15 ސެޕްޓެމްބަރ 2019
ވަގަށް ނަގައި މަރާލި ކަމަށް މިހާރު ބެލެވޭ ނޫސްވެރިޔާ އަހްމަދު ރިލްވާން ރާއްޖެ އިން ބޭރަށް ފުރިކަން ދައްކަން ޕާސްޕޯޓެއް ހައްދަން ބައިވެރިވި ކަމަށް ތުހުމަތުކުރާ އިންޓެލިޖެންސް ދެ ފުލުހުން ވަޒީފާ އިން ވަކިކުރަން ފުލުުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މިއަދު ނިންމައިފި އެވެ.
ވަގަށް ނަގައި މަރާލި ކަމަށް މިހާރު ބެލެވޭ ނޫސްވެރިޔާ އަހްމަދު ރިލްވާން ރާއްޖެ އިން ބޭރަށް ފުރިކަން ދައްކަން ޕާސްޕޯޓެއް ހައްދަން ބައިވެރިވި ކަމަށް ތުހުމަތުކުރާ އިންޓެލިޖެންސް ދެ ފުލުހުން ވަޒީފާ އިން ވަކިކުރަން ފުލުުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މިއަދު ނިންމައިފި އެވެ.
އިންޓެލްގައި މަސައްކަތް ކުރި މުހައްމަދު ޖިނާހާއި އިބްރާހިމް ރިފްއަތާ މެދު ފިޔަވަޅު އަޅަން ބޯޑުން ނިންމި ނަމަވެސް މި ދެ ފުލުހުން އަދި ވަޒީފާ އިން ވަތްކެއް ނުވެ އެވެ.
ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ދިނުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން، މުވައްޒަފެއްގެ ކިބައިން ފެންނަ ޑިސިޕްލިނަރީ އަދި އިދާރީ މައްސަލަ އަށް ކަނޑައަޅާ އަދަބަކީ އެ މީހެއްގެ ވަޒީފާ އިން ވަކިކުރަން ނުވަތަ ރޭންކް ދަށްކުރުން ކަމަށް ވާ ނަމަ އެކަން ތަންފީޒުކުރުމުގެ ކުރިން ކޮމިޝަނާ އޮފް ޕޮލިސްއާ މަޝްވަރާ ކުރަން ޖެހޭނެ އެވެ. އަދި ކޮމިޝަނަރުގެ އެންޑޯޒްމެންޓް ހޯދައިގެން ނޫނީ އެކަން ތަންފީޒުކުރަން ހޯމް މިނިސްޓަރަށް ހުށައެއް ނޭޅޭނެ އެވެ.
ދެ ފުލުހުން ވަކިކުރުމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޮމިޝަނަރު، މުހައްމަދު ހަމީދު ގޮތެއް ނިންމެވުމުން އެކަން ހާމަކުރައްވާނެ ކަމަށެވެ.
އިންޓެލްގައި މަސައްކަތްކުރި ދެ ފުލުހުން ވަޒީފާ އިން ވަކިކުރަން ބޯޑުން ލަފާ މި ދިނީ މަސައްކަތުން އެކަހެރިކުރިތާ ގާތްގަނޑަކަށް ތިން އަހަރު ފަހުންނެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި، މި ދެ މީހުން ވަކިކުރަން ލަފާދިނީ ރިލްވާން މައްސަލައިގައި ކުރި ތުހުމަތަކާ ގުޅިގެންނެއް ނޫނެވެ. އެ ދެ ފުލުހުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ފައިސާ ނެގި މައްސަލައެއް ކުރިން ވެސް އައީ ބަލަމުންނެވެ.
ބޯޑުން އެ ދެ ފުލުހުންގެ މައްސަލަ ބެލިއިރު، ދެ ފުލުހުން ހިންގި މުއާމަލާތްތަކެއް ވަނީ މަރުތަކާ ބެހޭ ކޮމިޝަނަށް ލިބިފަ އެވެ. ކުރީގެ ސަރުކާރުގައި އެންމެ ނުފޫޒު ގަދަ މިނިސްޓަރުގެ ގޮތުގައި އަދީބު ހުންނެވި އިރު، ރިލްވާނަށް އިންސާފު ނުލިބި ލަސްވާތީ އޭރު ސަރުކާރަށް ސިޔާސީ ގޮތުން ކުރިމަތިވި ޕްރެޝަރުތައް ކުޑަކުރަން އަދީބު ކަންތައްތަކެއް ކުރެއްވި އެވެ.
ރިލްވާނާ ގުޅޭ ގޮތުން ސިޔާސީ ފަރާތްތަކުން ކުރާ މެސެޖްތަކާއި އާއިލާ އިން ބޭއްވި އެއްވުންތަކާއި އެ ނޫން ވެސް ހުރިހާ ކަމެއްގެ މައުލޫމާތު އަދީބު ގެންދެވީ ބަރާބަރަށް ބައްލަވަމުންނެވެ. މިކަމުގައި، އެމަނިކުފާނަށް ބައެއް ފުލުހުން އެހީތެރިކަން ފޯރުކޮށްދިނެވެ.
ރިލްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯއްދަވަން ވެސް އަދީބު އުޅުއްވި އެވެ. ޕާސްޕޯޓުގައި ރިލްވާންގެ ފޮޓޯ ޖަހާފައިވާ ސޮފްހާގެ ކޮޕީއެއް ހޯދަން ހަވާލު ކުރައްވަނީ، އެނގިފައިވާ ގޮތުގައި، އެމްއެންޑީއެފްގެ ކާނަލް އަބްދުއްރައޫފްއާ އެވެ.
އޭނާ އަށް ކޮޕީއެއް ނުލިބުނު ނަމަވެސް ރިލްވާންގެ ކުރީގެ ޕާސްޕޯޓާއި ފަހުގެ ޕާސްޕޯޓުގައިވާ މައުލޫމާތުތައް ހޯދައި އަބްދުއްރައޫފް އަދީބަށް ފޮނުވި އެވެ. އޭގެތެރޭގައި ރިލްވާން އެންމެ ފަހުން ދަތުރުކުރި ގައުމާއި ތާރީޚުތައް ހިމެނެ އެވެ. އޭގައިވާ ގޮތުން ރިލްވާން އެންމެ ފަހުން، ދަތުރު ކުރީ އިންޑިއާގެ ބެންގަލޫރަށެވެ. އެ ދަތުރަށް ފަހު ރާއްޖެ އައިސްފައި ވަނީ އޮކްޓޯބަރު، 2، 2011، ގަ އެވެ. އޭގެ ފަހުން ރާއްޖެ އިން ބޭރަށް ދަތުރެއް ނުކުރެ އެވެ.
ދެ ފުލުހުން ވަކިކުރީ ފައިސާ ނެގި މައްސަލައެއްގައި
އިހުމާލުވި އެންމެންނަށް ފިޔަވަޅު އަޅަން ޖެހޭ: އާއިލާ
ރިލްވާނާ ގުޅޭ ތަހުގީގު ރިޕޯޓް ރައީސަށް މިއަދު އަރުވަނީ
ގޭންގް ނުރައްކާ: ބިރުން ފިތްކަނޑައިގެންދާ މަންޒަރު!
ގޭންގުތަކާ ދެކޮޅަށް ހާއްސަ ޓީމެއް އެކުލަވާލަނީ
ރިލްވާން ގެއްލުވާލުން: ވަޅިން މުހިއްމު ހެކި ލިބިއްޖެ
ފްލައިޓެއް ހިފައިގެން ގޮސް ވެސް ހެކި ދޭން ތައްޔާރު
ގެއްލުވައިލި ނޫސްވެރިޔާ ރިލްވާންގެ އަގު ވަޒަންކޮށްފި
ގަމު މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި
މިހާތަނަށް 100 ވަރަކަށް ކިލޯ ޑްރަގްސް ފެނިއްޖެ