14 އޮކްޓޯބަރ 2019
ފަރުވާކުޑަކޮށް ޚިދުމަތްދިނުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އެގޮތަށް އަމަލުކުރާ ހުރިހާ މުވައްޒަފުންނާ ދޭތެރޭގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވެސް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
ފަރުވާކުޑަކޮށް ޚިދުމަތްދިނުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އެގޮތަށް އަމަލުކުރާ ހުރިހާ މުވައްޒަފުންނާ ދޭތެރޭގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވެސް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މިނިސްޓަރު މިގޮތަށް މި ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރަން އުޅޭ މައްސަލައިގައި އޭނާ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވެސް މި މޭރަމުން ވާހަކަ ދެއްކެވުމަށް ފަހު އެވެ. މިނިސްޓަރު ވާހަކަ ދެއްކެވި ގޮތާ މެދު ނުރުހުންވެ، ބައެއް މުވައްޒަފުން ވަނީ އެ ބައްދަލުވުމުގެ އޯޑިއޯ ވެސް އާއްމުކޮށްފަ އެވެ.
މިނިސްޓަރު ނަހުލާ ކޮމިޓީގައި ވިދާޅުވީ ހިދުމަތް ހޯދަން އަންނަ މީހައާ މެދު ނިކަމެތިކޮށް އަމަލު ކުރާތަން ފެނުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އޭނާ މަގާމުގައި ދެމިހުންނެވިހާ ދުވަހަކު ޓްރާންސްޕޯޓް މިނިސްޓްރީގައި އެގޮތަށް އަމަލު ނުކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.
"ޓްރާންސްޕޯޓު މިނިސްޓަރުގެ ހައިސިއްޔަތުން، ޓްރާންސްޕޯޓު މިނިސްޓްރީ ނޫނީ ޓްރާންސްޕޯޓު އޮތޯރިޓީ ނޫނީ ޓްރާންސްޕޯޓު މިނިސްޓްރީ ހިނގަމުންދާ އެހެން އޮފީހެއްގައި އަޅުގަނޑުމެން ހިދުމަތް ހޯދަން އަންނަ ރައްޔިތު މީހައާ މެދު ނިކަމެތިކޮށް އަމަލުކުރާތަން ފެނުމަކީ އަޅުގަނޑު ގަބޫލުކުރާނެ ކަމެއް ނޫން،" މެމްބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަޒީފާއަށް ފަރުވާ ކުޑަކުރާ ނުވަތަ ދެރަކޮށް ހިދުމަތްދޭ މުވައްޒަފުން ފިޔަވައި އެހެން ބަޔަކާ ދޭތެރޭ ފިޔަވަޅެއް ނާޅުއްވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ .-- ފޮޓޯ: މަޖިލިސް
"ސަބަބަކީ އަޅުގަނޑަކީ ވެސް ރައްޔިތުންގެ ހާދިމެއް. އަޅުގަނޑުގެ ވެރިއަކީ ރައްޔިތުން ކަމަށް ވީހިނދު ހުވައެއް ކޮށްގެން މިއަދު މިތަނަށް އައިސް މިއިނީ އެ ބޭފުޅުންގެ ރައްކާތެރިކަމުގައި އެ ބޭފުޅުންނަށް އެކަން ކަށަވަރު ކޮށްދިނުމަށްޓަކައި. އެގޮތުގެ މަތިން ހިދުމަތުގެ ފެންވަރު ދަށްވެ ނޫނީ ޕާފޯމަންސް ދަށްވެ ނޫނީ ވަޒީފާގެ އެޓެންޑެންސް ދަށްވެ، އެކަހަލަ މައްސަލައެއް ނޫނީ ހަގީގަތުގައި ވެސް ފިޔަވަޅު އަޅަން ޖެހޭ ބޭފުޅަކަށް ފިޔަވައި ފިޔަވަޅު ނާޅާނެކަން ޔަގީންކަމާ އެކު ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ އިދާރާތަކުގެ ތެރެއިން އެންމެ ދަށްފެންވަރުގައި ޚިދުމަތް ދޭ އެއް ތަނުގެ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީ ލޭބަލްވެފައި އޮންނަތާ ކިތަންމެ ދުވަހެކެވެ. އެހެންވެ އެކަން ބަދަލުކޮށް ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަކޮށް ޚިދުމަތް ދޭ ތަނެއްގެ ގޮތުގައި ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެއް ކަމަކީ މުވައްޒަފުންގެ ފެންވަރު މަތިކުުރުމެވެ.
ޓްރާންސްޕޯޓު އޮތޯރިޓީގެ މުވައްޒަފުންގެ ހާޒިރީ ރިޕޯޓެއް ނަގައި ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވާފައިވާ އިރު އެއީ، ގިނަ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރުމުގެ ޕްލޭންގެ ދަށުން މިނިސްޓަރު ކުރެއްވި ކަމެއް ކަމަށް އެ އޮތޯރިޓީގެ މުވައްޒަފުން ތުހުމަތުކުރެ އެވެ. އެ ކަމުގެ ކަންބޮޑުވުންތަކާއެކު ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
ޓްރާންސްޕޯޓުގެ ހިދުމަތް މިނިސްޓަރަށް ލަހެއް ނޫން!
ނަހުލާއާ ދެކޮޅަށް ވިޔަފާރިވެރިންތަކެއް އޭސީސީއަށް
އޮޅުވާލައިގެން ވެހިކަލް ރަޖިސްޓްރީކުރަނީ ބަޔަކާ ގުޅިގެން
ޓްރާންސްޕޯޓުގެ ހިދުމަތްތަކަށް އޮންލައިންކޮށް ފަށައިފި
ހިލޭ ބަހާ ހެލްމެޓް ލިބޭނީ ކޯހެއް ފުރިހަމަކުރުމުން: މިނިސްޓަރު
ހެލްމެޓް މަޖުބޫރުކޮށް، ޓެކްސީގައި މީޓަރު ހަރުކުރަނީ
ޑޮމެސްޓިކް ޓާމިނަލަށް ދާ ނަމަ އިތުރު ޗާޖެއް!
މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި
ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރީ ގާނޫނާ ހިލާފަށް
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވުމުން ސުޕްރީމް ކޯޓަށް