Roadha Mihaaru
ޔޫއޭއީގެ އެސްޓްރޮނޯޓްގެ ޝަރަފުގައި ފައިސާ ފޮއްޗެއް

ޔޫއޭއީގެ އެސްޓްރޮނޯޓްގެ ޝަރަފުގައި ފައިސާ ފޮއްޗެއް ހަދަނީ

15 އޮކްޓޯބަރ 2019

އިންޓަނޭޝަނަލް ސްޕޭސް އެޖެންސީ (އައިއެސްއެސް) ދިޔަ ފުރަތަމަ އަރަބި އެސްޓްރޮނޯޓް އަދި ޔޫއޭއިން އެ ޝަރަފު ހޯދި އެސްޓްރޮނޯޓް ހައްޒާ އަލް މަންސޫރީ ގައުމަށް ހޯދައިން ދިން ފަހުރަށްޓަކައި އޭނާގެ ނަމުގައި ހަނދާނީ ފައިސާ ފޮއްޗެއް ނެރެން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޓަނޭޝަނަލް ސްޕޭސް އެޖެންސީ (އައިއެސްއެސް) ދިޔަ ފުރަތަމަ އަރަބި އެސްޓްރޮނޯޓް އަދި ޔޫއޭއިން އެ ޝަރަފު ހޯދި އެސްޓްރޮނޯޓް ހައްޒާ އަލް މަންސޫރީ ގައުމަށް ހޯދައިން ދިން ފަހުރަށްޓަކައި އޭނާގެ ނަމުގައި ހަނދާނީ ފައިސާ ފޮއްޗެއް ނެރެން ނިންމައިފި އެވެ.

މިކަން ޔޫއޭއީގެ މަރުކަޒީ ބޭންކުން އިއުލާންކުރި ނަމަވެސް ފައިސާފޮއްޗާ ބެހޭ އިތުރު ތަފުސީލާއި އެ ނެރޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ސެންޓްރަލް ބޭންކް އޮފް ޔޫއޭއީ އިން ނެރުނު ބަޔާނުގައި ބުނީ ޔޫއޭއިން ޖައްވަށް މީހަކު ފޮނުވުމަކީ އެ ގައުމުގެ ބާނީ މަރުހޫމް ޝެއިހް ޒައިދު ބިން ސުލްތާން އަލް ނަހުޔާންގެ ހުވަފެނެއް ކަމަށާއި އެކަން ކާމިޔާބުމަކީ މުޅި ގައުމަށް ލިބުނު ފަހުރެއް ކަމަށެވެ. އަދި ހައްޒާގެ މަސައްކަތަކީ މުޅި އަރަބި ދުނިޔެ އަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

އެހެންވެ އޭނާ ގައުމަށް ހޯދައި ދިން ރީތި ނަމާއި ޝަރަފަށްޓަކައި، ހައްޒާގެ އަގުވަޒަންކޮށް ފައިސާ ފޮއްޗެއް ނެރެން ނިންމީ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ. އަދި މިއީ ގައުމީގެ ބާނީ އަށް ދެވޭ ޓްރިބިއުޓެއް ކަމަށް ވެސް ބުންޏެވެ.

މަރުކަޒީ ބޭންކްގެ ގަވަރުނަރު މުބާރަކް ރާޝިދު އަލް މަންސޫރީ ވިދާޅުވި ގޮތުގައި ހައްޒާ އަށް އައިއެސް އަށް ދިއުމަކީ ޔޫއޭގައި ތާރީހުގައި ރަން އަކުރުން ލިޔެވޭނެ ކަމެކެވެ.

"މިއީ އޭނާ ގައުމަށް ކޮށްދިން ވަރަށް އަގުހުރި ހިދުމަތެއް. އަދި ހޯދައި ދިން އެހާމެ ޝަރަފުވެރި ކާމިޔާބީއެއް،" އޭނާ ވިދާޅުވި އެވެ. "އަދި މިއީ ބައިނަލްއަގްވާމީ މައިދާނުގައި ގައުމުގެ ނަން އިތުރު ހަރުފަތަކަށް ގެންގޮސްދިން ކަމެއް."

މިލިޓަރީ ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރާ ހައްޒާ، 35، އަކީ މިހާރު ގައުމީ ބަތަލެކެވެ. އޭނާ މިދިޔަ މަހުގެ ފަހުކޮޅު އައިއެސްއެސް އަށް ކުރި ދަތުރުގައި 10 ވަރަކަށް ދުވަސް ހޭދަކުރި އިރު ދަތުރު ނިންމާލައި، ގައުމަށް އެނބުރި ދިޔައީ ހޮނިހިރު ދުވަހު އެވެ. ހައްޒާ އަށް ގައުމުން ވަރަށް ހޫނު މަރުހަބާއެއް ވެސް ކިޔާފައިވެ އެވެ.