23 ސެޕްޓެމްބަރ 2016
ވަރަށް އާދައިގެ ބަލިތައް ޖެހުމުން ވެސް ބައެއް މީހުން ބޭނުންވަނީ އަވަހަށް ބޭސް ގުޅައެއް ނުވަތަ ދިޔާ ބޭހެއް ބޯށެވެ. ނަމަވެސް ގޭގައި އާންމުކޮށް ގެންގުޅޭ ބައެއް އެއްޗިއްސަކީ ވެސް ބަލިތަކަށް މާ ރަނގަޅަށް ފަރުވާ ކުރެވޭ އެއްޗިއްސެވެ. ތިރީގައި މިވަނީ ނިއުސްފްލިކް ގައި ލިޔެފައިވާ މިކަމާ ގުޅޭ ބައެއް މައުލޫމާތެެވެ.
ވަރަށް އާދައިގެ ބަލިތައް ޖެހުމުން ވެސް ބައެއް މީހުން ބޭނުންވަނީ އަވަހަށް ބޭސް ގުޅައެއް ނުވަތަ ދިޔާ ބޭހެއް ބޯށެވެ. ނަމަވެސް ގޭގައި އާންމުކޮށް ގެންގުޅޭ ބައެއް އެއްޗިއްސަކީ ވެސް ބަލިތަކަށް މާ ރަނގަޅަށް ފަރުވާ ކުރެވޭ އެއްޗިއްސެވެ. ތިރީގައި މިވަނީ ނިއުސްފްލިކް ގައި ލިޔެފައިވާ މިކަމާ ގުޅޭ ބައެއް މައުލޫމާތެެވެ.
އަލަނާސި ޖޫހަކީ ކެއްސާތީ ބޯ ބޭހަށް ވުރެ މާ އަވަހަށް އޭގެ ރަނގަޅު ނަތީޖާ ފެންނަ އެއްޗެކެވެ. ވިޓަމިން ސީގެ އިތުރުން އަލަނާސީގައި ބްރޮމެލައިން ކިޔާ އެންޒައިމެއް ހުރެ އެވެ. އަދި އިންފްލެމޭޝަންތަކާ ދެކޮޅަށް މަސައްކަތްކުރާ ބާވަތްތައް ވެސް އަލަނާސީގައި ހިމެނެ އެވެ. އެހެންކަމުން ހަށިގަނޑަށް ފައިދާހުރި ގިނަ ބާވަތްތަކެއް އެކުލެވޭ އަލަނާސި ބޭނުންކުރުމުން ބަލިތަކާއި ހަނގުރާމަކުރުމަށާއި ޖަރާސީމުތައް މަރާލުމަށް އެހީތެރިވެދެ އެވެ. ޚާއްސަކޮށް ކަރުތެރޭގައި ހުންނަ ޖަރާސީމެވެ.
އިނގުރު: ވަރަށް ގިނަ ބަލިތަކަށް ފަރުވާ ކުރެވޭ އެއްޗެއް
މައްސަރުކަންތައް ޖެހުމުން ބައެއް މީހުންނަށް ވަރަށް ބޮޑަށް ވޭނާއި އުނދަގޫ ކުރިމަތިވެ އެވެ. މިކަމަށް ބޭނުންކުރެވިދާނެ އެންމެ ރަނގަޅު އެކައްޗަކީ އިނގުރެވެ. އިނގުރަކީ ތަދުކަނޑުވަން ބޭނުންކުރާ ވަރަށް ބާރުގަދަ ބޭހެއް ކަމަށްވާ އިބުޕްރޮފެން އަށް ވުރެ މާ ރަނގަޅު އެއްޗެކެވެ. ހަޖަމުކުރުމުގެ މައްސަލަތައް އުޅޭ މީހުންނަށް ވެސް އިނގުރު ސައި ބުއިމަށް ތަޖުރިބާކާރުން ލަފާދެ އެވެ. އޭރުން ބަނޑުގައި ހުންނަ އުނދަގޫތަކުން ދުރުވެ މޭނުބައިކުރުން ފަދަ ކަންތައް ހުއްޓޭނެ އެވެ.
ހައިބިސްކަސް ފްލާވާ ނުވަތަ ސައިމަލުގައި އެންތޮސައިނިން ކިޔާ މާއްދާއެއް ހުރެ އެވެ. މި މަލުން ހާބަލް ޓީ އުފައްދަ އެވެ. މިއީ ލޭގެ ޕްރެޝަރު ދަށްކުރުމަށް ބޯން ރަނގަޅު ސަޔެކެވެ. އަދި ހައިބިސްކަސް ޓީ ބުއިމުން ބްލޫބެރީ ކެއުމަށް ވުރެ މާ ފަސޭހައިން ލޭގެ ޕްރެޝަރު ހަމަޔަކަށް އަޅުވާލެވޭ ކަމަށްވެ އެވެ.
ޔޯގަޓް: ބަނޑުގެ ބަލިތަކަށް ކެއުން ރަނގަޅު
ފާމެންޓެޑް ފުޑްގެ ތެރޭގައި ހިމެނެނީ ޔޯގަޓް، އަސާރަ ފަދަ ދިރިހުރި ބެކްޓީރިއާ އެކުލެވޭ އެއްޗިއްސެވެ. މިއީ ގޮހޮރުގެ ސިއްހަތު ރަނގަޅު ކުރުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. އަދި ބޭރަށް ހިންގުމަށް ވެސް ޔޯގަޓް ފަދަ ތަކެތި ކެއުމުން ލުއި ލިބެ އެވެ.
ބައެއް ކާނާ އަކީ ބޭހަށް ވުރެ ބޮޑު ފައިދާއެއް ލިބޭ އެއްޗެތި ކަމަށް ތަޖުރިބާކާރުން ބުނޭ
ބުރަކަށީގައި ރިއްސާތީ އަބަދު އުޅެންޖެހިފައިވާ ނަމަ، ބިމު އަޑިއަށް ފައިބާ ޒާތުގެ ތަރުކާރީ އާއި ފަލަމަޑީގެ ތެރެއިން ކެރެޓް، ބީޓްރޫޓް އަދި ކައްޓަލަ ފަދަ ތަކެތި ކާން އާދަކުރާށެވެ. އަދި ހާބްސް އާއި ހަވާދުގެ ބާވަތްތަކުގެ ތެރެއިން ރީނދޫ، ބެސިލް، ފޮނިތޮށި، އިނގުރު، ރޯޒްމޭރީ، ލޮނުމެދު އަދި އޮރެގާނޯ ފަދަ ތަކެތި ބޭނުން ކުރާށެވެ. މި ބާވަތްތަކަކީ ހަށިގަނޑުގެ ތަންތަނަށް ދުޅައިގެ އަސަރު ކުރުމުން ދިފާއުކޮށްދޭނެ އެންޓީ-އިންފްލެމޭޓަރީ އެޖެންޓްސް ހިމެނޭ ބާވަތްތަކެކެވެ.
ކްރޭންބެރީގައި ޕްރޮއެންތޮސައިނިޑިންސް ކިޔާ ކަމްޕައުންޑެއް ހުރެ އެވެ. މި ކަމްޕައުންޑްގެ ސަބަބުން، ކުޑަކަމުދާނިޒާމަށް ގެއްލުންދޭ ބެކްޓީރިއާތައް ބްލެޑާގައި ތަތްވެފައި ތިއްބަކަ ނުދެ އެވެ. އެހެންކަމުން ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) ނުވަތަ ކުޑަކަމުދާނިޒާމުގައި ޖަރާސީމު އަށަގަތުމުން ސަލާމަތްވުމަށް، ހިއްކާފައި ހުރި ކްރޭންބެރީ ބޭނުންކުރާށެވެ. މިކަމުގައި ބައެއް މީހުން ބޭނުންކުރަނީ ފިހާރަތަކުގައި ވިއްކަން ހުންނަ ކްރޭންބެރީ ޖޫހެވެ. ނަމަވެސް މިފަދަ ޖޫހުގައި ކްރޭންބެރީ ހުންނަނީ ވަރަށް މަދު މިންވަރަކަށެވެ. ވަރަށް ގިނައިން ހަކުރު އަޅައި ފޮނިކޮށްފައި ހުންނަ މި ވައްތަރުގެ ބައެއް ޖޫހަށް އަޅާފައި ހުންނަ ކްރޭންބެރީ އަރަގުގެ ކުޑަކުޑަ މިންވަރެކެވެ. ކްރޭންބެރީ ޖޫސް ބޮއެގެން އެދެވޭ ނަތީޖާ ނުފެންނަނީ މި ސަބަބާ ހެދި އެވެ. ރޯކޮށް ހުންނަ ތާޒާ ކްރޭންބެރީ ނުލިބޭ ނަމަ ހިއްކާފައި ހުންނަ ކްރޭންބެރީ 3/1 ޖޯޑު ކެޔަސް މާ ފައިދާ ބޮޑުވާނެ އެވެ.
ސްޓްރެސް އާއި ހަކަތަ އިތުރުކުރުމަށް ދޮންކެޔޮ ވަރެއް ނެތް
މާބޮޑަށް ސްޓްރެސް ވާން ފަށައިފި ނަމަ އަވަހަށް ދޮންކެޔޮވަކެއް ކާލާށެވެ. ދޮންކެޔޮވަކެއްގައި އެވްރެޖްކޮށް 105 ކެލޮރީޒް އާއި 14 ގްރާމް ހަކުރު ހުންނާނެ އެވެ. ދޮންކޭލުން، ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މަތިވެ އެވެ. އަދި ބަނޑުހައިކަން ފިލަ އެވެ. އަދި އެންމެ ދޮންކެޔޮ ވަކެއްގައި އިންސާނަކަށް ދުވާލަކަށް ބޭނުންވާ ވިޓަމިން ބީ6 ގެ 30 ޕަސެންޓް ހުރެ އެވެ. މި ވިޓަމިން އަކީ ސިކުނޑިން ސެރެޓޯނިން އުފައްދާ މިންވަރު އިތުރުކޮށްދޭ އެއްޗެކެވެ. ސެރޮޓޯނިން އަކީ ސްޓްރެސް ދަށްކުރުމަށް އެހީތެރިވެދޭ ކެމިކަލް އެކެވެ.
ލުނބޯ ތޮށިން "ހުތްފޮނި" ހަކުރު
ކުލަގަދަ ކާނާތަކުން ވިސްނުން ތޫނުކޮށްދޭ
މޭވާ އާއި ތަރުކާރީގެ ލޭބަލުން ބައިވަރު މައުލޫމާތު
ބަރުދަން ލުއިކުރަން މުހިންމު 5
ވިޓަމިން ބީ12 ކިހާ މުހިއްމު މާއްދާއެއް؟
ދުންފަތާ ދުރުވެ މޭވާ އާއި ތަރުކާރީ ކެއުން ގިނަކުރޭ
ނަފްސާނީ މައްސަލަތަކާ ދެކޮޅަށް މޭވާ އާއި ތަރުކާރީ
މުރާކި: ފައިދާތައް ގިނަ، އާންމު މޭވާއެއް
އެވޮކާޑޯ ފަޅާލަންވާނީ ރަނގަޅަށް ދޮވެފައި
އެންމެން އެކުގައި ކެއުމުން ގުޅުން ބަދަހިވޭ