Roadha Mihaaru
ނާސާ ހަނދަށް ފޮނުވަން އޮސްޓްރޭލިއާ އެހީތެރިވަނީ

ނާސާ ހަނދަށް ފޮނުވަން އޮސްޓްރޭލިއާ އެހީތެރިވަނީ

23 ސެޕްޓެމްބަރ 2019

އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން އިންސާނުން އަލުން ހަނދަން ފޮނުވަން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ، އެހީތެރިވެދޭނެ ކަމަށް އޮސްޓްރޭލިއާ އިން ބުނެފި އެވެ. އޮސްޓްރޭލިޔާއިން ބުނި ގޮތުގައި، ނާސާއިން އިސްނަގައިގެން ހިންގާ "އާޓެމިސް" ޕްރޮގްރާމަށް ވެސް އެހީތެރިވެދޭނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން އިންސާނުން އަލުން ހަނދަން ފޮނުވަން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ، އެހީތެރިވެދޭނެ ކަމަށް އޮސްޓްރޭލިއާ އިން ބުނެފި އެވެ. އޮސްޓްރޭލިޔާއިން ބުނި ގޮތުގައި، ނާސާއިން އިސްނަގައިގެން ހިންގާ "އާޓެމިސް" ޕްރޮގްރާމަށް ވެސް އެހީތެރިވެދޭނެ އެވެ.

އާޓެމިސް ޕްރޮގްރާމްގެ އަސާސަކީ ވެސް އިންސާނުން ހަދަން ފޮނުވުމެވެ. ނާސާއިން ރާވަނީ 2024 ނިމުމުގެ ކުރިން، އަންހެނާކާއި ފިރިހެނަކު ހަނދަށް ފޮވުމުވަށެވެ. ނާސާ އިން ބުނާ ގޮތުގައި އެ މީހުން ހަނދަން ދަނީ އެނބުރި އަންނަ ގޮތަކަށް ނޫނެވެ. އެ ތަނުގައި ތިބުމަށެވެ. ދިރިއުޅުމަށެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު، ސްކޮޓް މޮރިސަން ވިދާޅުވި ގޮތުގައި، ކުރި އަށް އޮތް ފަސް އަހަރު ތެރޭގައި، އެ ގައުމުން 150 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރާނެ އެވެ. އެއީ ނާސާ އިން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ، އެކުގައި ތިބިކަން ކަށަވަރުކުރުމަށެވެ.

އެމެރިކާ ބަޔަކު ހަނދުގައި ދިރިއުޅެން ދާއިރު، އެ މީހުން ފޮނުވުމުގެ ކުރިން ރޭވުންތަކެއް ރާވަންޖެހޭނެކަން ކަށަވަރެވެ. ނާސާއިން ބުނާ ގޮތުގައި އިންސާނަކު ހަނދަށް ނުފޮނުވި ލަސްވަނީ ސިޔާސީ މީހުންގެ އުނދަގުލާ ހެދި އެވެ. އެއީ ނާސާގެ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ފައިސާ ލިބުމަށް އެ މީހުން ހުރަސްއަޅާތީ އެވެ. އެމެރިކާ އިން މިލިޓަރީ އަށް އެތައް ބިލިއަން ޑޮލަރެއް ހޭދަކުރާއިރު، ޖައްވީ ހޯދުންތަކަށް ފުދޭ ވަރު ވެސް ކޮށް ނުދޭ ކަމަށް ނާސާ ބުނެ އެވެ.

ގައުމުތަކުން އުޅަނދުފަހަރު ހަނދަށް ފޮނުވުން މި ފަހަކަށް އައިސް ވަނީ ގިނަ ވެފަ އެވެ. ހަނދަށް އުޅަނދެއް ފޮނުވަން ޝައުގުވެރި ނުވާ ގައުމެއް، ދެއިރު ކޮއްތު ހަމަވާ ގައުމުތަކުގެ ލިސްޓްގައި ނެތެވެ. އަވަށްޓެރި އިންޑިއާ އިން ވެސް ވަނީ ހަނދަށް އުޅަނދެއް ފޮނުވަން މަސައްކަތްކޮށްފަ އެވެ. ބުރަ އަދި ކާމިޔާބު މަސައްކަތްތަކަށް ފަހު، އުޅަނދު ވަނީ ހަނދާ ހަމަ އަށް ފޮނުވާލައިފަ އެވެ. އީރާނުން ވެސް ހަނދަށް އެރޭތޯ އެބަ މަސައްކަތްކުރެ އެވެ. ރަޝިއާ އަދި ޔޫރަޕުން ވެސް ހަނދަށް ދިއުމަށް ބުރަ މަސައްކަތްތަކެއް އެބަ ކުރެ އެވެ. މިހާ ހިސާބުން ދެން ލިސްޓްކޮށްލަން ޖެހެނީ ޗައިނާގެ ވާހަކަ އެވެ. ޗައިނާގެ އުޅަނދެއް ހަނދުގައި މިހާރު ވެސް އެބަ ހަރަކާތްތެރިވެ އެވެ.