Roadha Mihaaru
"ކޮމިޝަނުން ފާހަގަކުރި ކަންތަކަށް ފިޔަވަޅު އަޅާނަން"

ރިލްވާންގެ މައްސަލައިގައި ކޮމިޝަަނުން ފާހަގަކުރި ކަންތައްތަކަށް ފިޔަވަޅު އަޅާނަން: ރައީސް

03 ސެޕްޓެމްބަރ 2019

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ފާހަގަކުރި ކަންތައްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ފާހަގަކުރި ކަންތައްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން ކޮމިޝަނެއް އުފެއްދެވީ ވެސް ރިލްވާނަށް ވީގޮތް ހޯދައި އެކަމުގައި ބައިވެރިވި މީހުންނަށް ފިޔަވަޅު އެޅުމަށް ކަމަށެވެ.

"ކޮމިޝަންގެ ދެ ވަނަ ޑްރާފްޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަން،" ރައީސްގެ ޓްވީޓުގައި ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިލްވާންގެ މައްސަލައިގެ ރިޕޯޓެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން ދެ ވަނަ ޑްރާފްޓް އެ މާނަކުރެއްވީ، ކޮމިޝަނުން ފަހުން އެރުއްވި ތަފްސީލްތަކަށް ވުން އެކަށީގެންވެ އެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރިލްވާންގެ މައްސަލައިގެ ޑްރާފްޓެއް މިދިޔަ އާދިއްތަ ދުވަހު ރައީސަށް ކޮމިޝަނުން އަރުވާފައިވާ ކަމަށެވެ.

ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މިދިޔަ އާދިއްތަ ދުވަހު ވަނީ ރިލްވާން ގެއްލުމުގެ ކުރިން، ދީނީ ހިޔާލު ތަފާތުވުންތަކުގައި ރާއްޖޭގައި ކަން ހިނގަމުން ދިޔަ ގޮތާއި ރިލްވާން ވަގަށް ނެގުމާއި އެކަން ކުރި މީހުންގެ އަމަލުތައް ހުންނަ ގޮތް ހާމަކުރައްވައިފަ އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުން، ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ވަގަށް ނަގައިގެން ގެންގޮސް އޭނާ އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިން އެނގޭ ކަމަށާއި އެކަމަކު، ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިކަން އަދި ކަށަވަރުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ