މެޑްރިޑް (އޮކްޓޫބަރު 1) - ރެއާލް މެޑްރިޑްގެ ސްޓައިލަށް ހޭނެން ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަށް ވަގުތު ބޭނުންވާ ކަމަށާއި އޭނާ ތަފާތު ދައްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
01 އޮކްޓޯބަރ 2019
މެޑްރިޑް (އޮކްޓޫބަރު 1) - ރެއާލް މެޑްރިޑްގެ ސްޓައިލަށް ހޭނެން ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަށް ވަގުތު ބޭނުންވާ ކަމަށާއި އޭނާ ތަފާތު ދައްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
އުމުރުން 28 އަހަރުގެ ހަޒާޑް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލަށް 112 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް ބަދަލުވުމަށް ފަހު އަދި އޭނާގެ އެންމެ މޮޅު ކުޅުން ދައްކަން ވަނީ އުނދަގޫވެފަ އެވެ. އަނިޔާގެ ސަބަބުން ސީޒަނުގެ ފުރަތަމަ މެޗުތައް ހަޒާޑަށް ގެއްލުނުއިރު، އެނބުރި އައިސް ކުޅުނު ހަތަރު މެޗުގައި ވެސް ފެނުނީ އަސްލު އޭނާގެ ފަރާތުން ފެންނަން ޖެހޭ ވަރުގެ ކުޅުމެއް ނޫނެވެ.
ޕްރީ ސީޒަނަށް ފަހު ހަޒާޑް އެނބުރި އައިއިރު ބަރުދަން އެންމެ އެކަށީގެންވާ ވަރަކަށް ނެތް ކަމަށް ބުނެ ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ޒިދާން ވަނީ އެކަން ދޮގުކޮށްފަ އެވެ. ޒިދާން ބުނީ އަނިޔާގެ ސަބަބުން ހަޒާޑަށް އަދި އެންމެ މޮޅު ކުޅުން ނުދެއްކޭ ކަމަށެވެ.
"ރިކަވަރީގައި ހުރެ އެނބުރި އައިސް އެއްކޮށް މެޗު ފިޓްވެ ރަނގަޅަށް ކުޅެން ވަގުތު ނަގާނެ. ހަޒާޑް އެ ހުރީ މުޅިން އާ ލީގެއްގައި. މި ޓީމުގެ ސިސްޓަމަށް ހޭނެން ވަގުތު ނަގާނެ. އޭނާ ތަފާތު ދައްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" ޗެމްޕިއަންސް ލީގުގައި މިރޭ ކްލަބް ބްރޫޖާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ބުންޏެވެ.
ރެއާލަށް ހަޒާޑް ބަދަލުވުމުގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ސަބަބަކީ އޭނާ އެންމެ ސަޕޯޓްކުރި ފުޓްބޯޅަ ކުޅުންތެރިޔާ ޒިދާނާ އެކު މަސައްކަތްކުރުމެވެ. ހަޒާޑް ބުނީ ޒިދާން އޭނާ އަށް ފުރިހަމަ އަށް އިތުބާރު ކުރުމަކީ ލިބޭ ހިތްވަރެއް ކަމަށާއި އެންމެ މޮޅު ކުޅުން ދައްކަން އޭނާ އަށް ބޭނުންވަނީ އެންމެ ގޯލެއް ކަމަށެވެ.
ރެއާލުގެ މެޗެއްގެ ތެރެއިން ޒިދާން (ވ) އާއި ހަޒާޑް. -- ފޮޓޯ: އޭއެފްޕީ
"ޔަގީނުން ވެސް 100 ޕަސެންޓް އަހަންނަށް އަދި ނުދެއްކޭ. މީގައި އަނިޔާގެ މައްސަލަ ވެސް އެބަހުރި. އެކަމަކު މެޗަކަށް ފަހު މެޗެއް ރަނގަޅު އެބަވޭ. ފޯމު ބަދަލުކޮށްލަން ބޭނުންވަނީ އެންމެ ގޯލެއް. އާދަޔާހިލާފު އެއް މެޗު ކުޅެލެވެނިކޮށް ހުރިހާ ކަމެއް ބަދަލުވާނެ،" ހަޒާޑް ބުންޏެވެ.
އޭނާ ބުނީ މީޑިއާގައި ދައްކާ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި ދިމާވާ ކޮންމެ ކަމަކުން ވެސް އޭނާ ނަގާނީ ޕޮޒިޓިވް ކަންތައްތައް ކަމަށެވެ.
"އިނގިރޭސި މީޑިއާގެ ކަންތައްތައް ވެސް ފެނިިފައި ހުރީ. ދެން ކޮންމެ ތަނެއްގައި ވެސް މީޑިއާ ޕްރެޝަރު އޮންނާނެ. އެއީ މައްސަލަ އެއް ނޫން. މީގެ ޖެހޭނީ ޕޮޒިޓިވްކޮށް ހުންނަން. އެއީ އެންމެ ރަނގަޅު ގޮތް،" ޗެލްސީ އާއި ލިލް އަށް ކުރިން ކުޅުނު ހަޒާޑް ބުންޏެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ރެެއާލަށް ކުރިމަތިވީ ހިތްދަތި ފެށުމެކެވެ. ރަށުން ބޭރުގައި ޕީއެސްޖީ އަތުން ވަނީ 3-0 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ކްލަބް ބްރޫޖާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން 21:55 ގަ އެވެ.
ފާޑުކިޔުން އަމާޒުވުމުން ހަޒާޑް މާފަށް އެދިއްޖެ
ސީޒަންގެ ދެ މުބާރާތް ވެސް ހޯދޭނެ: ޒިދާން
ރެއާލާ ވާދަކޮށް ސިޓީގެ މޮޅުކަން ދައްކަންޖެހޭ: ގާޑިއޯލާ
"ޒިދާނަކީ މޮޅު ކުޅުންތެރިއެއް އަދި މޮޅު ކޯޗެއް"
ހަޒާޑްގެ ދިފާއުގައި ޒިދާން ވާހަކަ ދައްކައިފި
ލިވަޕޫލަށް ޒިދާންގެ އިންޒާރެއް
ޕީއެސްޖީ އަތުން ބަދަލުހިފުމުގެ ރޫހެއް ނެތް: ޒިދާން
ހަޒާޑް މިސާލު ނަގަންވީ އަހަރެންގެ ކިބައިން: ޒިދާން
ރެއާލުގެ ޓްރާންސްފާ ބަޖެޓަކީ 500 މިލިއަން ޔޫރޯ
"ވަޒީފާ ސަލާމަތްކުރަން ތަށްޓެއް ހޯދުން ލާޒިމެއް ނޫން"