Roadha Mihaaru
ބަޣާވާތް ކުރަން ދެވަނަ ފުރުސަތެއް ނެތް: ހަސަން ލަތީފް

ބަޣާވާތް ކުރަން ދެ ވަނަ ފުރުސަތެއް ނުލިބޭނެ: ހަސަން ލަތީފް

07 އޮކްޓޯބަރ 2019

އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ބަޣާވާތް ކުރަން އިތުރު ފުރުސަތެއް އެއްވެސް ބަޔަކަށް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ބަޣާވާތް ކުރަން އިތުރު ފުރުސަތެއް އެއްވެސް ބަޔަކަށް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ހެދި ރިޕޯޓާ ގުޅިގެން މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ހަސަން ވިދާޅުވީ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްގެން ނުވާނެ ކަމަށާއި އެމްޑީޕީން އެފަދަ އެއްވެސް ކަމަކަށް ހިތްވަރެއް ވެސް ނުދޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 2015 ގައި ހެދި ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ކަންކަން ކުއްލިއަކަށް ފެންމަތިކޮށް ބަޔަކު އުޅެނީ ކޮން ސަބަބަކާ ހުރެ ކަން ބަލަން ޖެހެ އެވެ. އަދި ރާއްޖޭގައި ހިނގި މަރުގެ ހަގީގަތްތަކާއި ޓެރަރިސްޓު ޖަމާއަތްތަކާ ގުޅިފައި އޮތީ ކޮން ބައެއް ކަމާއި ހަނގުރާމަ އަށް ފޮނުވާ އެޖެންސީތައް ރާއްޖޭގައި ހިންގަނީ ކޮން ބައެއް ކަން އެނގެން ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ އަމިއްލަ ޖަމިއްޔާއަކުން ނެރެފައިވާ ރިޕޯޓެއްގައިވާ ކަންކަން ފާހަގަކޮށް އެއީ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމެއް ކަން ދައްކުވައިގެން ބަޣާވާތެއް ރާވައި ސަރުކާރު ވައްޓާލަން ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށެވެ.

"އެ ރިޕޯޓުގައިވާ ކަންކަން އެއީ ސަރުކާރު ވައްޓާލަން އޮތް ހުއްޖަތެއް ކަމަށް ދެކި، ބަޣާވާތެއް ރޭވުމުގެ މަސައްކަތް ކުރާ ނަމަ، އެކަން އެބަ ހުއްޓާލަން ޖެހޭ،" ހަސަން ވިދާޅުވި އެވެ.

އޭނާ އިޝާރާތް އެ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާއަށެވެ. ފެބްރުއަރީ 7، 2012 ގެ ހާދިސާ އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރަނީ ބަޣާވާތެއްގެ ގޮތުގަ އެވެ. ފެބްރުއަރީ 7 އާ ހަމައަށް ކަންކަން ދިޔައީ އިސްލާމް ދީން ހިމާޔަތްކުރުމުގެ ނަމުގައި ޑިސެމްބަރު 23، 2011 ގައި، ހެންވޭރު ޕާކް ސަރަހައްދުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު އެއްވުމަށް ފަހު އެވެ.

ހަސަން ވިދާޅުވީ ބަޣަވާތެއް ގެންނަން އުޅޭ ނަމަ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސް ނަންގަވައިގެން އެ މައްސަލަ ބައްލަވަން ޖެހޭ ކަމަށެވެ.