19 ފެބުރުއަރީ 2022
އިންޑިއާގެ ކަރްނާޓަކާ ސިޓީގެ ސްކޫލްތަކާއި ކޮލެޖްތަކުގެ މުސްލިމް އަންހެން ދަރިވަރުންނާއި ޓީޗަރުން ބުރުގާ އަޅައިގެން ކްލާސްތަކަށް ހާޒިރުވުން ކަރްނާޓަކާ ސަރުކާރުން މަނާކުރި މައްސަލަ ހޫނުވެފައިވަނިކޮށް އެމެރިކާގެ މަޝްހޫރު މޮޑެލް ބެލާ ހާޑީޑް، ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ނުކުމެއްޖެ އެވެ.
އިންޑިއާގެ ކަރްނާޓަކާ ސިޓީގެ ސްކޫލްތަކާއި ކޮލެޖްތަކުގެ މުސްލިމް އަންހެން ދަރިވަރުންނާއި ޓީޗަރުން ބުރުގާ އަޅައިގެން ކްލާސްތަކަށް ހާޒިރުވުން ކަރްނާޓަކާ ސަރުކާރުން މަނާކުރި މައްސަލަ ހޫނުވެފައިވަނިކޮށް އެމެރިކާގެ މަޝްހޫރު މޮޑެލް ބެލާ ހާޑީޑް، ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ނުކުމެއްޖެ އެވެ.
ބުރުގާ އަޅައިގެން ސްކޫލަށް ވަނުން މަނާކުރުން "ހުއްޓާލަން" ޖެހޭ ކަމަށް ބުނެ ބެލާ އިންސްޓަގްރާމުގައި ކުރި ޕޯސްޓުގައި ވަނީ ބައެއް ގައުމުތަކުގައި ބުރުގާ އަޅާ މީހުންނާ މެދު ނިންމި ނިންމުންތަކެއްގެ ޚަބަރުގެ ސްކްރީންޝޮޓްތަކެއް ހިއްސާކޮށް އެކަމުގައި އޭނާ ދެކޭ ގޮތް ހިއްސާކޮށްފަ އެެވެ.
ބެލާގެ ޕޯސްޓުގައި ބުނީ ފްރާންސާއި އިންޑިއާ އަދި ބެލްޖިއަމް ފަދަ އަދިވެސް އިތުރު ގައުމުތަކުގައި މުސްލިމުން އަންހެނުންނާ މެދު ތަފާތުކުރުން ގެންގުޅޭއިރު އެހެން މީހެއްގެ ކަމާ މެދު އެހެން ބަޔަކު ގޮތް ނިންމާ ނިންމުމާ މެދު އަލުން ވިސްނަން ޖެހޭ ކަމަށެވެ.
"އެހެން މީހެއްގެ ކަމެއް ނޫން އެއީ އަންހެނަކު ލާނެ ހެދުމާއި ނުލާނެ ހެދުން ނިންމުން. ވަކިން ހާއްސަކޮށް އެކަމަކީ އެމީހަކު ގަބޫލުކުރާ ގޮތާއި ރައްކާތެރިކަމަށް ކުރާ ކަމަކަށް ވާއިރު. އެހެން ބަޔަކު ނިންމަން ޖެހޭ ނިންމުމެއް ނޫން އެއީ އަންހެނުންނަށް ކިޔެވޭނެތޯ، ކުޅެވޭނެތޯ،" ބެލާގެ ޕޯސްޓުގައި ބުންޏެވެ.
ބެލާ ބުނީ ފްރާންސްގެ އަންހެން ކުދިން ސްކޫލަށް ދާއިރު ވެސް ބުރުގާ އެޅުން މަނާ ކަމަށެވެ. ބުރުގާ އަޅައިގެން ކުޅިވަރު ނުވަތަ ފަތާ ވެސް ނުހެދޭ ކަމަށާއި އަދި އެކުދިންނަށް އައިޑީގައި ވެސް ބުރުގާ އަޅާފައިވާ ފޮޓޯ ނުޖެހޭ ކަމަށެވެ.
"ސިވިލް ވޯކާއަކަށް ނޫޅޭވޭ، ހޮސްޕިޓަލެއްގައި މަސައްކަތެއް ނުކުރެވޭ. އިންޓާންޝިޕަކަށް ދާ ނަމަ، ގިނަ ޔުނިވާސިޓީތަކުން ބުނަނީ ބުރުގާ ނަގަން. މިއީ ވަރަށް ބަލައިނުގަނެވޭ ކަންކަން،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެކަމުން އެނގެނީ އިސްލާމްދީނުގެ ކަންކަން ނޭނގި މީހުން އެކަމާ ދެކޮޅު ހަދާ މިންވަރު ކަމަށެވެ.
އެ ޕޯސްޓުގެ އިތުރުން ވެސް ބުރުގާ އަޅާފައިވާ އަންހެނުންތަކެއްގެ ފޮޓޯ ހިއްސާކޮށް އެމީހުންގެ ދިފާއުގައި އޭނާ ވާހަކަ ދެއްކި އެވެ.
ކަރްނަޓާކާގައި ބުރުގާ އަޅާ ކުދިންނާ ދެކޮޅަށް ނިންމި ނިންމުމާ އެކު އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
ހެއިލީ އާއި ޖަސްޓިން ވަރިވާން އުޅޭ ވާހަކަ ދޮގުކޮށްފި
އަމްބާނީގެ ހަގުދަރިފުޅުގެ ކައިވެނީގެ ހަފުލާތައް ފަށައިފި
ޕޫނަމް މަރުވި ކަމަށް ބުނެ އޮޅުވާލުމުން އާންމުން ރަތަށް
ޕްރިޔަންކާގެ "ދެފުށްކެހެރި" ކަމުން މީހުން ރަތަށް
ބުރުގާ މައްސަލައިގައި އިންޑިއާގެ ނުރުހުން އޯއައިސީ އަށް
އިންޑިއާގައި ރޭޕް ގިނަވަނީ ބުރުގާ ނާޅާތީ: ޒަމީރު
މުސްކާންގެ ހިތްވަރަށް މެމްބަރަކު ހަދިޔާކުރީ އައިފޯނެއް
ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ
ބުރުގާ މައްސަލައަށް އެމެރިކާ ވަނުމަށް އިންޑިއާ ނުރުހޭ