މި ސަރުކާރުން އެއްވެސް މަޝްރޫއެއް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދީފައި ނުވާނެ ކަމަށާއި ބީލަމުގެ އުސޫލް ކުރިއަށް ވުރެ މިހާރު ހާމަކަންބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
26 ސެޕްޓެމްބަރ 2019
މި ސަރުކާރުން އެއްވެސް މަޝްރޫއެއް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދީފައި ނުވާނެ ކަމަށާއި ބީލަމުގެ އުސޫލް ކުރިއަށް ވުރެ މިހާރު ހާމަކަންބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް 15 އެމްބިއުލާންސް ގެނައުމަށް ހުޅާލުމުން ކުރިމަތިލީ ކުންފުނިތަކުގެ ތެރެއިން ބޮޑު އަގެއް ހުށަހެޅި އިންޑިއާގެ މޯހަން މުތާ އަށް އެކަން ހަވާލުކުރި މައްސަލަ އޭޑީކޭ ކުންފުނިން ވަނީ އޭސީސީ އަށް ހުށަހަޅައިފަ އެވެ. އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެމްބިއުލާންސް ގެނައުމުގެ އިތުރުން އެންމެ ހެޔޮ އަގެއް އޭޑީކޭ އިން ހުށަހަޅާފައި ވަނިކޮށް 90 ދުވަހުން ގެންނަން ކުރިމަތިލީ މޯހަން މުތާ އަށް ދިނީ 8.7 މިލިއަން ރުފިޔާ އަށެވެ. އޭޑީކޭ އިން 59-89 ދުވަސް ތެރޭގައި އެމްބިއުލާންސްތައް ގެންނަން ހުށަހެޅީ 7.9 މިލިއަން ރުފިޔާ އެވެ.
މި މައްސަލަ ފެންމަތިވެފައި ވަނިކޮށް، މިނިސްޓަރު އަމީރު ނޫސްވެރިންނަށް ވިދާޅުވީ އެއްވެސް މަޝްރޫއެއް ވަކި ބަޔަކަށް ދޭން ނިންމައި އެގޮތަށް ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައި ނޯންނާނެ ކަމަށެވެ. ބީލަމަށް ހުޅުވާލުމުން ކުރިމަތިލާ ކުންފުނިތަކުގެ ތެރެއިން އެ މަޝްރޫއު ކަށަވަރުވަނީ އެންމެ ކުރު މުއްދަތަކާއި އެންމެ ހެޔޮއަގު ހުށަހަޅާ ބަޔަކަށް ނޫން ކަމަށާއި ޓެކްނިކަލް އިވެލުއޭޝަންގައި ވެސް ގިނަ ކަންކަމަށް ބަލާ ކަން ފާހަގަކުރެއްވި އެވެ.
އަގުހެޔޮވެފައި މުއްދަތު ކުރުވިޔަސް ޓެކްނިކަލް އިވެލުއޭޝަނުން ފޭލްވެއްޖެ ނަމަ ވެސް މަޝްރޫއު އެހެން ކުންފުންޏަކަށް ލިބުމުގެ ފުރުސަތު އޮންނަ ކަން ފާހަގަކުރެއްވި އެވެ. ޓެކްނިކަލް އިވެލުއޭޝަން ކުރިއަށް ގެންދަނީ އެ މަޝްރޫއަކާ ގުޅުން ހުރި މިނިސްޓްރީއެއްގެ ޓެކްނިކަލް ބޭފުޅުން ވެސް ހިމެނިގެންނެވެ.
"އަޅުގަނޑަށް ޔަގީންކަން އެބައޮތް، މަޝްރޫއުތައް ދޭ ގޮތް ޑިފެންޑްކުރެވޭނެ. އޭސީސީން ވެސް ބަލާފައި ޓެކްނިކަލް އިވެލުއޭޝަންގައި ގޯހެއް އޮތް ކަމަށް ފާހަގަކުރެވެންޏާ އެކަންކަން ރަނގަޅުކޮށްފައި ހައްލުކުރާނެ. އެއީ އަޅުގަނޑު ހިތުން ރައްޔިތުންނަށް ވެސް މުހިއްވާނީ އަދި ކުރިމަތިލާ ކޮންޓްރެކްޓަރަށް ވެސް މުހިއްމުވާނެ އެ މެކޭނިޒަމް ހެދިފައި އޮންނަން،" އަމީރު ވިދާޅުވި އެވެ.
އެހެންވެ، އެ މިނިސްޓްރީގައި މިހާރު ބީލަމުގެ މައްސަލަތައް ބަލާ ކޮމިޓީ އަކާއި މާލިއްޔަތުގެ މައްސަލަތައް ވެސް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ މާލިއްޔަތު ގާނޫނާއި ގަވާއިދުން ފިނޭންސް މިނިސްޓަރަށް ލިބިދީފައިވާ ބާރުގެ ދަށުން އަމީރު އުފެއްދެވި ދެ ކޮމިޓީ އެވެ.
މި ދެ ކޮމިޓީގެ އިތުރުން ވެސް އޭސީސީ އަށް ހުށަހަޅޭނެ ކަމަށް ވިދާޅުވި އެވެ.
ބިދޭސީންތަކެއް މަސައްކަތުގައި: މަޝްރޫއުތައް ޓެންޑާ އަށް ހުޅުވާލާ ހިސާބުން ސްޓޭޓަސް އެނގޭ ލިސްޓެއް އާއްމުކުރަން ފަށަން ނިންމާފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވި. --ފޮޓޯ/މިހާރު
މިނިސްޓަރު ވިދާޅުވި ގޮތުގައި ބައެއް މަޝްރޫއުތަކުގެ ބީލަން ނިމުމުން އޭސީސީން އާއްމުކޮށް މައްސަލަ ބަލަ އެވެ. އެއީ، ކުރިމަތިލައި ކާމިޔާބު ނުވާ ކޮންމެވެސް އެއް ކުންފުންޏަކުން ހުށަހަޅައިގެންނެވެ. އެގޮތަށް މައްސަލަތައް ބެލުމަކީ އިތުރަށް ހާމަކަން ބޮޑުވެގެންދާ ކަމެއް ކަން އަމީރު ފާހަގަކުރެއްވި އެވެ.
މި ސަރުކާރުން ހަވާލުކުރި މަޝްރޫއުތަކުން މިހާތަނަށް އޭސީސީން ބެލި އެއްވެސް މައްސަލައެއްގައި ބީލަން ގޯސްކަމަށް ނިންމާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަޝްރޫއުތައް އެވޯޑުކުރާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވީހާވެސް ދެފުށްފެންނަ އުސޫލަކުންނެވެ.
އަޅުގަނޑުމެން މިހާރު އިއުލާން އެބަކުރަން މަޝްރޫއުތައް އެވޯޑުކުރާ ލިސްޓް. އޭގެއިތުރުން ޓެންޑާ އަށް ހުޅުވާލާ ހިސާބުން ސްޓޭޓަސް އެނގޭ ލިސްޓެއް ވެސް އާއްމުކުރަން ފަށާނަން. އޭރުން އިވެލުއޭޝަން އޮތް ހިސާބާ އެކު ތަފްސީލްތައް އެނގޭނެ. --މިނިސްޓަރު
ބޭރުގެ ކުންފުނިތަކަށް މަޝްރޫއުތައް ލިބުމުގެ ކަންބޮޑުވުން ހައްލު ކުރަން ވެސް ފިނޭންސް މިނިސްޓްރީން ވިސްނުންތަކެއް ގެންގުޅެ އެވެ.
"ބޭރުގެ ފަރާތްތަކަށް މަޝްރޫއުތައް ދިނުމުން ފޮރިން ކަރަންސީ ދަށްވާ މައްސަލަ ހައްލުކުރަން ސީލިންތަކެއް ލާން އަޅުގަނޑުމެން މި ވިސްނަނީ. އެއީ މިސާލަކަށް 100 މިލިއަނަށް ވުރެ ދަށް މަޝްރޫއުތަކަށް ކުރިމަތިލެވޭނީ ދިވެހި ކުންފުނިތަކަށް އެކަންޏޭ،" އަމީރު ވިދާޅުވި އެވެ.
"އޭގެ އިތުރުން 100-200 މިލިއަން ރުފިޔާގެ ދޭތެރޭގެ މަޝްރޫއުތަކަށް ބޭރުގެ ފަރާތްތަކާއި ދިވެހި ފަރާތްތަކުން ޖޭވީ [ޖޮއިންޓް ވެންޗާ] ހެދިގެން ކުރިމަތިލެވިދާނެއޭ. އެއަށް ވުރެން ބޮޑު ވެއްޖިއްޔާ އެންމެންނަށް ކުރިމަތިލެވޭނެއޭ."
އެ އުސޫލް ފައިނަލް ކުރާނީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ މަޝްވަރާ އަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮރަޕްޝަންގެ ޕާކިން ޒޯނަކަށް އޭސީސީ ވެއްޖެ: ބޮންޑޭ
ދިރިއުޅުމުގެ ހާލަތު ބެލި ގޮތުގެ މައްސަލަ އޭސީސީ އަށް
ޒީރޯ ޓޮލަރެންސާއެކު ކޮރަޕްޝަން ރިޕޯޓްކުރުން އިތުރުވެއްޖެ
ޝަޒައިލް ސަސްޕެންޝަންގައި ހުންނަތާ އަހަރެއް!
ފިނޭންސްގެ މުވައްޒަފަކު ގޯސް ހެދިކަމުގެ ހެއްކެއް ނެތް
ކޮރަޕްޝަނާ ދެކޮޅަށް ނަތީޖާ ނެރެވޭނެ: ރައީސް އޮފީސް
ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރަން ބަދަލު ގެނެސްފި
ކޮރަޕްޝަން ނުހިންގާ ކަމުގެ ޔަގީންކަން ދެން: ފައްޔާޒު
9 އެއްބަސްވުމަކުން ބަދަލު ދިން ގޮތް އެބަބަލަން:އޭސީސީ
ޕޯޓަލް އިން ހުށަހެޅި ކޮރަޕްޝަން މައްސަލަތައް އޭސީސީއަށް