Roadha Mihaaru
އާ އުފެއްދުމެއް، ކޮފީ ބޮއެފައި ތަށި ކާލަންވީ

އާ އުފެއްދުމެއް، ކޮފީ ބޮއެފައި ތަށި ކާލަންވީ

20 އޮކްޓޯބަރ 2019

ޕްލާސްޓިކް ނުވަތަ ކަރުދާސް ތަށި ނަމަ ބޭނުންކޮށްފައި އުކައިލަން ޖެހިދާނެ އެވެ. ބިއްލޫރި، މުށި ނުވަތަ ދަގަނޑު ތައްޓެއް ނަމަ ބޭނުންކޮށްފައި ދޮވެގެން އަލުން ބޭނުންކުރަނީ އެވެ. ނަމަވެސް އިންޑިއާގެ ހައިދަރުއާބާދުގެ ކުންފުންޏަކުން މިހާރު މި ވަނީ ތިމާވެއްޓާ ވަަރަށް ރައްޓެހި ތައްޓެއް އުފައްދައިފަ އެވެ. މިއީ އެއްލައިލަން ނުވަތަ ދޮންނަން ޖެހޭ ތައްޓެއް ނޫނެވެ؛ އެއަށް އަޅާ ބުއިމެއް ބޯލާފައި ތަށި ކާލަންވީ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަޔާއި ކޮފީ އަދި ފިނި ބުއިންތަކަށް ވެސް ހާއްސަ މި ތައްޓަށް ދީފައިވާ ނަމަކީ "އީޓް ކަޕް" އެވެ. ތަށި ތައްޔާޔާރުކޮށްފައި ވަނީ ގޮވާމުގެ ބާވަތްތަކުންނެވެ.

"އީޓް ކަޕް" އުފެއްދި ކުންފުނީގެ އެކްޒެޓިކް ޑިރެކްޓަރު އަޝޯކް ކުމާރު މީޑިއާތަކަށް ބުނިގޮތުގައި ބޭނުމަކަށްވީ ތިމާވެއްޓާ ރައްޓެހި އުފެއްދުމެއް ތައްޔާރުކުރުމެވެ.

"މީގެ ސަބަބުން ކަރުދާހާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުވާނެ. ސަޔާއި ކޮފީ ކަހަލަ ބުއިންތައް ވިއްކާ ގިނަ ސްޓޯލްތަކުގައި އާންމުކޮށް ސާވްކުރަނީ އެކަހަލަ އުފެއްދުންތަކުގައި. އެހެންވީމާ ބޭނުމަކަށްވީ ތިމާވެއްޓާ ރައްޓެހި އުފެއްދުމެއް ތައްޔާރުކުރުން،" އޭނާ ބުންޏެވެ. "މިއީ އުކާލާކަށް، ދޮންނާކަށް ޖެހޭނެ އެއްޗެއް ނޫން. އެހެންވީމާ ހަރަދު ވެސް ކުޑަކުރެވޭނެ."

އަޝޯކް ބުނިގޮތުގައި "އީޓް ކަޕް" ގައި ކޮންމެ ކަހަލަ ބުއިމެއް ވެސް ސާވްކުރެވޭނެ އެވެ. އަދި ރަހަ އަށް ވެސް ބަދަލެއް ބަދަލެއް ނާންނާނެ ކަމަށާއި ތަށި ވިރައިގެން ދިއުމުގެ ބިރެއް ވެސް ނޯންނާނެ ކަމަށް ބުންޏެވެ.

އިންޑިއާގެ ނޫސްތަކުން "އީޓް ކަޕް" ގެ ވާހަކަ ގެނެސްދިނުމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ އެ މަސައްކަތަށް ތައުރީފު ކޮށްފަ އެވެ. އަދި ގިނަ ބަޔަކު އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ "އީޓް ކަޕް" ގެ ސަބަބުން ކޮފީއެއް ނުވަތަ ސައެއް ބޯލާ އިރު، ބައެއް ހާލަތްތަކުގައި ބިސްކޯދެއް ކަހަލަ އެއްޗެއް ބޭނުން ވިޔަސް، ތަށިން އެބައި ވެސް މިހާރު ފުއްދައިލެވޭނެ ކަމެވެ.

"އެހެންވީމާ މިހާރަކު ނުޖެހޭނެ ބިސްކޯދު ގަންނާކަށް. ސައި ބޯލާފައި ތަށި ކާލަންވީ،" މީހަކު ޓްވިޓާގައި ބުންޏެވެ.

ބައެއް މީހުން ބުނީ "އީޓް ކަޕް" އަކީ އައިސް ކޯނެއް ކަހަލަ ތައްޓެއް ކަމަށެވެ. އަދި ބައެއް މީހުން ވަނީ ތަށި ވިރައިގެން ހިނގައިދާނެތީ އާއި އޭގެ ސާފުތާހިރުކަމާ ދޭތެރޭ ސުވާލު އުފައްދައިފަ އެވެ.