Roadha Mihaaru
ހޮޓެލް އޭޝިއާ:ހޮސްޕިޓަލިޓީ ދާއިރާގެ ހުރިހާ އުފެއްދުމެއް

ހޮޓެލް އޭޝިއާ: ހޮސްޕިޓަލިޓީ ދާއިރާގެ ހުރިހާ އުފެއްދުމެއް

08 އޮކްޓޯބަރ 2019

ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކާއި ރެސްޓޯރެންޓުތަކާއި ގެސްޓް ހައުސްތައްމަދެއް ނޫނެވެ. ވާދަވެރި މި މާކެޓުގައި އަބަދުވެސް ޖެހިފައި އޮންނަނީ އެކި ވައްތަރުގެ، އެކި ފެންވަރުގެ ސާމާނު ހޯދުމަށެވެ. އިއްޔެ ދަރުބާރުގޭގައި ހުޅުވި ހޮޓެލް އޭޝިއާ އެގްޒަބިޝަނުން ފެންނަނީ އެ މަންޒަރެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކާއި ރެސްޓޯރެންޓުތަކާއި ގެސްޓް ހައުސްތައްމަދެއް ނޫނެވެ. ވާދަވެރި މި މާކެޓުގައި އަބަދުވެސް ޖެހިފައި އޮންނަނީ އެކި ވައްތަރުގެ، އެކި ފެންވަރުގެ ސާމާނު ހޯދުމަށެވެ. އިއްޔެ ދަރުބާރުގޭގައި ހުޅުވި ހޮޓެލް އޭޝިއާ އެގްޒަބިޝަނުން ފެންނަނީ އެ މަންޒަރެވެ.

ހޮޓެލް އޭޝިއާ އެގްޒަބިޝަން ރާއްޖޭގައި ބާއްވަމުން އަންނަތާ 15 އަހަރު ވެއްޖެ އެވެ. އެއިން ކޮންމެ އަހަރަކު ވެސް ހޮސްޕިޓާލިޓީ ދާއިރާއަށް ހާއްސަ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި އެންމެ ފަހުގެ އުފެއްދުންތަކާ އެކު ބައިނަލަގްވާމީ ކުންފުނިތައް އާދެ އެވެ. އޭގެ ތެރޭގައި ބޭސްވެރިކަމުން ފެށިގެން ސްޕާތަކާއި ބަދިގެ އާއި ކޮޓަރިތަކަށް ބޭނުންވާ އުފެއްދުންތައް ވެސް ހިމެނެ އެވެ.

މި އަހަރުގެ އެގްޒަބިޝަންގައި ބައިވެރިވި 155 ކުންފުންޏަކީ ރެކޯޑް އަދަދެކެވެ. ދަރުބާރުގެ ފުރިފައި ވަނީ އެކި ސްޓޯލްތަކުންނެވެ. އެހެންކަމުން އެގްޒަބިޝަނަށް ވަނުމަށް ފަހު އެއްވެސް މީހަކު ހުސް އަތާ ނުކުންނާކަށް ނުޖެހޭނެ އެވެ.

އެގްޒަބިޝަންގެ ބައެއް ސްޓޯލްތަކަށް ބަލައިލުން ރަނގަޅުވާނެ އެވެ.

އަމާގީ އެކްސްޕޯޓްސް

އަމާގީ އެކްސްޕޯޓްގެ ސީފުޑް ތައްޔާރުކުރަނީ--. ފޮޓޯ:ނިޝާން އަލީ/މިހާރު

އަމާގީ އެކްސްޕޯޓްގެ ސީފުޑް ތައްޔާރުކުރަނީ--. ފޮޓޯ:ނިޝާން އަލީ/މިހާރު

ދިވެހިންނާއި ރާއްޖެ އަންނަ ޓޫރިސްޓުންނަކީ ވެސް ސީފުޑަށް ލޯބި ކުރާ ބައެކެވެ. ބައެއް ބާވަތްތަކުގެ ސީފުޑް ރާއްޖެއިން ލިބުނު ނަމަވެސް ގިނަ ބާވަތްތައް ޖެހެނީ އިމްޕޯޓްކުރާށެވެ. އަމާގީ އެކްސްޕޯޓް އަކީ ރާއްޖެ އަށް ސީފުޑް އެތެރެކުރާ ބައެކެވެ.

ސްރީ ލަންކާގެ މި ކުންފުނިން އަންނަނީ އަމާގީ މޯލްޑިވްސްގެ ނަމުގައި ރާއްޖޭގައި ވެސް ކުންފުންޏެއް ހިންގަމުންނެވެ. އެކި ގައުމުތަކަށް ސީފުޑް އެކްސްޕޯޓް ކުރާތާ 20 އަހަރު ވެފައިވާ ކުންފުނިން އިއްޔެ އެކަނި ވެސް ގިނަ އަދަދެއްގެ ކަސްޓަމަރުންނާ ބައްދަލުކުރި އެވެ. އެ ކުންފުނިން ވިއްކާ ސީފުޑްގެ ރަހަ ބެލުމަށް ފަހު ހުރިހާ ކަސްޓަމަރުން ވެސް ހިތްހަމަޖެހުނު ކަމަށް، އަމާގީގެ ވެރިޔަކު ބުންޏެވެ.

އަމާގީ އެކްސްޕޯޓްގެ އެންމެ ގިނަ ކްލައެންޓުން ތިބެނީ ރާއްޖޭގަ އެވެ. އަދި މި އަހަރުގެ ހޮޓެލް އޭޝިއާ އަކީ ކްލައެންޓުން އިތުރު ކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ޓީޑަބްލިއުޖީ ޓީ

ސިންގަޕޫރުގެ ޓީޑަބްލިއުޖީ ޓީން 800 އަށް ވުރެ ގިނަ ރަހަތައް އެކުލެވޭ ސައިފަތް އުފައްދަ އެވެ. އެކަމަކު މިއީ އެ ރަހަތައް ރާއްޖޭގައި ދައްކާލި ފުރަތަމަ ފަހަރެވެ.

ޓީޑަބްލިއުޖީން ބުނީ ރާއްޖޭގައި އާންމުކޮށް އެއް ރަހައެއް ދޭ ސައިފަތް ބޭނުކުރަނީ ތަފާތު ރަހަތަކުގެ ސައިފަތް ލިބެން ނެތުމުން ކަމަށެވެ. މިކަން ބަދަލުކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް އޮފިޝަލު ބުންޏެވެ. ޓީޑަބްލިއުޓީ ސައިފަތް ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިން ލިބެން އެބަ ހުއްޓެވެ.

ކެފޭ ވަންޔާނޯ

ކެފޭ ވަންޔާނޯގެ ކޮފީގެ ރަހަ ދައްކާލަނީ --. ފޮޓޯ:ނިޝާން އަލީ/މިހާރު

ކެފޭ ވަންޔާނޯގެ ކޮފީގެ ރަހަ ދައްކާލަނީ --. ފޮޓޯ:ނިޝާން އަލީ/މިހާރު

ކޮފީ އުފައްދާ އިޓަލީގެ އެންމެ ދުވަސް ވީ ކުންފުނި ކަމަށް ވާ ކެފޭ ވަންޔާނޯގެ ކޮފީގެ ފެންވަރު ވެސް މި އަހަރުގެ ހޮޓެލް އޭޝިއާ އެގްޒަބިޝަނުގައި ވަނީ ދައްކާލައިފަ އެވެ. އެތަނަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށް ވެސް ކޮފީގެ ރަހަ ބަލައިލެވެ އެވެ. ދިވެހިންގެ ތެރޭގައި ކޮފީގެ އާދަ ބޮޑު އިރު، ތަފާތު ރަހައެއް ޓެސްޓްކޮށްލުމުގެ ފުރުސަތު އޮތް ކަމަށް، ވަންޔާނޯ އިން ބުނެ އެވެ.

ކެފޭ ވަންޔާނޯގެ އުފެއްދުންތައް ވެސް ރާއްޖޭގައި ޑިސްޓްރިބިއުޓްކުރަނީ ބީބީއެމް އިންނެވެ.

އަރިޒްޓާ

މި އަހަރުގެ އެގްޒަބިޝަނުގައި ރާއްޖެއަށް މުޅިން އާ އުފެއްދުމެއް ތައާރަފްކުރި އެއް ކުންފުންޏަކީ ޔޫރަޕުގެ އަރިޒްޓާ އެވެ. ބީބީއެމްއާ ގުޅިގެން އަރިޒްޓާއިން މިއަހަރު ރާއްޖެއަށް ތައާރަފްކުރީ ފްރޯޒެން ބޭކަރީ (ގަނޑުކޮށްފައި ހުންނަ ފޮނި ކާއެއްޗެހި) އެވެ.

މިއީ ދުނިޔޭގެ ތަފާތު ބޭކަރީތަކުން އުފައްދާ އެއްޗެހި އެކި ގައުމުތަކަށް ތާޒާ ކަންމަތީގައި ފޯރުކޮށްދޭ ކުންފުންޏެކެވެ. މި ކުންފުނިން "ހީސްޓެން" އާއި "ކޫޕް ޑި ޕާޓްސް" އާއި "މެޓް މަންކް" އަދި "އޯޓިސް ސްޕަންކްމެޔާ" ފަދަ ބޭކަރީތަކުން އުފައްދާ އެއްޗެހި ފޯރުކޮށްދެ އެވެ. ގަނޑުކުރުމުގެ ޓެކްނޮލޮޖީގެ ތެރެއިން ތާޒާ ކަންމަތީ ފޯރުކޮށްދޭ މި ކާއެއްޗެހި ވެސް ރާއްޖޭގައި ލިބޭނީ ބީބީއެމް މެދުވެރިކޮށެވެ.

ޔުނިވާސަލް ފުޑް ސޮލިއުޝަންސް (ޔޫއެފްއެސް)

ޔޫއެފްއެސްގެ ސްޓޭންޑު: ކެއްކުމަށް ބޭނުންވާ ތަފާތު ބާވަތްތައް ލިބޭނެ --. ފޮޓޯ:ނިޝާން އަލީ/މިހާރު

ޔޫއެފްއެސްގެ ސްޓޭންޑު: ކެއްކުމަށް ބޭނުންވާ ތަފާތު ބާވަތްތައް ލިބޭނެ --. ފޮޓޯ:ނިޝާން އަލީ/މިހާރު

ޔުނިވާސަލް ފުޑް ސޮލިއުޝަންގެ އުފެއްދުންތައް ރާއްޖޭގައި މަސައްކަތް ކުރާ ކައްކާއިންނަށް ވަރަށް ބޭނުންތެރި އެވެ. މިއީ ކައްކާއިންނަށް ބޭނުންވާ ހުރިހާ އެެއްޗެއް ފޯރުކޮށްދޭ ކުންފުންޏެކެވެ.

ދުބާއިގެ މި ކުންފުނިން ފޯރުކޮށްދޭ ތަފާތު އެއްޗެހި ވަނީ އެގްޒަބިޝަންގައި ދައްކާލައިފަ އެވެ. ޔޫއެފްއެސް އިން ބުނި ގޮތުގައި ކައްކާއިން ލައްވާ އެ އެއްޗެހީގެ އަޖުމަބަލައިލެވޭނެ އެވެ. އެހެންކަމުން އެތަނުގެ ސްޓޯލަށް ޒިޔާރަތްކޮށް، ލިބެން ހުރި ތަކެތީގެ ފެންވަރު އަންދާޒާކޮށްލުމުގެ ފުރުސަތު އޮތީ ހުޅިވިފަ އެވެ. މިއީ ވެސް ބީބީއެމުން ރާއްޖޭގައި ޑިސްޓްރިބިއުޓް ކުރާ ބާވަތްތަކެކެވެ.

ހޮޓެލް އޭޝިއާ އެގްޒަބިޝަން މާދަމާގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. ހުޅުވިފައި ހުންނާނީ ހެނދުނު 10 އިން އިރުއޮއްސި ހަޔަކަށެވެ.