Roadha Mihaaru
އިންޑޮނީޝިއާގެ އިމާމަކު ގުރުއާން ކިޔަވަމުން ދަނިކޮށް މަރުވެއްޖެ

އިންޑޮނީޝިއާގެ އިމާމަކު ގުރުއާން ކިޔަވަމުން ދަނިކޮށް މަރުވެއްޖެ

28 އެޕްރީލް 2017

ޖަކާޓާ (އެޕްރީލް 28) - ޓީވީން ވަގުތުން ދައްކަމުން ދިޔަ ހަފުލާއެއްގައި ގުރުއާން ކިޔަވަމުން ދަނިކޮށް އިންޑޮނީޝިއާގެ މަޝްހޫރު އިމާމަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖަކާޓާ (އެޕްރީލް 28) - ޓީވީން ވަގުތުން ދައްކަމުން ދިޔަ ހަފުލާއެއްގައި ގުރުއާން ކިޔަވަމުން ދަނިކޮށް އިންޑޮނީޝިއާގެ މަޝްހޫރު އިމާމަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

މުލްކު ސޫރަތް ކިޔަވަމުން ދަނިކޮށް ޝެއިޚް ޖައުފަރު އަބްދުއްރަހުމާންގެ އަޑު މަޑުވެ ވެއްޓެން ފެށުމުން މީހުން އޭނާގެ ކައިރިއަށް ޖަމާވެ އެހީތެރިކަން ފޯރުކޮށްދޭން ފެށި އެވެ. އޭގެ ފަހުން އޭނާ ނަގައިގެން ގެންދެ އެވެ. މި ހަފުލާގައި އިންޑޮނީޝިއާގެ ސޯޝަލް އެފެއާޒް މިނިސްޓަރު ވެސް ބައިވެރިވި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޝެއިޚް މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ޝެއިޚް ޖައުފަރަކީ ރީތިކޮށް ގުރުއާން ކިޔެވުމަށް އިންޑޮނީޝިއާގައި މަޝްހޫރު މީހެކެވެ.

ޝެއިޚް އަށް ހާޓް އެޓޭކް ޖެހުނު އިރު ކިޔަވަމުން ގެންދިޔައީ މުލްކު ސޫރަތުގެ ދެ ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައަކީ "އެކަލާނގެއީ ތިޔަަބައި މީހުން ކުރެ އެންމެ އަމަލް ރަނގަޅީ ކާކުތޯ އިމްތިހާން ކުރެއްވުމަށްޓަކައި މަރުވުމާއި ދިރިހުރުން އުފެއްދެވި ރަސްކަލާނގެ އެވެ. އަދި އެކަލާނގެއީ އަޒީޒްވަންތަ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެ އެވެ." ސޫރަތުގެ ތިން ވަނަ އާޔަތް ސެއިޚް އަށް ފުރިހަމައެއް ނުކުރެވުނެވެ.