29 ސެޕްޓެމްބަރ 2019
ހާޒިރީ އަށް ފަރުވާ ކުޑަ މުވައްޒަފުންގެ ލިސްޓެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ފޮނުވި ނަމަވެސް އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިކުރަން ހުށަހަޅާފައި ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހާޒިރީ އަށް ފަރުވާ ކުޑަ މުވައްޒަފުންގެ ލިސްޓެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ފޮނުވި ނަމަވެސް އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިކުރަން ހުށަހަޅާފައި ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން އުޅޭތީ ބިރުވެރިކަން އުފެދިފައިވާ ކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އެ ޕެޓިޝަންގައި ތުހުމަތު ކޮށްފައިވާ ގޮތުގައި، ވަޒީފާ އިން ވަކިކުރުމުގެ ލިސްޓެއް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ހަދައިފަ އެވެ.
މުވައްޒަފުން ވަކިކުރަން އުޅެނީ އިންސާފުން ނޫން ކަމަށް ބުނެ ވެސް ޕެޓިޝަންގައި ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވީ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ ތަނެއް ހިމެނޭ ގޮތުން ހާޒިރީ ރިޕޯޓެއް ނެގި ކަމަށެވެ. އެ ރިޕޯޓް ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވާފައިވީ ނަމަވެސް އަޅާނެ ފިޔަވަޅެއް ޓްރާންސްޕޯޓުން ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ [އަޅާނެ ފިޔަވަޅެއް ނިންމުމަކީ] ސިވިލް ސާވިސް ކޮމިޝަނުގެ ޒިންމާއެއް، ލިސްޓު ފޮނުވީ ލަފައަކަށް،" ޝިމާޒް ވިދާޅުވި އެވެ.
ޓްރާސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރަން އުޅޭ ކަމަށް ބުނެ ކަންބޮޑުވުންފާޅުކުރަމުންދާއިރު، އެއީ ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ޚިދުމަތްތައް ލަސްކަމަށް ބުނެ އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވެފައިވާ އެއް ތަނެވެ. ސަރުކާރުގެ އެހެން އިދާރާތަކުގެ ހިދުމަތްތަކަށް ފަސޭހަ ބަދަލުތަކެއް އައި ކަމުގައި ވިއަސް ޓްރާންސްޕޯޓަށް ޒަމާނީ ބަދަލު ނާންނަ ކަމުގެ ޝަކުވާ ބޮޑުވި އެވެ. އެކަމަކު އެކަން ހައްލުކުރަން ފަށައި މިހާރު ވަނީ ބައެއް ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެތެރޭގައި ބައެއް ޚިދުމަތްތަކަށް އޮންލައިން މެދުވެރިކޮށް އެދުން ހިމެނެ އެވެ.
ރައީސަށް ހުށަހެޅި ޕެޓިޝަންގައި މުވައްޒަފުން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސް އެޕްރައިސަލް ފުރިހަމަކޮށްފައެއް ނުވެ އެވެ. ކުރީގެ ސަރުކާރުގައި، މިދިޔަ އަހަރު "އެއްލަކިން ލައިސަންސް"ގެ ނަމުގައި ހިންގި ޕްރޮގްރާމްގައި މުވައްޒަފުން ރޭގަނޑު ވެސް ވަރަށް ދަންވަންދެން މަސައްކަތްކޮށްފައި، ހެނދުނު ގަޑި އަށް ވަޒީފާ އަށް ހާޒިރުވާން ޖެހުނުކަން ފާހަގަކޮށްފައިވެ އެވެ. ގާތްގަނޑަކަށް ދެ މަސް ވަންދެން އެގޮތަށް މުވައްޒަފުން މަސައްކަތް ކުރި ކަމަށް ޕެޓިޝަންގައިވެ އެވެ.
މިހެން ކަން ހިނގާފައި ވަނިކޮށް، ރަނގަޅަށް ނުބަލައި ނުހައްގުން ވަޒީފާ އިން ވަކި ނުކުރަން ޕެޓިޝަންގައި މުވައްޒަފުން އެދިފައިވެ އެވެ.
ފިއްތުންތަކާ ހެދި ޓްރާންސްޕޯޓުގެ ޕީއެސް އިސްތިއުފާ!
ސީއެސްސީ އަށް އާ މެމްބަރުން އައްޔަންކޮށްފި
ސީއެސްސީއަށް އައްޔަންކުރަން ހަތަރު ބޭފުޅަކަށް ރުހުންދީފި
އޮފީސްތައް ހުޅުވާ ގަޑި އަދި ކަނޑައެއް ނާޅާ!
ސިވިލް ސާވިސްގެ ވަޒީފާ ދިނުން މެދުކަނޑާލައިފި
އާސަރުކާރަށް އެއްބާރުލުން ދޭން ޕީއެސްއިންނަށް އަންގައިފި
ސިވިލް ސާވިސް ހިދުމަތުގައި ކުލައެއް ނޯންނާނެ: ރައީސް
ސިވިލް ސާވިސްގެ ވަގުތު އަށް ގަޑިއިރަށް ބަދަލުކުރަނީ
"ސިޔާސީ ހަރަކާތްތަކުގެ މާއްދާއަށް ގެނައީ ހެޔޮބަދަލެއް"
އަޖުވަދު ވިދާޅުވަނީ ހުރީ ހުސް މައްސަލަ ކަމަށް!