Roadha Mihaaru

މިސްރުގެ ރައީސްގެ ނުބައި ވީޑިއޯއެއް ދެއްކި މީހާގެ ވަޒީފާ ގެއްލިއްޖެ

ގާހިރާ (ސެޕްޓެމްބަރު 22) - މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީގެ ކުރީގެ އިންޓަވިއުއެއް އޮޅުމަކުން ދެއްކުމުން ސަރުކާރު ޓީވީ ސްޓޭޝަނުގެ ނިއުސް ހެޑް މުސްތަފާ ޝެހަތާ ވަޒީފާ އިން ވަކިކޮށްފި އެވެ.

ރައީސްގެ ނުބައި ވީޑިއޯއެއް ދެއްކުމުން ވަޒީފާ ގެއްލިއްޖެ
ހަސަން އާމިރު
ހަސަން އާމިރު

22 ސެޕްޓެމްބަރ 2016

ގާހިރާ (ސެޕްޓެމްބަރު 22) - މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީގެ ކުރީގެ އިންޓަވިއުއެއް އޮޅުމަކުން ދެއްކުމުން ސަރުކާރު ޓީވީ ސްޓޭޝަނުގެ ނިއުސް ހެޑް މުސްތަފާ ޝެހަތާ ވަޒީފާ އިން ވަކިކޮށްފި އެވެ.

ޗެނަލް 1 އިން ބްރޯޑްކާސްޓް ކުރަން ހަމަޖެހިފައި އޮތީ އެމެރިކާގެ ޕީބީއެސް ނެޓްވޯކަށް ސީސީ ދެއްވި އިންޓަވިއުއެކެވެ. ނަމަވެސް އެ ޗެނަލް އަށް އޮޅިގެން ދެއްކުނީ މީގެ އެއް އަހަރު ކުރިން އެ ޗެނަލް އަށް ސީސީ ދެއްވާފައިވާ އިންޓަވިއުއެކެވެ. ނުބައި ވީޑިއޯއެއްކަން އެނގުމާ އެކު އެ ޗެނަލްގެ ޓްރާންސްމިނިޝަން ވަނީ މެދުކަނޑާލައިފަ އެވެ. ފަހުގެ އިންޓަވިއު ދެއްވާފައި ވަނީ އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިތުމަށް ސީސީ ނިއު ޔޯކަށް މިހާރު ކުރައްވާ ދަތުރާ ގުޅޭ ގޮތުންނެވެ.

ރަސްމީ ޓީވީން ފަހުން ވަނީ މި ކަމަށް މައާފަށް އެދިފަ އެވެ. އަދި އެކަމުގައި ޒިންމާވާ މީހުން ބެލުމަށް ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.