Roadha Mihaaru
ފިނިކޮށްދޭ ހެލްމެޓެއް އުފައްދައިފި

ފިނިކޮށްދޭ ހެލްމެޓެއް އުފައްދައިފި

19 ސެޕްޓެމްބަރ 2019

ސައިކަލު ދުއްވާ އިރު ހެލްމެޓް ނާޅަނީ ހޫނުވާތީއޭ ބުނެ ބަހަނާ ދެއްކޭކަށް ނެތެވެ. އިންޑިއާގެ ބެންގަލޫރަށް ނިސްބަތްވާ މީހަކު މި ވަނީ ބޮލުގައި އަޅައިގެން ހުންނަ އިރު، ފިނިކޮށްދޭ ހެލްމެޓެއް އީޖާދުކޮށްފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސައިކަލު ދުއްވާ އިރު ހެލްމެޓް ނާޅަނީ ހޫނުވާތީއޭ ބުނެ ބަހަނާ ދެއްކޭކަށް ނެތެވެ. އިންޑިއާގެ ބެންގަލޫރަށް ނިސްބަތްވާ މީހަކު މި ވަނީ ބޮލުގައި އަޅައިގެން ހުންނަ އިރު، ފިނިކޮށްދޭ ހެލްމެޓެއް އީޖާދުކޮށްފަ އެވެ.

މީގެ 10 އަހަރު ކުރިން ފެށިގެން ހާލީ ޑޭވިޑްސަން ސައިކަލެއް ގެންގުޅޭ ސަންދީޕް ދަހިޔާ ބައެއް މީޑިއާތަކަށް ކިޔައި ދިން ގޮތުގައި އޭނާ ހަތަރު އަހަރާއި ބައިގެ ތެރޭގައި އިޖާދުކުރި އޭސީ ހެލްމެޓް ބޭނުންކުރާތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. އަދި އޭނާ ސައިކަލުގައި ދާ އިރު ފުރަގަހުން ބުރަކަށީމަތީގައި ދަބަހެއް ކަހަލަ އާލާތާއެއް އަޅުވާފައި އޮންނާތީ ވަރަށް ގިނަ މީހުން އެއީ ކޯޗެއްތޯ ސުވާލުކުރާ ކަމަށް ބުންޏެވެ.

މި ހެލްމެޓްގެ މަސައްކަތް ކުރާ ސަންދީޕް ވަނީ އޭގެ ވާހަކަ ކިޔައިދޭ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

އިންޖިނިއަރެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި އަދި މިހާރު ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ސަންދީޕް ކިޔައިދިން ގޮތުގައި އޭސީ ހެލްމެޓަކީ ސައިކަލުގެ ބެޓެރީން ޗާޖްކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. ހެލްމެޓް ޗާޖްވާން ބޭނުންވާނީ ދެ ވޮޓް ޑީސީ ކަރަންޓެވެ.

ހެލްމެޓް އިންނާނީ ދެ ބަޔަކަށެވެ. އެއް ބަޔަކީ ބޮލުގައި އަޅާ ހެލްމެޓެވެ. އަނެއް ބަޔަކީ ބުރަކަށީގައި ދަބަހެއް އަޅުވާހެން އަޅުވާފައި އިންނަ ފިނިކޮށްދޭ ނިޒާމެވެ. ހެލްމެޓް ބޭނުންކުރާ އިރު، ދެބައި އިންނާނީ ކޭބަކަލުން ގުޅާލައިފަ އެވެ. މީގެ ބަރުދަނުގައި ހުންނާނީ 1.7 ކިލޯގްރާމެވެ.

ބުރަކަށިމަތީގައި އޮންނަ ބައިން ހެލްމެޓްގެ ފިނިހޫނުމިން ކޮންޓްރޯލްކޮށް ދޭނެ އެވެ. ސަންދީޕް ބުނިގޮތުގައި ހެލްމެޓް ޓެމްޕަރޭޗާ 12 ޑިގްރީ ސެލްސިއަސް އަށް ވެސް ދަށްކޮށްދޭނެ އެވެ. އެެހެންވީމާ މިއީ ހޫނު ގަދަ ދުވަހެއްގައި ދަތުރެއް ކުރާ ނަމަ ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެ އެެވެ.

އެކަމަކު "ވަޓަނަކޫލް" ގެ ނަން ދީފައިވާ މި އީޖާދު ރަސްމީވެގެން ބާޒާރާ ހަމައަށް އަންނާނެތޯ ނޫންތޯ ޔަގީނެއް ނޫނެވެ.