ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރެއްވުމާއެކު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލިއްޖެ އެވެ.
03 ސެޕްޓެމްބަރ 2019
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރެއްވުމާއެކު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލިއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކުރީ މިިދިޔަ މަހުގެ 21 ވަނަ ދުވަހެވެ. ބިލް ދިރާސާކުރިއިރު ޖުޑީޝަރީ ކޮމެޓީން ވަނީ އެ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަަ އެވެ.
ޖޭއެސްސީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުވުމާއެކު، ޑީޖޭއޭގެ ނަމުގައި އާ އިދާރާއެއް އުފެދޭނެ އެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ބޭފުޅަކު އައްޔަން ކުރުމާއި އެ މަގާމުގައި ހުންނަ ބޭފުޅަކު މަގާމުން ވަކިކުރުމުގެ ބާރު އެ ބިލުން ދީފައި އޮތީ ވެސް ޖޭއެސްސީއަށެވެ.
ޑީޖޭއޭ މިހާރު ހިންގަމުން އަންނަނީ ސުޕްރީމް ކޯޓުގެ ދަށުންނެވެ.
ޖުޑީޝަލް އެކަޑެމީގެ އިދާރީ މުވައްޒަފުންނާއި މަސައްކަތާއި އެކަޑެމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް އަލަށް އުފެދޭ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށަށް ބަދަލުވާނެ އެވެ.
ޖުޑީޝަލް އެކަޑަމީގެ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.
މާޖިދަކީ ޖުޑީޝަލް އެކަޑަމީއަށް އައްޔަންކުރާ މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އާއި ޖުޑީޝަލް އެކަޑެމީ، ޑީޖޭއޭގެ ދަށަށް ބަދަލުވާތީ، ޖުޑީޝަލް އެކަޑެމީގެ ޗާންސެލަރުކަމަށް އާ ބޭފުޅަކު ކަނޑައަޅަންޖެހޭނެ އެވެ. ގާނޫނުގައިވާ ގޮތުން ޖޭއެސްސީގެ މެމްބަރުކަމަށް ކުރިން ވެވޭނީ 25 އަހަރުވެފައިވާ މީހަކަށެވެ. ބިލް ހުށަހެޅިއިރު އެ އުމުރުގެ ގޮތުގައި ކަނޑައެޅީ 40 އަހަރެވެ. ނަމަވެސް ކޮމެޓީ މަރުހަލާގައި ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލާ އުމުރު ބަދަލުކުރީ 30 އަހަރަށެވެ.
ޖޭއެސްސީ މެމްބަރު ކަމަށް ކުރިމަތިލާ މީހަކީ ވަކީލެއް ނަމަ އޭނާ އަކީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައި އޮންނަ ވަކީލަކަށް ވާން ޖެހެ އެވެ. މީގެ ކުރިން ބިލްގައި އޮތީ ޖޭއެސްސީ އަށް އައްޔަންކުރާ މީހަކަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ރިޒްނާ
ނަޒީރާއި މާޖިދުގެ މަގާމު ގެއްލޭގޮތަށް ބިލް ބަދަލުކޮށްފި
ޝަރުއީ ދާއިރާގެ ކަންކަން ބެލުމުގެ ބާރު ކޮމިޓީ އަށް
ފަނޑިޔާރުގެ އިސްލާހު ކުރެވޭނެ، ބޭނުމީ އިހްލާސްތެރިކަން
ޝަރުއީ ނިޒާމު އިސްލާހު ކުރަން ގިނަ ހިޔާލުތަކެއް
ފަނޑިޔާރުން ވެސް ޖަވާބުދާރީ ކުރުވަން ޖެހޭ: ރައީސް
ޝަރުއީ ދާއިރާ އިތުބާރުކުރާ ތަނަކަށް ހަދާނަން: މަސްތޫރު
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް އަމްޖަދު
ދަރަންޏަކާ ހެދި އުކުޅަހު ގާޒީގެ މަގާމު ގެލިއްޖެ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި