ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އައްޔަންކުރަން ނިންމައިފި އެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އައްޔަންކުރަން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބުނީ އިންޓަވިއު ޕެނަލުން ހުށަހަޅާފައިވާ ރިޕޯޓުގައި، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ އަދި އެންމެ މަތިން މާކްސް ލިބިފައިވަނީ އަމްޖަދަށް ކަމަށެވެ.
ޝަރުއީ ދާއިރާގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ އެ މަގާމު ހުސްވީ، އެ މަގާމުގައި އެންމެ ފަހުން ހުންނެވި އައިޝަތު ރިޒްނާ މިދިޔަ އަހަރު އިސްތިއުފާ ދެއްވުމުންނެވެ.
ޑީޖޭއޭ ހިންގުމުގެ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސައްކަތް ކުރެވޭނެ މާހަލެއް ނެތްކަމަށް ވިދާޅުވެ ރިޒްނާ އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އީސީގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައިވާ އަމްޖަދު ވަނީ އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރުކަން ކުރައްވައިފަ އެވެ. އޭގެފަހުން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސަކަށް 2020 ވަނަ އަހަރު އައްޔަން ކުރެއްވި އެވެ. އެކަމަކު ހަތަރު މަސް ފަހުން އެ މަގާމުން އިސްތިއުފާ ދެއްވި އެވެ.
އަމްޖަދު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއިން ޝަރީއާ އެންޑް ލޯއިން ފުރަތަމަ ޑިގްރީ އަދި އެންގްލިއާ ރަސްކިން ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ފުރިހަމަ ކުރައްވައިފަ އެވެ.
ދަރަންޏަކާ ހެދި އުކުޅަހު ގާޒީގެ މަގާމު ގެލިއްޖެ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
މައްސަލަ ބަލަމުންދަނިކޮށް ރިޒްނާ އިސްތިއުފާދެއްވައިފި
ރިޒްނާގެ މައްސަލަތަކެއް ޖޭއެސްސީއިން ބަލަނީ
ޖޭއެސްސީގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅަނީ
ކޯޓުތަކުން ވަކިކުރި މީހުންނަށް ވަޒީފާ ދޭން އަންގައިފި
ޖޭއެސްސީއަށް ލަފާދޭން ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލައިފި
ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފި
ސުއޫދު ކޯފާވެ ޖޭއެސްސީ "ބިމާހަމަކޮށްލައިފި"!
"މަސައްކަތް މި ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކު"