މި ސަރުކާރުގެ އެންމެ ހިންގުންތެރި އެއް މިނިސްޓަރަކީ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ [އައިޝާ] ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިޔާ ގާސިމް އިބްރާހީމް ރޭ ތައުރީފުކުރައްވައިފި އެވެ.
12 ސެޕްޓެމްބަރ 2019
މި ސަރުކާރުގެ އެންމެ ހިންގުންތެރި އެއް މިނިސްޓަރަކީ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ [އައިޝާ] ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިޔާ ގާސިމް އިބްރާހީމް ރޭ ތައުރީފުކުރައްވައިފި އެވެ.
ޖޭޕީއަށް އަލަށް ބަޔަކު ގުޅެން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އައިޝާ މިނިސްޓަރަކަށް ވެވަޑައިގަތުމަށް އެއްބާރުލުން ދެއްވީ އޭނާގެ ވިސްނުން ރަނގަޅުވުމާއި އިހުލާސްތެރިވާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
"މީހަކަށް ލަނޑެއް ނުދޭނެ. އަނިޔާވެރިއެއް ނުވާނެ. އެއީ އަޅުގަނޑަށް އެނގޭ އެއްޗެއް،" އައިޝާއަށް ތައުރީފް ކުރައްވައި ގާސިމް ވިދާޅުވި އެވެ.
"ވޭތުވެދިޔަ 13، 14 ވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑަށް އެނގޭނެތާ. އެތައް ދަރިއެއް ލިބި މި ހިސާބަށް އާދެވުނީމަ ދެއްތޯ."
ޖޭޕީއަކީ ގާސިމްގެ ތަރިކަ މުދަލެއް ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ސިޔާސީ މައިދާނުން އައިޝާ ބަލައިގަތީ ޖޭޕީގެ ކައުންސިލް މެމްބަރަކަށް ވެވަޑައިގެން ކުރެއްވި މަސައްކަތުން ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު ބޭއްވި ޖޭޕީގެ ކައުންސިލް މެމްބަރުންގެ އިންތިޚާބު ކާމިޔާބު ކުރައްވައި ސިޔާސީ މައިދާނަށް ފުރަތަމަ ފަހަރަށް ނުކުންނެވި އައިޝާ އޭރު ވިދާޅުވީ ސިޔާސީ މީހަކަށް ވާން ޖެހުނީ ގާސިމް ދަރިކަލުން އިބްރާހިމް ސިޔާދު، ޖަލަށް ލުމުން ކަމަށެވެ. އައިޝާ ވަނީ ފަހުން އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ގިނަ ދަތުރުތަކެއް ވެސް ކުރައްވައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ލީޑަރުން ހައްޔަރުކުރި އިރު ގާސިމް ހުންނެވީ ޖަރުމަނުގައި އަމިއްލައަށް އަރުވާލެއްވިގެންނެވެ. އެހެންކަމުން އޭނާގެ ކަންކަން ރާއްޖޭގައި ބަލަހައްޓަވަމުން ގެންދެވި ސިޔާދު ހައްޔަރުކުރީ، އޭރުގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް 2.4 މިލިއަން ޑޮލަރު ދެއްވިކަމުގެ ތުހުމަތުގަ އެވެ.
އޭނާ ފަސް މަސް ވަންދެން ޖަލުގައި ބެހެއްޓި އެވެ.
ގާސިމް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ކުރިމަތިވެފައިވާ ބައެއް ފާޑު ކިޔުންތަކަށް ރައްދު ދެއްވައިފަ އެވެ.
އެގޮތުން މާލޭގެ ޕާކިން މައްސަލައަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެއްވެސް ގައުމެއްގައި ބޭނުންހާ ތާކު ޕާކް ނުކުރެވޭނެ ކަމަށެވެ. ބްރިޖު ބޭނުން ކުރާއިރު ހެލްމެޓް އަޅަން މަޖުބޫރު ކޮށްފައިވަނީ ވެސް އާންމުންގެ ރައްކާތެރިކަމަށް ކަމަށް ވިދާޅުވި އެވެ. ލައިފް ޖެކެޓް އަޅަން މަޖުބޫރު ކުރުމުގެ ވާހަކަ މި ދުވަސްވަރު ދެކެވޭއިރު ގާސިމް ވިދާޅުވީ އަމިއްލަ ޒިންމާ ފަރުދުން ވެސް ނަގަން ޖެހޭ ކަމަށެވެ.
ނަހުލާ ބޭޒާރު ކުރަން އުޅުމުން ގޮވީ އަތަށް: ގާސިމް
ރައްޔިތުން އަޅުގަނޑު ބަލައިގެންފި: އައިޝާ
ޖޭޕީގެ ލީޑަރު ކަމަށް ގާސިމް ކުރިމަތިލައްވައިފި
ޖޭޕީއަށް ގޮންޖެހުމެއް ނެތް، މިސްރާބު އިންތިހާބަށް!
ނަހުލާއަށް މަގާމު ލިބުނީ ގާބިލްކަމުން: ގާސިމް
އަލީ ވަހީދާ މެދު ގޮތެއް ނިންމަވާނީ ރައީސް: ގާސިމް
އަންހެނުން "ރަތް ފިޔަ"އާ ގުޅެން ނަހުލާ އެދިއްޖެ
ގާސިމާއި އައިޝާ ވިދާޅުވަނީ ވަކިވުމެއް ނެތް ކަމަށް
ގާސިމްގެ ޝިއާރަކީ "ދިވެހިންގެ ބިން ދިވެހިންނަށް"
ސިޔާސަތުތަކާ ދެކޮޅު މީހުންނަށް ގާސިމްގެ ބަހުގެ ހަމަލާ!