Roadha Mihaaru
އޭ ދިލް ހެ މުޝްކިލް: އަހަރުގެ ލޯބީގެ ފިލްމަށް ވެދާނެ

އޭ ދިލް ހެ މުޝްކިލް: އަހަރުގެ އެންމެ ރީތި ލޯބީގެ ފިލްމަށް ވެދާނެ

25 ސެޕްޓެމްބަރ 2016

ކަރަން ޖޯހަރް ޑައިރެކްޓްކޮށްފައިވާ "އޭ ދިލް ހެ މުޝްކިލް"ގެ ފުރަތަމަ ޓްރެއިލާ މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. އަންނަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުންދާ، ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއީ އަދި އަނުޝްކާ ޝަރުމާ އާއި ފަވާދު ޚާން ލީޑް ރޯލުތައް ކުޅެފައިވާ މި ފިލްމުގެ ފުރަތަމަ އިޝްތިހާރު ބެލުމަށްފަހު ގިނަ ބަޔަކަށް އެއްބަސްވެވެނީ މި ފިލްމު ވާނީ މި އަހަރު ނުކުންނަ އެންމެ ރީތި ލޯބީގެ ފިލްމު ކަމަށެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ފިލްމުގެ ލަވަތައް މިހާރުވެސް ވަނީ ލަވައަށް ލޯބިކުރާ ގިނަ ބައެއްގެ ހިތްތައް އަތުލާފަ އެވެ. އަދި ފިލްމުގެ ފުރަތަމަ ޓްރެއިލާއާ އެކު މުހިއްމު ޑައިލޯގްތައް ވެސް ވަނީ ގިނަ ބަޔަކަށް ފިލްމު ބަލަން އިތުރަށް ޝައުގުވެރި ކުރުވާފަ އެވެ.

މި ޓްރެއިލާގައި އެންމެ އަޅައިގަތް އެއް މަންޒަރެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ އަނުޝްކާ ކުޅެފައިވާ އަލީޒާގެ ކެރެކްޓާ އާއި ރަންބީރު ކުޅޭ އަޔާންގެ ކެރެކްޓާ ކުޅެފައިވާ މަންޒަރެކެވެ. މި މަންޒަރުގައި އަޔާން އަށް އަލީޒާގެ އަތުގައިވާ "އަލީ" ލިޔެފައިވާ ޓެޓޫއެއް ފެނިގެން އަލީ އަކީ ކާކުތޯ ސުވާލު ކުރެ އެވެ. ޖަވާބުގައި އަލީޒާ ބުނަނީ "މޭރީ ތަބާހީ" (މަގޭ ހަލާކު) ކަމަށެވެ.

މި ޓްރެއިލާގެ ކޮންމެ މަންޒަރަކީ ވެސް އަދި ކޮންމެ ޑައިލޯގަކީ ވެސް ވަރަށް ފުން މާނަތަކެއް އެކުލެވޭ ވަރަށް ބަލާހިތްވާ ކަހަލަ ގޮތަކަށް އުފައްދާފައިވާ އެއްޗެއްކަން ފާހަގަކޮށްލެވެ އެވެ.

މި ފިލްމުގައި ޝާހްރުކް ޚާން ވެސް މެހެމާނެއްގެ ރޯލުން ފެނިގެން ދާނެ އެވެ. ބުނެވޭ ގޮތުގައި ޝާހްރުކް ކުޅެނީ އައިޝްވަރިޔާގެ ފިރިމީހާގެ ރޯލެވެ.

ފިލްމުގެ އިޝްތިހާރުތަކުގައި ޝާހްރުކް ދައްކަން ކަރަން ޚިޔާލު ކުރާހެނެއް ހިއެއް ނުވެ އެވެ. ސަބަބަކީ އޭނާއަކީ ފިލްމުގެ އެންމެ ބޮޑު "ސަޕްރައިޒް" އަށް ވާތީ އެވެ.