Roadha Mihaaru
ފެންބޮޑުވެފައިވާ ތަނެއްގައި މޮޑެލްކުރުމުން ހޫނުފެނަށް

ފެންބޮޑުވެފައިވާ ތަނެއްގައި މޮޑެލްކުރުމުން ހޫނުފެނަށް

04 އޮކްޓޯބަރ 2019

މިދިޔަ ހަފުތާގައި އިންޑިއާގެ ޕަޓްނާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި އޮއްވައި އެތަނުގައި މީހަކު މޮޑެލްކޮށް ފޮޓޯ ނެގުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހަފުތާގައި އިންޑިއާގެ ޕަޓްނާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި އޮއްވައި އެތަނުގައި މީހަކު މޮޑެލްކޮށް ފޮޓޯ ނެގުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އިންސްޓަގްރާމްގައި ވައިރަލްވެފައިވާ ފޮޓޯތަކުގައި ފެންނަނީ ޗެރީ ކުލައިގެ ވެލްވެޓް ގައުންއެއްގައި، ފެންބޮޑުވެފައިވާ މަގުމަތީގައި އެކި ގޮތްގޮތަށް ޕޯޒްކޮށްފައި ނަގާފައި ހުރި ފޮޓޯތަކެވެ. މީޑިއާތަކުން ބުނިގޮތުގައި އެ ފޮޓޯތަކުގައި ފެންނަނީ ޕަޓްނާގެ ފެޝަން އިންސްޓިޓިއުއެއްގައި ކިޔަވާ އަދިތީ ސިންގް ކިޔާ ދަރިވަރެކެވެ.

އޭނާގެ ފޮޓޯތައް ނަގާފައި ވަނީ ސޯރަވް އަނޫރާޖް ކިޔާ ފޮޓޯގްރާފަރެކެވެ. ސޯރަވް އޭނާގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފައި ވަނީ ކެޕްޝަނަކަށް "މާމެއިޑް އިން ޑިޒާސްޓާ" ޖަހައިފަ އެވެ.

ނަމަވެސް ވަރަށް ގިނަ ބަޔަކު ވަނީ ގުދުރަތީ ހާދިސާއެއް ހިނގައިގެން އުޅުނު ދަނޑިވަޅުގައި ވެސް، މޮޑެލްކޮށް ފޮޓޯ ނެގުމުން އެކަމަށް ފާޑުކިޔައިފަ އެވެ.