ލަންޑަން (ނޮވެމްބަރު 24) - ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ޗެލްސީއާ އެކު އެއްބަސްވުން އާ ކުރިގޮތަށް އެ ޓީމުގެ ބެލްޖިއަމް ތަރި އެޑަން ހަޒާޑް ވެސް ކްލަބްގައި މަޑުކުރަން ނިންމާނެ ކަމަށް އުއްމީދުކުރާ ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.
24 ނޮވެމްބަރ 2018
ލަންޑަން (ނޮވެމްބަރު 24) - ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ޗެލްސީއާ އެކު އެއްބަސްވުން އާ ކުރިގޮތަށް އެ ޓީމުގެ ބެލްޖިއަމް ތަރި އެޑަން ހަޒާޑް ވެސް ކްލަބްގައި މަޑުކުރަން ނިންމާނެ ކަމަށް އުއްމީދުކުރާ ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.
ޕީއެސްޖީ އާއި ޔުވެންޓަސް ފަދަ ކްލަބްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް ކާންޓޭ ވަނީ ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުން 2023 އާ ހަމައަށް އާ ކޮށްފަ އެވެ. ހަޒާޑްގެ އެއްބަސްވުން 2020 ގެ ޖޫން މަހަށް ހަމަވާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން މި ސީޒަނަށް ފަހު ހަޒާޑް ރެއާލް މެޑްރިޑާ ގުޅޭނެ އެވެ. އެކަމަކު ޗެލްސީން އަންނަނީ އެކަން އެހެންވިޔަނުދީ ހަޒާޑް ދިގު މުއްދަތަކަށް އެ ކްލަބްގައި މަޑުކުރުވަން މަސައްކަތްކުރަމުންނެވެ.
"އަހަންނަށް ނޭނގޭ އެ އެއްބަސްވުން (ހަޒާޑްގެ އެއްބަސްވުން) ގޮސްފައި އޮތް ހިސާބެއް. އަހަރެން އުއްމީދުކުރަނީ ކާންޓޭ އެކޭ އެއްގޮތަށް ހަޒާށް ވެސް މި ޓީމުގައި މަޑުކުރާނެ ކަމަށް،" ކުރިން ނަޕޯލީ އަށް ކޯޗުކޮށްދިން ސާރީ ބުންޏެވެ.
މި ސީޒަން ފެއްޓުމުގެ ކުރިން ހަޒާޑް ވަނީ ޗެލްސީ ދޫކޮށްލަން އުޅޭ ކަމުގެ އިޝާރާތްތައް އެތައް ފަހަރެއްގެ މަތިން ދީފަ އެވެ. އެކަމަކު ފަހަކަށް އައިސް ކްލަބްގައި މަޑުކޮށްފާނެ ކަމަށް ވެސް ހަޒާޑް ވަނީ ބުނެފަ އެވެ. އެކަމަކު އެންމެ ފަހުން ބެލްޖިއަމް ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުނީ ކުރިމަގާ ބެހޭގޮތުން ވަކި ގޮތެއް ނިންމާނީ މި ސީޒަނަށް ފަހު ކަމަށެވެ. އަދި ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ކްލަބް ބަދަލުނުކުރާނެ ކަމަށް އޭނާ ބުންޏެވެ.
ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު މި ސީޒަނުގައި މިހާތަނަށް އެއްވެސް މުބާރާތެއްގައި މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ޗެލްސީ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނައިގައި އޮތް ޗެލްސީ މިރޭ ރަށުން ބޭރުގައި ކުޅޭނީ ޓޮޓެންހަމްއާ އެވެ.
"މި ވަގުތު ހުރިހާ ޓީމަކަށް ވުރެ ވެސް ތަފާތުކޮށް އޮތް ޓީމަކީ މެންޗެސްޓާ ސިޓީ. ދެން އެބައޮތް އެއް ފެންވަރެއްގެ ހަތަރު ވަރަކަށް ޓީމު. އެ ޓީމުތަކާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ވަރަށް ސަމާލުވާން ޖެހޭނެ. ޓޮޓެންހަމް މެޗަކީ އޭގެ ތެރެއިން މެޗެއް،" ސާރީ ބުންޏެވެ.
ޗެލްސީ އާއި ޓޮޓެންހަމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30 ގަ އެވެ.
ކާންޓޭއަށް ކޮވިޑް ޖެހި، ޔުވެންޓަސްއާ ދެކޮޅަށް ނުކުޅޭނެ
ފާޑުކިޔުން އަމާޒުވުމުން ހަޒާޑް މާފަށް އެދިއްޖެ
އިންޓަ އިން ކާންޓޭ ހޯދަން ދެ ކުޅުންތެރިން ހުށަހަޅައިފި
ޗެލްސީން 13 ކުޅުންތެރިން ދޫކޮށްލަފާނެ
ކޮވިޑް-19ގެ ހާލަތާ ހެދި ކާންޓޭ އަށް ލުޔެއް
ލަމްޕާޑާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް: ހަޒާޑް
އަނިޔާގެ ސަަބަބުން ކާންޓޭ ފްރާންސް ޓީމުގައި ނުހިމެނޭ
ލަމްޕާޑް ނުލިބިއްޖެނަމަ ޗެލްސީން ސާރީ މަޑުކުރުވަނީ
ހަޒާޑް މެޑްރިޑަށް، ހާއްސަ ޝަރަފެއް ލިބިދާނެ!
ރެއާލަށް ހަޒާޑް ވިއްކާލަން ޗެލްސީން އެއްބަސްވެއްޖެ