29 ސެޕްޓެމްބަރ 2019
ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުގައި ކަސްޓަމްސްގެ އިސް މުވައްޒަފަކު މިއަދު މަގާމުން ވަކިކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުގައި ކަސްޓަމްސްގެ އިސް މުވައްޒަފަކު މިއަދު މަގާމުން ވަކިކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އިދާރާގެ އެގްޒެކްޓިވް މަގާމެއްގައި ހުންނެވި ބޭފުޅަކު މިއަދު މަގާމުން ވަކިކޮށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލާގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށެވެ.
އޭގެ އިތުރުން އެއްވެސް މައުލޫމާތެއް ނުދިނެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި، ވަޒީފާ އިން ވަކިކުރީ ސީނިއާ ސުޕްރިންޑެންޓެއްގެ މަގާމުގައި ހުރި މުއާޒް އަލީ އެވެ.
ދެ ކޮންޓެއިނަރެއް ރާއްޖެ އަށް ވަގަށް ވެހިކަލް އެތެރެކުރި މައްސަލާގައި ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑްކޮށް ތަހުގީގު ފަށާފައިވާ ކަމަށް މި މަހު ކުރީކޮޅުގައި ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ. މިއަދު ވަކިކުރި މީހާއާ މި މައްސަލައާ ގުޅުމެން އޮތްކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނޭނގެ އެވެ.
އިމްޕޯޓް ޑިއުޓީ ނެގުމުގަ އާއި ރާއްޖެ އަށް މުދާ އެތެރެ ކުރުމުގައި މަކަރާއި ހީލަތް ހަދާ ކަމަށް ކުރިންސުރެ ވެސް ކަސްޓަމްސްގެ މައްޗަށް ތުހުމަތު ކުރެ އެވެ. ތަހުގީގީ އިދާރާތަކުން ވެސް ކުރާ އެ ތުހުމަތުތައް ކަސްޓަމްސްއިން އޭރު ދިޔައީ ދޮގު ކުރަމުންނެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން މަގާމާ ހަވާލުވެވަޑައިގެންފައި ވިދާޅުވީ ކޮރަޕްޝަނަށް އެ އިދާރާގެ ތެރެއިން ދެން ފުރުސަތު ނުދެއްވާނެ ކަމަށެވެ. މައްސަލަތައް ބަލައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަސްޓަމްސް: ކޮރަޕްޝަންގެ ހާއްޔެއް؟
"ނަޒާހަތްތެރިކަމާ ފުށޫއަރާ އަމަލުތައް ބަލައިނުގަންނަން"
ކަސްޓަމްސް އޮތީ "ފަހުން ހާމަކުރުމު"ގެ ސަގާފަތުގައި!
ވެހިކަލް އެތެރެކުރި މައްސަލާގައި ބަޔަކު ސަސްޕެންޑްކޮށްފި
ދެ ކޮންޓޭނަރުން ކަސްޓަމްސްގައި އިތުރު ލައްގަނޑެއް!
ބިގަށާއި ސީޖީޓީއަށް ފައިސާ ދޭން ޖެހުނު ގޮތް ބަލަނީ
ކަސްޓަމްސްގައި މިހާރު ކޮރަޕްޝަނެއް ނޯންނާނެ: އަޒްލީން
ޓޫރިސްޓުން ގެންނަ ދުންފަތުގެ ބާވަތުން ޑިއުޓީ ނުނަގާނެ
ހިޔާނާތުގެ ތުހުމަތުވާ އޭސީޕީ އާސިފް ސަސްޕެންޑްކޮށްފި
ދުންފަތް ނައްތާލުމުގެ ހަރަދު ދޭންޖެހޭނީ ގެނައި މީހަކު