Roadha Mihaaru
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ރިޒްނާ

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ރިޒްނާ ހަމަޖައްސައިފި

27 ސެޕްޓެމްބަރ 2020

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް، ޔޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓެޓިވްގެ މަގާމުގައި ހުންނެވި އައިޝަތު ރިޒްނާ މިއަދު ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް، ޔޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓެޓިވްގެ މަގާމުގައި ހުންނެވި އައިޝަތު ރިޒްނާ މިއަދު ހަމަޖައްސައިފި އެވެ.

މަދަނީ ކޯޓުގެ ރެޖިސްޓްރާ ކަމާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމު އަދާކުރެއްވި ރިޒްނާ، ޝަރުއީ ދާއިރާގެ އިދާރީ ކަންކަމާ ބެހޭ އެންމެ އިސްވެރިއަކަށް ހަމަޖެއްސީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހާ ގުޅިގެންނެވެ.

އެ އިސްލާހުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އުވި އާ ޑިޕާޓްމަންޓެއް އުފައްދަން ޖެހެ އެވެ. އެކަމަކު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ޖޭއެސްސީން އާ ބޭފުޅަކު އައްޔަން ކުރަންދެން އެ މަގާމުގައި ހުންނެވި ބޭފުޅާ އެ މަސްއޫލިއްޔަތު އަދާ ކުރަންވާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

ނޮވެމްބަރު 28، 2018 އިން ފެށިގެން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ޑރ. އަބްދުﷲ ނަޒީރެވެ. އާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަން ކުރުމާއެކު، އެ މަގާމުން ޑރ. ނަޒީރު ވަކިވީ އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު ހޯދަން ޖޭއެސްސީން އިއުލާންކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ފަސް އަހަރުގެ މުއްދަތަކަށް އައްޔަންކުރާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 47،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ.