Roadha Mihaaru
ފޯނުން ވާހަކަ ދައްކަމުން އިށީނދެވުނީ ހަރުފައެއްގައި

ފޯނުން ވާހަކަ ދައްކަމުން ގޮސް އިށީނދެވުނީ ހަރުފައެއްގައި

13 ސެޕްޓެމްބަރ 2019

ފޯނުން ވާހަކަ ދައްކަމުން ގޮސް ހަރުފައެއްގެ ގައިމަތީގައި އިށީނދެވި އެސޮރު ވިހަލުމުގެ ސަބަބުން ބުދަ ދުވަހު އިންޑިއާގައި މީހަކު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޯނުން ވާހަކަ ދައްކަމުން ގޮސް ހަރުފައެއްގެ ގައިމަތީގައި އިށީނދެވި އެސޮރު ވިހަލުމުގެ ސަބަބުން ބުދަ ދުވަހު އިންޑިއާގައި މީހަކު މަރުވެއްޖެ އެވެ.

އުއްތަރު ޕްރަދޭޝްގެ ރިޔާން އަވަށުގައި މި ހާދިސާ ހިނގަން މެދުވެރީ ތައިލެންޑުގައި ވަޒީފާ އަދާކުރާ ފިރިމީހާ އަށް ފޯނުން ގުޅައިގެން ހުރެ ވާހަކަ ދައްކަމުން ގޮސް ހަރުފައެއްގެ މަތީގައި އިށީނދެވުމުންނެވެ.

މީޑިއާތަކުން ބުނިގޮތުގައި ފޯނުން ވާހަކަ ދައްކަމުން ވަނީ ކޮޓަރިއަށެވެ. އަދި ގޮސް އެނދުގައި އިށީންތަނާ ހަރުފައެއް އޭނާގެ ފޫކޮޅަަށް ވަނީ ވިހަ ލީ އެވެ. އާއިލާގެ މީހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ އެނދުގެ ބެޑްޝީޓްގެ ޑިޒައިން ހުރި ގޮތުން ހަރުފައެއް އެނދުގައި އޮތްކަން ނޭނގި އޭގެ މަތީގައި އިށީނދެވެމުން ވިހަލީ އެވެ. އަދި އެ ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައިި އޭނާ ވަނީ މަރުވެފަ އެވެ.

"ކޮޓަރި އަށް ވަންގޮތަށް އެތައް އިރެއްވި އިރު ވެސް ހަބަރެއް ނުވެގެން ގޮސް ބެލިއިރު އޭނާ އޮތީ ހޭނެތި އެދުމައްޗަށް ވެއްޓިފައި. އޭރު ތަންކޮޅެއް ދުރުގައި ހަރުފައެއް އޮތް. ދެން ކައިރީގައި ހުރި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް މަރުވީ،" އާއިލާގެ މީހަކު ބުންޏެވެ.

ފަރުވާ ދިން ޑޮކްޓަރުން ވެސް ބުނިގޮތުގައި އެ މީހާ މަރުވީ ހަރުފަ ވިހަލުމުންނެވެ.