ވަގަށް ނަގައި، އަދި މަރާލާފައިވާ ކަމަށް މިހާރު ބެލެވޭ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް އެރޭ ފާރަލި ކަމަށް ބެލެވޭ މީހާ ހޯދަން ރިޔާސީ ކޮމިޝަނުން އިއްޔެ އިއުލާންކުރި ނަމަވެސް އޭނާގެ އެއްވެސް ޚަބަރެއް އަދި ނުވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
17 ސެޕްޓެމްބަރ 2019
ވަގަށް ނަގައި، އަދި މަރާލާފައިވާ ކަމަށް މިހާރު ބެލެވޭ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް އެރޭ ފާރަލި ކަމަށް ބެލެވޭ މީހާ ހޯދަން ރިޔާސީ ކޮމިޝަނުން އިއްޔެ އިއުލާންކުރި ނަމަވެސް އޭނާގެ އެއްވެސް ޚަބަރެއް އަދި ނުވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ކޮމިޝަނުން އިއްޔެ އާންމުކުރި ވީޑިއޯ އިން ފެންނަ މީހާ އޭރުގެ ފެރީ ޓާމިނަލްގެ ސައިކަލް ކިޔޫގައި، ސައިކަލެއް މަތީ އިންނަ އިރު، އެ ވީޑިއޯ ރެކޯޑްކޮށްފައި ވަނީ ރިލްވާން އެންމެ ފަހުން ފެނުނު ވަގުތަށް ވުރެ ގާތްގަނޑަކަށް ވިއްސަކަށް މިނިޓް ކުރިންނެވެ.
ރިލްވާން ދިރިއުޅެމުން އައި ހުޅުމާލެއަށް ދާން، ފެރީ ޓާމިނަލަށް އޭނާ ވަދެ، ޓިކެޓް ނަގާތަން ފެންނަނީ އޮގަސްޓް، 8، 2014 ދުވަހުގެ ރޭ 12:45 ހާއިރު އެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ހަބަރެއް ނުވެ އެވެ.
ބޯ ދިގުކޮށް އަދި ތުނބުޅިއެއް ވެސް ހުރި އެ މީހާ ސައިކަލްގައި އިންނަ ވީޑިއޯ ރެކޯޑްކޮށްފައި ވަނީ އެރޭ 12:21 ގަ އެވެ. އެހެންކަމުން އެއް ގޮތަކީ ރިލްވާނަށް ފާރަލަމުން އެއް ދޯންޏަކަށް އެރުން ނުވަތަ ރިލްވާން އެރި ފެރީގެ ކުރީ ފެރީގައި އޭނާ ހުޅުމާލެއަށް ދަތުރުކުރުމެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ސައިކަލް ބަހައްޓާފައި އޭނާ އިރުކޮޅަކަށް އެއް ފަރާތަކަށް ވެސް ޖެހިލަ އެވެ. އަދި އިރުކޮޅެއް ފަހުން ސައިކަލް ކައިރިއަށް ގޮސް އިށީދެ އެވެ. ދެން ސައިކަލްގައި ނައްޓާލަނީ، ފެރީއަށް ސައިކަލްތައް އަރުވަން ދޮރު ހުޅުވާލުމުން ކަމަށް ބެލެވެ އެވެ.
Mi video in mifenna meehaa akee mi commission in balamundhaa massala akaa gulhigen hoadhan beynunvaa meehekeve. Mi meehaa aa behey evves mauloomaatheh engey meehaku huri nama e mauloomaathu mi Commission ah angavaala dhevvun edhemeve. pic.twitter.com/uL35VZLQTR
— Commission on Disappearances and Deaths (@DdcomMdv) September 16, 2019
ކޮމިޝަނުން ހޯދަން އިއުލާން ކުރި މީހާ---
ރިލްވާންގެ އެންމެ ފަހު ވީޑިއޯ އިން ފެންނަނީ ފެރީ ޓާމިނަލަށް އޭނާ ވަދެ ޓިކެޓް ނަގާ ތަނާއި ޓާމިނަލްގެ ވެއިޓިން އޭރިއާއަށް ވަންނަ މަންޒަރެވެ.
ރިލްވާނަށް ފާރަލީ ކަމަށް ތުހުމަތުކުރެވޭ މީހާއާ ބެހޭ ގޮތުން ކޮމިޝަނަށް ލިބިފައި ވަނީ ކިހާ މައުލޫމާތެއް ކަމެއް ނޭނގެ އެވެ. ވީޑިއޯ އާންމުކުރުމުގެ އިތުރުން އޭނާއާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
ކޮމިޝަނުން އެންމެ ފަހުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ރިލްވާން ވަގަށް ނަގައިގެން ގޮސް، ދޯންޏަކަށް އަރުވައި އޭނާ ވަނީ މަރާލައިފަ އެވެ. އޭނާ ވަގަށް ނެގުމުގެ ކުރިން ދުރާލާ ބަޔަކު ދިޔައީ އޭނާއަށް ފާރަލަމުން ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ. މި ހުރިހާ ކަމެއްގެ ފަހަތުގައި ވަނީ ދީނީ ހަރުކަށި ވިސްނުމުގެ ބައެއް ކަމަށް ވެސް ކޮމިޝަނުގެ ތަހުގީގަށް އެނގިފައިވެ އެވެ.
ރިލްވާންގެ މައްސަލާގައި މިހާތަނަށް 15 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލާގައި ތުހުމަތުކުރެވޭ ބައެއް މީހުންގެ ތަންތަން ފާސްކުރަން، ފުލުހުން ހާއްސަ އޮޕަރޭޝަނެއް ވެސް ހިންގި އެވެ. އެކަމަކު އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ރިލްވާނަށް ފާރަލި މީހާ އަދިވެސް ނުފެނޭ
އާއިލާގެ އަދިވެސް ސުވާލަކީ "ރިލްވާން ކޮބައިހޭ؟"
ރިލްވާން މައްސަލައިގައި ކުރީގެ ސީޕީ ހުސައިން ކޮމިޝަނަށް
ޔާމީން ތުހުމަތުތަކަށް އިންކާރު ކުރެއްވި: ވަކީލުން
ރިލްވާންގެ މަރު: ވަޅީގެ މައުލޫމާތަށް 500،000ރ
އިންސާފު ހޯދުން ކުރިއަށް ގެންދާނެ: ކޮމިޝަން
މަޒީދާއި ސާމިތުގެ މައްސަލަ ޕީޖީން އަނބުރާ ފޮނުވައިފި
ރިލްވާންގެ މައްސަލައާ ގުޅިގެން މީހަކު ހޯދަނީ
ހުސެއިން ވަހީދަށް ފުލުހުންގެ މައްސަލައެއް ނުފެނޭ!
ރިޔާސީ ކޮމިޝަންގެ މަގްސަދާ މެދު ޝައްކެއް ނެތް: ރައީސް