Roadha Mihaaru
ޕެލެޓްތައް ބަހައްޓާ ނަމަ ޖޫރިމަނާކުރަން ފަށަނީ

މާލޭގެ މަގުތަކުގައި ޕެލެޓްތައް ބަހައްޓާ ނަމަ ޖޫރިމަނާކުރަނީ

14 އޯގަސްޓް 2022

ޕާކުކުރަން ދަތިވާ ގޮތަށް މާލޭގެ އެކި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕެލެޓްތައް ބަހައްޓާ ނަމަ، އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޕާކުކުރަން ދަތިވާ ގޮތަށް މާލޭގެ އެކި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕެލެޓްތައް ބަހައްޓާ ނަމަ، އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ގަރާޖާއި ގުދަނާއި ފިހާރަތައް ހިންގާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ފަހު، މާލޭގެ އެކި މަގުތަކުގައި ބަހައްޓާފައިވާ ޕެލެޓްތައް ނެގުމުގެ މަސައްކަތް މިދިޔަ މާޗު މަހު ކައުންސިލުން ކުރި އެވެ. އެ މަސައްކަތުގެ ދަށުން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 1،300 އަށް ވުރެ ގިނަ ޕެލެޓް މަގުތަކުން ނެގި އެވެ.

ޕެލެޓްތައް ނަގާއިރަށް އެ ތަނުގައި އެހެން ޕެލެޓެއް ބާއްވާތީ އެ މައްސަލަ އޮތީ މިހާތަނަށް ވެސް ހައްލު ނުވެ އެވެ.

ބޮޑެތި ވެހިކަލްތައް ޕާކުކުރުމަށް ކުރިއާލައި މަގުމަތީގައި ޕެލެޓްތައް ބަރިބަރިއަށް ޖަހާފައި ހުންނާތީ އޭގެ ސަބަބުން އެހެން ވެހިކަލްތައް ޕާކުކުރުމަށް ދަތިވެ ޝަކުވާ ބޮޑުވި އެވެ.

އެކަމާ ގުޅިގެން "މިހާރު" އިން ސުވާލުކުރުމުން ކައުންސިލުން މިއަދު ބުނީ ޕެލެޓް ނެގުމުގެ މަސައްކަތް އެ ކައުންސިލުން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ކައުންސިލާއި ފުލުހުން ގުޅިގެން މި ފަހުން ތައާރަފުކުރި ޕޮލިސް ކޮންސްޓެބިއުލަރީ ފޮނުވައިގެން ވެސް މީހުންނަށް ނަސޭހަތްދީ، ޕެލެޓް ނަގާފައި ހުންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އެކަމަކު ކައުންސިލުން ބުނި ގޮތުގައި ޕެލެޓްތައް ނެގިޔަސް 2-3 ދުވަހުގެ ތެރޭގައި އަނެއްކާ ވެސް މަގުތަކުގައި ޕެލެޓްތައް ބަހައްޓަ އެވެ.

މާލޭގެ މަގެއްގައި ޕެލެޓްތައް އަތުރާލާފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭގެ މަގެއްގައި ޕެލެޓްތައް އަތުރާލާފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެންވެ، ޕެލެޓްތައް ނަގަން އެންގިޔަސް މައްސަލަ ހައްލު ނުވާތީ އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ކައުންސިލުން ބުނެ އެވެ.

ކައުންސިލުން ބުނިގޮތުގައި، ޕެލެޓްތައް ބަހައްޓާ މީހުންނަށް ނަސޭހަތް ދިނުމަށް ފަހު، އެކަން ރަނގަޅުނުކުރާ ނަމަ، އަންނަ މަހުގެ އެކަކުން ފެށިގެން އެ ފަރާތްތައް ޖޫރިމަނާކުރަން ވަނީ ނިންމާފަ އެވެ. އެކަމަކު އެ ޖޫރިމަނާކުރާނެ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ.

ދަގަނޑާއި ލަކުނޑި ޕެލެޓްތަކުން ޕާކިން ޒޯނުތައް ފުރި ޝަކުވާ ބޮޑުވިއިރު އެ މައްސަލަ އެމްޕީއެލާއި ކަސްޓަމްސް ސަރަހައްދުން ބޭރު މަގާއި ހަވީރީ ހިންގުމުގެ އެކި ސަރަހައްދުތަކުގައި ވަރަށް ބޮޑެވެ. ހަތަރުފުރޮޅުލީ ވެހިކަލްތައް ޕާކުކުރުމަށް ބައެއް މީހުން ޕާކިން ޒޯނުތަކުގައި ޕްލެޓްތައް ބަހައްޓާފައި ހުރީ ޕެލެޓްތަކުގައި ޗޭނުގަނޑު އެޅުވުމަށް ފަހު އެހެން މީހުންނަށް އެ ނުނެގޭނެ ގޮތް ހެދުމަށް ފަހު އެވެ.