ޕާކްކުރަން ދަތިވާ ގޮތަށް މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި 1،360 ޕެލެޓެއް މާލޭ ސިޓީ ކައުންސިލުން ނަގައިފި އެވެ.
24 މާޗް 2022
ޕާކްކުރަން ދަތިވާ ގޮތަށް މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި 1،360 ޕެލެޓެއް މާލޭ ސިޓީ ކައުންސިލުން ނަގައިފި އެވެ.
ޕެލެޓްތައް ނަގަން ފެށިތާ ހަފުތާއެއް ފަހުން މިއަދު މާލޭ ސިޓީ ކައުންސިލުން ބުނީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ރޯދަ މަސް ފެށުމުގެ ކުރިން އެ މައްސަލަ ހައްލުކުރުން ކަމަށެވެ. އެ މަސައްކަތް ފެށި ދުވަހު ހަ މަގަކުން 85 ޕެލެޓް ނެގި އެވެ.
ސިޓީ ކައުންސިލުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މަގުތަކުން އެންމެ ގިނައިން ނަގާފައި ވަނީ ލަކުޑި ޕެލެޓްތަކެވެ. ފުންޏަކަށް ޖަހާފައި ހުރި އެ ޕެލެޓްތަކުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ޕްލާސްޓިކާއި ދަނގަޑު ޕެލެޓްތައް ވެސް ހުއްޓެވެ.
މާލެ ތެރޭގައި ޤަވާއިދާއި ޚިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތުގެ ތެރެއިން ވޭތުވެ ދިޔަ 2 ހަފްތާގެ ތެރޭގައި 1360 އަށް ވުރެ ގިނަ ޕެލެޓް ނެގިފައިވޭ.މޭޔަރ @MMuizzuގެ އަމާޒަކީ ރަމަޟާން މަސް އައުމުގެ ކުރިން މި މައްސަލަ ހައްލު ކުރުން. pic.twitter.com/pdpniraAlS
— Male' City Council (@MaleCitymv) March 23, 2022
ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން ޕާކިން ޒޯންތައް ބްލޮކްވާ ގޮތަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން ހުށަހެޅުމުން ޕާކްކުރުން މަނާކަން އަންގައިދޭ "ޑަބަލް ލައިން" އެ ތަނުގައި ކުރަހައިދޭން ސިޓީ ކައުންސިލުން ނިންމިޔަސް، އެ ހުއްދަ އަށް ބަޔަކު އެދުނު ކަމެއް އަދި ނޭނގެ އެވެ.
ގަވާއިދާ ހިލާފަށް މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަނީ.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ސިޓީ ކައުންސިލް ބުނެފައި ވަނީ މުދާ އަރުވައި ބޭލުމަށް ޕާކިން ޒޯންތަކުގައި ޕެލެޓް ބަހައްޓާފައިވާ ސަރަހައްދުތައް ޗެކް ކުރުމަށް ފަހު، އެ ސްލޮޓް ހަމަޖައްސައިދޭނީ ކުލި ދައްކަން ޖެހޭ ގޮތަށް ކަމަށެވެ. ކައުންސިލުން ހުއްދަ ނުހޯދައި ޕާކިން ޒޯންތަކުގައި ޕެލެޓް ބަހައްޓާ ނަމަ، އެ އެއްޗެހި ނަގާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.
ހާއްސަކޮށް އެމްޕީއެލް އާއި ކަސްޓަމްސް ސަރަހައްދުން ބޭރު މަގާއި ހަވީރީ ހިންގުމުގެ އެކި ސަރަހައްދުތަކުގައި އެކި ފަރާތްތަކުން ޕެލެޓްތައް ބަހައްޓާފައި ހުރިއިރު، އެތައް ބަޔަކަށް އޭގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވި އެވެ. ބައެއް މީހުންގެ ހަތަރުފުރޮޅުލީ ވެހިކަލްތައް ޕާކްކުރުމަށް އަމިއްލަ އަށް ޕެލެޓްތައް ޕާކިން ޒޯނުތަކުގައި ބާއްވާފައި ހުރީ އެހެން މީހުންނަށް އެ ޕެލެޓްތައް ނުނެގޭ ގޮތަށް ޗޭނުގަނޑަކުން ތަޅު ވެސް އަޅުވައިފަ އެވެ.
މަޖީދީ މަގުގައި ޕާކުކުރުން މަނާ!
ޕެލެޓްތައް ބަހައްޓާ ނަމަ ޖޫރިމަނާކުރަން ފަށަނީ
މާލޭގެ ހަ މަގަކުން 85 ޕެލެޓް ނަގައިފި
ސިޓީ ކައުންސިލަށް ޕެލެޓްތައް ނުނެގުނު!
ޕެލެޓް ނަގަން ފެށުން ހޮނިހިރަށް ފަސްކޮށްފި
ޕެލެޓްތަކުގެ ބަދަލުގައި "ޑަބަލް ލައިން" ކުރަހައިދެނީ
ޕެލެޓް ބަހައްޓާ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފި
މާލެއިން 1،000 ޕާކިން ޖާގަ ވިއްކަން ނިންމައިފި
ޕާކިންގެ ގުރުއަތުލުން އަނެއްކާވެސް ފަސްކޮށްފި
ބިއްލޫރިޖެހިގޭގެ ޕާކިން ޒޯނު ބޭނުންކުރަން ފަށައިފި