Roadha Mihaaru
ސުލްހައިގެ ވާހަކަތަކުގެ އިސް މަންދޫބު ވަކިވެއްޖެ

ސީރިއާގެ ސުލްހައިގެ ވާހަކަތަކުގެ އިސް މަންދޫބު އިސްތިއުފާ ދެއްވައިފި

30 މެއި 2016

ދިމިޝްގު (މެއި 30) - ސީރިއާގެ ސުލްހައިގެ ވާހަކަތަކުގައި އިދިކޮޅު ފަރާތްތައް ތަމްސީލުކުރައްވާ އިސް މަންދޫބު އިސްތިއުފާ ދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (މެއި 30) - ސީރިއާގެ ސުލްހައިގެ ވާހަކަތަކުގައި އިދިކޮޅު ފަރާތްތައް ތަމްސީލުކުރައްވާ އިސް މަންދޫބު އިސްތިއުފާ ދެއްވައިފި އެވެ.

އިދިކޮޅު ހުރިހާ ފަރާތްތައް ގުޅިގެން އުފައްދާފައިވާ ހައި ނެގޯސިއޭޝަންސް ކޮމިޓީ (އެޗްއެންސީ) ގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ މަންދޫބު މުހައްމަދު އަލޫޝް ވިދާޅުވީ މިހާތަނަށް ބޭއްވި ސިޔާސީ މަޝްވަރާތަކުން އެއްވެސް ނަތީޖާއެއް ހޯދިފައި ނުވާ ކަމަށެވެ.

އދ. އިން އިސްނަގައިގެން ސީރިއާ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ބާއްވާ މަޝްވަރާތައް އެޗްއެންސީން އެޕްރީލް މަހު ވަނީ ސަސްޕެންޑްކޮށްފަ އެވެ. މަޝްވަރާތައް ފަށާނެ އާ ތާރީޚެއް ހާމަކޮށްފައެއް ނުވެ އެވެ.

"މަޝްވަރާތަކުގެ ތިން ބުރު ބޭއްވި އިރު ވެސް އެއްވެސް ނަތީޖާއެއް ފެނިފައެއް ނުވޭ. އެއީ ސީރިއާ ސަރުކާރުގެ ހަރުކަށި ކަމާއި އާއްމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަރުކަށިކަމުގެ ސަބަބުން،" އަލޫޝް

"މަޝްވަރާތަކުގެ ތިން ބުރު ބޭއްވި އިރު ވެސް އެއްވެސް ނަތީޖާއެއް ފެނިފައެއް ނުވޭ. އެއީ ސީރިއާ ސަރުކާރުގެ ހަރުކަށި ކަމާއި އާއްމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަރުކަށިކަމުގެ ސަބަބުން،" އަލޫޝް ވިދާޅުވި އެވެ.

އެޗްއެންސީން މަޝްވަރާތަކުގައި ބައިވެރިވަމުންދަނީ ސައޫދީ އަރަބިއްޔާގެ ތާއީދާ އެކު އެވެ.

އަލޫޝްގެ އިސްތިއުފާއާ ގުޅިގެން އެޗްއެންސީގެ އެހެން ބައެއް މެންބަރުން ވެސް އިސްތިއުފާ ދޭނެކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ.