ފަރުވާ ހޯދަމުން އަންނާތީ ޔޫރޯ ކޮލިފައިންގެ ކުރިއަށް އޮތް ދެ މެޗަށް ނެގި ފްރާންސް ސްކޮޑުން އޭނާ ބާކީކޮށްފި އެވެ.
ފްރާންސްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކާންޓޭ އަށް މި ސީޒަނުގައި އެންމެ މޮޅު ކުޅުން ދައްކަން އުނދަގޫވެފައިވަނީ ކުޑަހުޅާއި ކަކުލަށް ލިބިފައިވާ އަނިޔާތަކެއްގެ ސަބަބުންނެވެ. އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު މެޗުގައި ކާންޓޭ ނުކުޅެ އެވެ. ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ވެސް ވަނީ ފްރާންސުން ކާންޓޭ ޓީމުގައި ނުހިމަނަން ނިންމި ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.
"މިއީ ފްރާންސްގެ ކޯޗު ވަރަށް ޕްރޮފެޝަނަލްކޮށް ނިންމި ނިންމުމެއް. އެއީ ކޮންމެ ޓީމެއް ގައުމު ވިޔަސް ކްލަބް ވިޔަސް އެންމެ މުހިއްމު ކަމަކީ ކުޅުންތެރިންގެ ސަލާމަތްތެރިކަމަށް ވިސްނުން. އެ ނިންމުމަށް އަހަރެން މަރުހަބާކިޔަން،" އިނގިރޭސި މީޑިއާ އަށް ލަމްޕާޑް ބުނެފައިވެ އެވެ.
މި ފަހަރުގެ ސީޒަނުގައި އާސެނަލުން ވެސް އެންމެ އެކަށީގެންވާ ވަރަށް ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭތީ އަލެކްސަންޑަ ލަކަޒޭޓަށް ވެސް މި ފަހަރު ފްރާންސް ޓީމުން ޖާގަ ނުލިބެ އެވެ.
ޑެޝޯމްޕްސް މި ފަހަރު ފުރުސަތު ދިން ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް އެވެ. ފްރާންސްގެ އުމުރުފުރާ ހަތަރު ގައުމީ ޓީމަކަށް ކުޅުނު ލަޕޯޓަށް ސީނިއާ ޓީމުން ފުރުސަތު ނުލިބޭތީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ އެކަމާ ހައިރާންވާ ކަމަށް މީގެ ކުރިން ބުނެފަ އެވެ.
މި ފަހަރު ސްކޮޑުން ފުރުސަތު ލިބުނު އަނެއް ކުޅުންތެރިއަކީ ޗެލްސީ އަށް މި ސީޒަނުގައި ކުޅެމުން އަންނަ ޑިފެންޑަރު ކާޓް ޒޫމާ އެވެ. އަދި މޮނާކޯ އަށް ކުޅެމުން އަންނަ ފޯވާޑް ވިސާމް ބެން ޔެޑާ މި ފަހަރު ވެސް ވަނީ ޓީމުގައި ހިމެނިފަ އެވެ. ބެން ޔެޑާ އަކީ ކުރިން ފްރާންސްގެ ފުޓްސަލް ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.
ޔޫރޯ ކޮލިފައިންގައި އަންނަ މަހު ހަތް ވަނަ ދުވަހު ފްރާންސް ކުޅޭނީ އަލްބޭނިއާއާ އެވެ. އަދި އޭގެ ތިން ދުވަސް ފަހުން އެންޑޯރާއާ ބައްދަލުކުރާނެ އެވެ.
ޖޭމްސް އާއި ކާންޓޭ އަށް ވޯލްޑް ކަޕް ގެއްލިދާނެ
ކާންޓޭއަށް ކޮވިޑް ޖެހި، ޔުވެންޓަސްއާ ދެކޮޅަށް ނުކުޅޭނެ
ޖިރޫޑް ޗެލްސީ ދޫކޮށްލަންޖެހޭ ކަމަށް ޑެޝޯމްޕް ބުނެފި
އިންޓަ އިން ކާންޓޭ ހޯދަން ދެ ކުޅުންތެރިން ހުށަހަޅައިފި
ޗެލްސީން 13 ކުޅުންތެރިން ދޫކޮށްލަފާނެ
ކޮވިޑް-19ގެ ހާލަތާ ހެދި ކާންޓޭ އަށް ލުޔެއް
ކާންޓޭ މަޑުކޮށްފި، ހަޒާޑާ މެދު ސާރީ އުއްމީދުގައި
އެއްބަސްވުމުގެ ވާހަކަތައް ލަސްކޮށްލަން ކާންޓޭ އެދިއްޖެ
ކާންޓޭ އަށް އަނިޔާވެ ޗެލްސީ އަށް ހާސްކަން
މޮޅު ކުޅުންތެރިއާގެ މަގާމު ކާންޓޭ އަށް