Roadha Mihaaru

ތަމްރީން ހަދަމުން ދިޔަ ސިފައިންގެ މީހަކު މަރުވެއްޖެ

ކ. ގިރިފުށީގައި ތަމްރީން ހަދަމުން ދިޔަ ސިފައިންގެ މީހަކު މިއަދު މަރުވެއްޖެ އެވެ.

ތަމްރީން ހަދަމުން ދިޔަ ސިފައިންގެ މީހަކު މަރުވެއްޖެ
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

05 އޮކްޓޯބަރ 2019

ކ. ގިރިފުށީގައި ތަމްރީން ހަދަމުން ދިޔަ ސިފައިންގެ މީހަކު މިއަދު މަރުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މަރުވީ މެރިން ޑިޕްލޮއިމަންޓް ޔުނިޓް (އެމްޑީޔޫ) 2 ގައި މަސައްކަތް ކުރާ ސްޓާފް ސާޖަންޓް އަލީ ރިޔާޒެވެ.

ސިފައިން ބުނި ގޮތުގައި މިއަދު ހެނދުނު ހުޅުމާލޭގައި އޮތް ބީއެފްޓީ ޓެސްޓެއްގައި ވެސް އަލީ ބައިވެރިވި އެވެ. އެއަށްފަހު އެނބުރި ގިރިފުއްޓަށް ގޮސް، ބަނޑަށް ވައިގެ އުނދަގޫތަކެއް ވާކަމަށް ކައިރީގައި ހުރި ދަރިވަރަކު ގާތު ބުނިތަނާހެން ގައިން ވަރު ދޫވެގެން ވެއްޓުނީ އެވެ.

ވަގުތުން އިމަޖެންސީގައި އޭނާ މާލެ ގެނެސް އޭޑީކޭ އަށް ގެންދިޔަ ކަމަށް ސިފައިން ބުންޏެވެ.