Roadha Mihaaru
ޖޫހީ ޗާވްލާ ރިޝީ ކަޕޫރްގެ އިންތިޒާރުގައި

ޖޫހީ ޗާވްލާ ރިޝީ ކަޕޫރްގެ އިންތިޒާރުގައި

06 ފެބުރުއަރީ 2019

ރިޝީ ކަޕޫރާ އެކު ކުޅެން މިދިޔަ އަހަރު ސޮއިކޮށްް، ޝޫޓިން ވެސް ފެށި ފިލްމުގެ މަސައްކަތް ހުއްޓިފައި އޮތް ނަމަވެސް، އެ ފިލްމުގެ މަސައްކަތް އަލުން ރިޝީއާ އެކު ފެށުމަށް އޭނާ އަށް އިންތިޒާރުކުރާ ކަމަށް ބަތަލާ ޖޫހީ ޗާވްލާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިޝީ ކަޕޫރާ އެކު ކުޅެން މިދިޔަ އަހަރު ސޮއިކޮށްް، ޝޫޓިން ވެސް ފެށި ފިލްމުގެ މަސައްކަތް ހުއްޓިފައި އޮތް ނަމަވެސް، އެ ފިލްމުގެ މަސައްކަތް އަލުން ރިޝީއާ އެކު ފެށުމަށް އޭނާ އަށް އިންތިޒާރުކުރާ ކަމަށް ބަތަލާ ޖޫހީ ޗާވްލާ ބުނެފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިއުލާންކުރި އެ ފިލްމުގެ ނަން ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް މި ފެމިލީ ކޮމެޑީގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ހިތޭޝް ބާޓިއާ އެވެ. ފިލްމުގެ ސްކްރީންޕްލޭ ހިތޭޝް އާއި ސުޕްރަތިކް ސެންގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމުގެ ޝޫޓިން ފެށިތަނާ ބައްޔަކަށް ފަރުވާ ހޯދަން ޖެހިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ރިޝީ ހުރީ އެމެރިކާގެ ނިއު ޔޯކްގަ އެވެ.

މީގެ ކުރިން ވެސް ރިޝީއާ އެކު ފިލްމުތަކެއް ކުޅެފައިވާ ޖޫހީ ބުނި އޭނާ ހުރީ ރިޝީއާ އެކު އަލުން މަސައްކަތް ކުރަން ފުރުސަތު ލިބުމުން ވަރަށް އުފަލުން ކަމަށެވެ. އަދި އެ ދެ ތަރިން އަލަށް ސޮއިކުރި ފިލްމަކީ ވަރަށް ހިތްގައިމު ވާހަކައެއް ކިޔައި ދޭނެ ފިލްމެއް ކަމަށް ބުންޏެވެ.

"އަހަރެމެން އެންމެން މި ތިބީ ފަރުވާ އަށް ފަހު ރިޝީ އެނބުރި މުމްބާއީ އަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައި. ފިލްމުގެ ޝޫޓިން ފެށިތަނާ ކަހަލަ ގޮތަކަށް ރިޝީ ފުރައިގެން ދާން ޖެހުނީ،" ޖޫހީ ބުންޏެވެ. "އޭނާއާ އެކު މަސައްކަތް ކުރުމަކީ އަބަދު ވެސް އަހަރެން ވަރަށް ގަޔާވާ އަދި ވަރަށް އުފާވާ ކަމެއް. އުންމީދު ކުރަން ވަރަށް އަވަހަށް އައިސް ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް."

މިހާރު 51 އަހަރުގެ ބަތަލާ ބުނި ގޮތުގައި ހިތޭޝް ޑައިރެކްޓް ކުރާ ފިލްމުގައި ކުޅެން ލިބިފައި ވަނީ އުމުރާ ވަރަށް ގުޅޭ ކަހަލަ ރޯލެކެވެ.

"ވަރަށް މަދުން އެކަހަލަ ރޯލްތައް ކުޅެން މިހާރު ލިބެނީ. އެކަމަކު މި ފިލްމަކީ ވަރަށް ވެސް ފުރިހަމަ އަދި އެހާ ކިއުޓްވެފައި ޖަޒުބާތީ ވެސް ކޮށްލާ ކަހަލަ ވާހަކައެއް،" މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" ގައި ވެސް މުހިއްމު ރޯލެއް ކުޅެފަައިވާ ޖޫހީ ބުންޏެވެ. "އަހަންނަށް ވަރަށް ޔަގީން މި ފިލްމުގައި ރިޝީ އާއި އަހަރެން ކުޅޭ ކެރެކްޓާތައް ބެލުންތެރިންނަށް ވަރަށް ކަމުދާނެކަން."

ޖޫހީ އާއި ރިޝީ އެކުގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ރިޝްތާ ހޯ ތޯ އޭސޭ (1992) އާއި ބޯލް ރާދާ ބޯލް (1992) އަދި ގަރް ކީ އިއްޒަތު (1994) ފަދަ ފިލްމްތައް ހިމެނެ އެވެ.

ރިޝީ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އޮގަސްޓްގައި ރިލީޒް ކުރި "މުލްކް" އެވެ.

Aharuthakakah fahu Rishi Kapoor aai Juhi Chawla ekugai

Aharuthakakah fahu Rishi Kapoor aai Juhi Chawla ekugai

The most trusted news source in the Maldives

Mihaaru

ޖޫހީ އާއި ރިޝީގެ އައު ފިލްމު އިއުލާން ކުރީ ސެޕްޓެމްބަރުގައި.

ފަރުވާ ހޯދަނީ ކޮން ބައްޔަކަށްކަން ސިއްރުކޮށްގެން އުޅޭ ރިޝީ، 67، ދާދި ފަހުން ބޮލީވުޑް ހަންގާމާ އަށް ބުނީ އޭނާގެ ފަރުވާގެ ކަންކަން ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި އަންނަ އެޕްރީލް ހިސާބުގައި އެނބުރި އިންޑިއާ އަށް ދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ރިޝީގެ ބައްޔަކީ ކެންސަރެވެ. އެކަމަކު އާއިލާ އިން އަންނަނީ އެކަން ދޮގު ކުރަމުންނެވެ.