Roadha Mihaaru
ފައިސާ ދީގެން ޕާކުކުރަން 40 ޖާގަ ހުޅުވާލައިފި

ފައިސާ ދީގެން ޕާކު ކުރަން 40 ޖާގަ ހުޅުވާލައިފި

17 ސެޕްޓެމްބަރ 2019

ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ޕާކިން ޒޯނެއް ހަދައި ފައިސާ ދީގެން ޕާކުކުރުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ޕާކިން ޒޯނެއް ހަދައި ފައިސާ ދީގެން ޕާކުކުރުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

ސުޕްރީމް ކޯޓު ކުރިމަތީގައި އޮންނަ މ. ދަންޑަހެލުގޭ ބިމުގައި ވަނީ ހަދާފައިވާ ޕާކިން ޒޯންގައި 40 ވެހިކަލް ޕާކުކުރެވޭނެ އެވެ. މި ޖާގަތައް ދޫކުރާނެ އުސޫލެއް ވެސް ވަނީ ގެޒެޓްކޮށްފަ އެވެ.

މަހު ފީ ކަނޑައަޅާފައިވާ ގޮތް

- ސައިކަލް 600ރ.

- ކާރު، ވޭން، ޕިކަޕު 3،000ރ.

- 2000-500 ކިލޯ ގްރާމްގެ ޕިކަޕް 3،500ރ.

- 5000-2000 ކިލޯ ގްރާމްގެ ޕިކަޕް 4،000ރ.

މި ޖާގަތަކަށް މާދަމާ އިން ފެށިގެން އަންނަ މަހުގެ 1 އާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނިގޮތުގައި ޖާގަ އަށް ވުރެން އިތުރަށް ފޯމު ހުށަހަޅައިފި ނަމަ ޖާގަ ދޫކުރާނީ ގުރުއަތުންނެވެ. ޕާކު ކުރުމުގެ ހުއްދަ ފުރަތަމަ ހަދައިދެނީ ހިލެ އެވެ. އެ ހުއްދަ ގެއްލިގެން ނުވަތަ އަލުން ހުއްދައެއް ހަދާނަމަ 100ރ. ގެ ފީއެއް ނަގާ ގޮތަށް ވަނީ ހަމަޖައްސައިފި އެވެ.

މާލޭގައި ކުރިމަތިވެފައިވާ ޕާކު ކުރުމުގެ ދަތިކަން ހައްލުކުރަން ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.