Roadha Mihaaru
މަރުވެފައި ތިބޭ މީހުން ނަގައިގެން ނަލަ ހައްދާ ބައެއް

މަރުވެފައި ތިބި އާއިލާގެ މީހުން ނަގައިގެން ނަލަ ހައްދާ ބައެއް

25 ސެޕްޓެމްބަރ 2016

އިންޑޮނީޝިއާގެ ޓްރޯޖަން މީހުންގެ އެތައް ގަރުނެއް ވީ ސަގާފަތުގެ ތެރޭގައި އާއިލާގެ މީހުން މަރުވާތާ ތިން އަހަރު ފަހުން އަލުން ކޮނެގެން ނެގުން ހިމެނެ އެވެ. މިގޮތަށް ކޮނެގެން ނެގުމަށްފަހު ރީއްޗަށް ސާފުކޮށް ރީތި ހެދުންލައްވައި ނަލަ ހެއްދުމަށްފަހު އެހެން މީހުންނަށް ދައްކަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑޮނީޝިއާގެ ޓްރޯޖަން މީހުންގެ އެތައް ގަރުނެއް ވީ ސަގާފަތުގެ ތެރޭގައި އާއިލާގެ މީހުން މަރުވާތާ ތިން އަހަރު ފަހުން އަލުން ކޮނެގެން ނެގުން ހިމެނެ އެވެ. މިގޮތަށް ކޮނެގެން ނެގުމަށްފަހު ރީއްޗަށް ސާފުކޮށް ރީތި ހެދުންލައްވައި ނަލަ ހެއްދުމަށްފަހު އެހެން މީހުންނަށް ދައްކަ އެވެ.

އެމީހުންގެ ކާބަފައި ޒަމާނުއްސުރެ މިކަން ކުރަނީ އާއިލާގެ މީހުންނަށް އެމީހުންގެ ހިތުގައި އޮތް ލޯބި ހާމަކުރުމަށެވެ.

ސުލަވޭސީ އައިލެންޑްގެ ގަބީލާއެއްގެ މީހުން ކޮންމެ ތިން އަހަރަކުން އެއް އަހަރު އެމީހުންގެ އާއިލާގެ މީހުންގެ ގަބުރުތައް ކަށްވަޅު ކޮނެގެން ނަގަ އެވެ. އެއަށްފަހު ރީއްޗަށް ދޮވެ ސާފުކޮށް ރީތި ހެދުން ލައްވަ އެވެ. އަދި މަނީނީ ކިޔާ ފެސްޓިވަލެއްގައި އާއިލާގެ އެންމެންނާ އެކު މި ގަބުރުތައް ބައިތިއްބައިގެން ފޮޓޯ ނަގަ އެވެ.

މި މީހުން ގެންގުޅޭ މި އާދަޔަށް ކިޔަނީ "ގަބުރުތައް ދޮވުމުގެ ރަސްމިއްޔާތު" އެވެ.

މީހަކު އޭނާގެ މަރުވެފައިވާ މާމަ އާއި ކާފަ ނަލަ ހައްދަނީ

މީހަކު އޭނާގެ މަރުވެފައިވާ މާމަ އާއި ކާފަ ނަލަ ހައްދަނީ

ޑެއިލީ މެއިލްގައި ބުނެފައިވާ ގޮތުގައި މިއީ މި ގަބީލާގެ މީހުންގެ ހަޔާތުގައި އަންނަ އެންމެ މުހިއްމު މުނާސަބަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޓްރޯޖަން އަކީ ޓާނާ ޓޮރާޖާގެ ފަރުބަދަމަތީގެ ހިސާބުތަކެއްގައި ދިރިއުޅޭ އެތެނިކް ގްރޫޕެކެވެ.

އެ އެމީހުން ނުވަތަ އެމީހުންގެ އާއިލާގެ މެމްބަރުން އިހްތިރާމް ލިބިގެންވާ ފަދަ ގޮތަކަށް ވަޅުލުމުގެ ކަންތައްތައް ހަމަޖެއްސުމަށް މިމީހުން މުޅި އުމުރުގައި ވެސް ފައިސާ ރައްކާ ކުރަމުން ގެންދެ އެވެ.

ބައެއް ފަހަރަށް، މަރުވާ މީހުން ވަޅުނުލާ އެތައް ހަފުތާއެއް ނުވަތަ އެތައް އަހަރެއް ވެސް ވެ އެވެ. އެއީ ވަޅުލުމުގެ ކަންތައްތައް ކުލަގަދަ ގޮތަކަށް އިންތިޒާމްކުރުމަށް އާއިލާއަށް ބޭނުންވާ ފައިސާ ލިބެންދެނެވެ.

ބަޔަކު އެމީހުންގެ ތިމާގެ މީހެއްގެ ގަބުރު ކަށްވަޅުން ނަގައިގެން ސާފުކޮށް ނަލަހައްދަނީ

ބަޔަކު އެމީހުންގެ ތިމާގެ މީހެއްގެ ގަބުރު ކަށްވަޅުން ނަގައިގެން ސާފުކޮށް ނަލަހައްދަނީ

ނަމަވެސް މިގޮތަށް ވަޅުލާ ފަހަރަކީ މަރުވާ މީހާގެ ހަށިގަނޑު ފެންނާނެ އެންމެ ފަހު ފަހަރެއް ނޫނެވެ.

އަވަށުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ ނަމަ އެމީހެއްގެ ހަށިގަނޑުގައި ކަފުނުގެ ގޮތުގައި ވަރަށް ބައިވަރު ފޮތި އޮޅާފައި ހަލާކުނުވާނެ ގޮތް ހަދާފައި ވަޅުލަ އެވެ.

މަނީނޭ ފެސްޓިވަލުގައި އޮންނަ އަނެއް މުހިއްމު ރަސްމިއްޔާތަކީ ވަޅުލާފައިވާ ގަބުރުތައް ހަލާކުވެގެން ދިޔަ ނުދިނުމަށްޓަކައި ސަންދޯއްތައް މަރާމާތު ކުރުމެވެ.

ޓްރޯޖަން ގަބީލާގެ މީހުން ދިރިއުޅެނީ އިންޑޮނީޝިޔާގެ ސުލަވޭސީ އައިލެންޑްގެ އުސް ފަރުބަދަތަކުގެ މަތީގަ އެވެ. އެމީހުން އުޅޭ ސަރަހައްދުތަކަކީ 1970 ގެ އަހަރު ތަކުގައި ޑަޗް މިޝަނަރީޒް އެހިސާބަށް ދިއުމުގެ ކުރިން ދުނިޔެއާ މުޅީން ގުޅުން ކެނޑިފައވާ ހިސާބެކެވެ.

ގަބުރެއް ސާފުކުރުމުގެ މަސައްކަތް މީހަކު ކުރަނީ

ގަބުރެއް ސާފުކުރުމުގެ މަސައްކަތް މީހަކު ކުރަނީ

މަރަކީ އެންމެ ފަހުގެ ހަރުފަތް ނޫން ކަމަށާއި އެއީ ރޫހާނީ އާލަމަށް ކުރާ ދަތުރުގެ ފުރަތަމަ ހަރުފަތް ކަމަށް ޓްރޯޖަން ގަބީލާގެ މީހުން ގަބޫލުކުރެ އެވެ.

ޓްރޯޖަން މީހުން ގަބޫލުކުރާ ގޮތުގައި މަރުވާ މީހާގެ ރޫހު އޭނާ ދިރިއުޅުނު އަވަށަށް އަލުން އެނބުރި އަންނާނެ އެވެ. އެހެންވެ މި ގަބޫލުކުރުންތަކާ ހެދި އެ އަވަށުގެ މީހުން އެމީހުން ދިރިއުޅޭ ތަން ދޫކޮށްފައި އެހެން ތަންތަނަކަށް ނުދެ އެވެ. ސަބަބަކީ ދަތުރުމަތީގައި އުޅެނިކޮށް މަރުވެއްޖެ ނަމަ އެމީހުންގެ ރޫހަށް އެނބުރި ގެއަށް ނާދެވިދާނެތީ އެވެ. މިގޮތަށް މަދު ފަހަރަކު އަވަށުގެ މީހުން އެހެން ތަނެއްގައި ހުއްޓާ މަރުވިޔަސް އެ އަވަށުގެ މީހުން ގޮސް އޭނާގެ ހަށިގަނޑު އޭނާގެ ގެޔަށް އަނބުރާ ގެންނާނެ އެވެ.